ޓްރިވެންޑްރަމްގެ ކޯރެއް ބަންޑުންވުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ދިވެހި ތިން އާއިލާއެއް ހާލުގައި ޖެހިއްޖެ އެވެ
މައުލޫމާތު ލިބިފައިވާގޮތުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކޯރެއް ބަންޑުންވެ، ދިވެހި ތިން އާއިލާއެއް ދިރިއުޅެމުންދާ ގެތަކަށް ފެންވަދެ ގޭތެރޭގައިވަނީ ފެންބޮޑުވެފައެވެ.
މިކަމުގެ ސަބަބުން ސަލާމަތަށް ޓަކައި މިހާރު އެ ގެތަކުގައި މީހުން ވަނީ އެމީހުންތިބިގޭގެ އެއްވަނަ ފަންގިފިލާއަށް އަރާފައިކަމަށާ އެމީހުންގެ ފުރާނައަށް ނުރައްކާވާ ވަރަށް ހާލު ދެރަ ނުވާ ކަމަށާއި އެހެން ނަމަވެސް އެމީހުންނަށް ކައްކައި ކެއުމަށް އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެތިން އާއިލާގައި ހިމެނެނީ ކިތައް މެންބަރުން ކަމެއް އަދި ކަށަވަރެއް ނުވެއެވެ.
އަދި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، އެމީހުންގެ ތެރެއިން ސަލާމަތީ ސަރަހައްދުތަކަށް ގެންދަން ޖެހޭ ހާލުގައި ތިބީ ކޮން ބައެއްކަން ބަލަމުންދާކަމަށް އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ ކޮންސިއުލޭޓް ޖާދުއްﷲ ތައުފީގުވަނީ ވިދާޅުވެފައެވެ.
ވިއްސާރަ ހުއްޓާލައިފި ނަމަ ހަތަރު ގަޑިއިރުގެ ތެރޭގައި ދިވެހީން ތިބިގޭގެ ހިމެނޭ ސަރަހައްދުން ފެން ހިނދޭނެ ނިޒާމު އެ ސަރަހައްދުގައި ކުރިން ގާއިމްކޮށްފައިވާ ކަމަށާއި ނަމަވެސް ވިއްސާރަ ހުއްޓާނުލައިފި ނަމަ ފެން ހިނދެން އެއަށް ވުރެ ގިނަ އިރު ނަގާނެ ކަމަށް މައުލޫމާތު ލިބިފައިވާގޮތު ލިބިފައިވެއެވެ.
ކެރެލާއަށް ކުރަމުންދާ މިވިއްސާރައިގައި އެ ސްޓޭޓުގައި ގިނަ އަދަދެއްގެ މީހުން މިހާތަނަށް މަރުވެފައިވެެ އެވެ.
ކޮމެންޓްސް (0)