ސްލޮވާކިއާ ބަލިކޮށް ދެވަަނަ ބުރަށް ދިއުމުގެ ފުރުސަތު ސްވިޑެން ތަނަވަސްކޮށްފި

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްލޮވާކިއާ ބަލިކޮށް ދެވަަނަ ބުރަށް ދިއުމުގެ ފުރުސަތު ސްވިޑެން ތަނަވަސްކޮށްފިއެވެ.

މިރޭ ސްލޮވާކިއާ އާއި ސްވިޑެން ބައްދަލުކުރިމެޗް ސްވިޑެން ކާމިޔާބުކޮށްފައިވަނީ 0-1 ގެ ނަތީޖާ އަކުންނެވެ.

ގްރޫޕް ސްޓޭޖުގައި ސްވިޑެން ކުޅުނު ފުރަތަމަ މެޗުގައި ސްޕެއިން އާއި ވާދަކޮށް ކުޅުނުމެޗް އެއްވަރުވެ ލިބިފައިވާ އެއްޕޮއިންޓާއި މިރޭގެ މެޗުން މޮޅުވުމުން ލިބުނު 3 ޕޮއިންޓާއެކު ޖުމްލަ 4 ޕޮއިންޓް ސްވިޑެންއަށް ލިބިފައިވާތީ ދެވަނަ ބުރަށް ދިޔުމަށް ސްވިޑެން ދެން ބޭނުންވަނީ އެއްޕޮއިންޓެވެ.

މިރޭގެ މިމެޗުން ސްވިޑެން މޮޅުވުމާއެކު ގްރޫޕްގެ އެއްވަނައިގައި މިވަގުތު 4 ޕޮއިންޓާއެކު އޮތީ ސްވިޑެންއެވެ. ދެވަނައިގައި ސްލޮވާކިއާ އޮތީ 3 ޕޮއިންޓާއެކުއެވެ. އަދި ތިންވަނައިގައި 1 ޕޮއިންޓާއެކު ސްޕެއިން އޮތްއިރު، ގްރޫޕްގެ ފުލުގައި އޮތީ ޕޮލެންޑްއެވެ.

މިރޭގެ މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ސްވިޑެންއިން ކާމިޔާބުކޮށްފައިވަނީ މެޗްގެ 77 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ފޯސްބާގްއެވެ.

މި ގްރޫޕުގައި މާދަމާ ބައްދަލުކުރާނީ ޕޮލޭންޑާއި ސްޕެއިން އެވެ. އަދި މިގްރޫޕުގައި ސްވިޑެން އާއި ޕޮލޭންޑް ބައްދަލުކުރާމެޗް އޮންނާނީ މިމަހުުގެ 23 ގައެވެ. އަދި ސްލޮވާކިޔާ އާއި ސްޕެއިން ބައްދަލުުކުރާމެޗް އޮންނާނީވެސް 23 ވަނަ ދުވަހުއެވެ. .

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމްޑީޕީ އަކީ ބަހުގެ އިތުބާރު ހިފޭ ޕާޓީއެއް ނޫން: ނަޝީދު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ބަހުގެ އިތުބާރު ހިފޭ ޕާޓީއެއް ކަމަށް ނުދެއްނެވޭނެ ކަމަށް އެ ...

ޑިމޮކްރެޓްސްގެ ވެރިކަމެއްގައި މަހުގެ އަގު 25 ރުފިޔާއަށް ބޮޑުކޮށްދޭނަން: އިލްޔާސް

ރާއްޖޭގެ މަސްވެރިން ބާނާ މަހަށް ރަނގަޅު އާމްދަނީއެއް ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ...

ޗީފް އޮފް ޑިފެންސް ފޯސް ކަމަށް ޝަމާލް އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ސިފައިންގެ ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝަމާލު ...