ޕީއެސްޖީއާއި ޔުއެންޓާސް ބަލިކުރިގޮތައް ބާސެލޯނާވެސް ބަލިކުރެވޭނެ- ސޯލްޝެއާ

ޗެމްޕިއަންސް ލީގުގެ ކްއާޓާފައިނަލްގެ ދެވަނަ ލެގްގައި  ބާސެލޯނާ ބަލިކުރަން މިސީޒަނުގައި ޔުނައިޓެޑް ކާމިޔާބުކުރި ބައެއް މެޗްތަކަކީ ކުޅުންތެރީންނަށް ލިބޭ އިތުބާރެއްކަމަށް ޔުނައިޓެގެ ކޯޗް ސޯލްޝެއާ ބުނެފިއެވެ.

ސޯލްޝެއާބުނީ  ޔުނައިޓެޑުން ޕީއެސްޖީގެ ދަނޑުގައި ޕީއެސްޖީ ބަލިކުރިކަމަށާ ޔުއެންޓާސް ދަނޑުގައި ޔުއެންޓާސް ބަލިކުރުރިމަށެވެ.  މިއީ ބާސެލޯނާގެ ދަނޑުގައި ބާސެލޯނާ ބަލިކުރަން  އޭނާގެ ކުޅުންތެރީންނަށް ލިބިފައިވާ ހިތްވަރެއްކަމަށްވެސް ސޯލްޝާ ބުނިއެވެ. ސޯލްޝެއާ ބުނީ ޕީއެސްޖީއާއި ޔުއެންޓާސް ބަލިކުރި ނަތީޖާ ތަކަކީ ހަގީގަތުގައިވެސް ބާސެލޯއާއި ދެކޮޅަށް އުއްމީދާއި ހިތްވަރު ހޯދަންޖެހޭ ނަތީޖާތަކެއްކަމަށެވެ.  އޭނާ ބުނީ ޔުނައިޓެޑްގެ ދަނޑުގައި 1-0 ން އޭނާގެ ޓީމް ބަލިވެފައި ވީނަމަވެސް ޕީއެސްޖީއާއި ޔުއެންޓާސް ބަލިކުރިގޮތައް ބާސެލޯނާވެސް ބަލިކުރެވޭނެކަމަށް ކުޅުންތެރީން އުއްމީދުކުރާކަމަށެވެ.

ނަމަވެސް ސްޕޭންގެ ރެއާލްމެޑްރިޑާއި ވިލަރެއާފަދަ ޓީމްތަކަށް ކޯޗްކޮށްދިން ވެސްހަމްގެ މިހާރުގެ ކޯޗް ޕެލަގްރީނީގެ ޚިޔާލު ސޯލްޝިއާގެ ޚިޔާލާއި މުޅިންތަފާތެވެ. ޕެލަގްރީނީ ބުނީ އޭނާ ދެކޭގޮތުގައި ޔުނައިޓެޑަށް މިއީވަރަށްބޮޑު ޓެސްޓެއްކަމަށެވެ. އެއީ ބާސެލޯނާގެ ދަނޑުގައި ޔޫރަޕްގެ މުބާރާތެއްގައި ބާސެލޯނާ ބަލިނުވާތާ 6 އަހަރު ވެއްޖެކަމަށާ އެއީ މޮޅުކުޅުންތެރީންގިނަ މޮޅުޓީމެއްކަމަށް ޕެލަގްރީނީ ބުނިއެވެ.

ޗެމްޕިއަންސް ލީގުގެ ކްއާޓާފައިނަލްގައި ބާސެލޯނާއާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރާ ދެވަނަ ލެގްގެ މެޗްފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރުއެވެ.

މަސްދަރު: ޕީއެސްއެމް ސްޕޯޓްސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެވަޓަންއިން ތަފާތުބޮޑުކޮށް މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަންއަތުން މެންޗެސްޓަރ ޔުނައިޓެޑުން ތަފާތު ބޮޑުކޮށް ބަލިވެއްޖެވެ. އެވަޓަންގެ ދަނޑުގައި ރޭ ކުޅެވުނު ...

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ޑަރެން ސްޓެވާޓް މަރުވެއްޖެ

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު، އަދި އޮސްޓްރޭލިއާގެ ކުރީގެ ކުޅުންތެރިޔާ ޑަރެން ސްޓެވާޓް މަރުވެއްޖެއެވެ. އޮސްޓްރޭލިއާ އަށް ނިސްބަތްވާ ސްޓެވާޓް ...

ކޮޕަޑެލްރޭން ރެއަލްމެޑްރިޑް ކަޓައިފި

ލެގަނެސް އަތުން ރޭ 2-1 ން ބަލިވެ، ކޮޕާ ޑެލްރޭ ފުޓްބޯޅަ މުބާރާތުން މަޝްހޫރު ރެއާލް މެޑްރިޑް ކަޓައިފިއެވެ. ...