އައު އަހަރަށް މަރުހަބާ ކިޔުމަށް މާލޭގައި ހަވާ ނާރުވާނެ – އެކަމަކު 40 އަށްވުރެ ގިނަ ރިސޯޓުގައި ކަނޑައެޅޭ ވަކި ގަޑިތަކެއްގައި ހަވާ އަރުވާނެ – އެމް.އެން.ޑީ.އެފް

އައު އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން މާލޭ ސިޓީގައި ހަވާ އެރުވުމަށް ހަމަޖެހިފައިނުވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމް.އެން.ޑީ.އެފުން ބުނެފިއެވެ.

އެމް.އެން.ޑީ.އެފްގެ މިޑިއާ އޮފިޝަލް އިބްރާހީމް އާޒިމް ވިދާޅުވީ، އައު އަހަރަށް މަރުޚަބާ ކިޔުމުގެ ގޮތުން މާލެ ސިޓީއާއި ހުޅުމާލޭގައި ހަވާ އެރުވުމުގެ ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިނުވާކަމަށެވެ. ނަމަވެސް މިރޭ 40 އަށްވުރެ ގިނަ ރިސޯޓުގައި ކަނޑައެޅޭ ވަކި ގަޑިތަކެއްގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

ފަހަކަށް އައިސް ކޮންމެ އަހަރަކުވެސް އައު އަހަރަށް މަރުޚަބާ ކިޔުމުގެ ގޮތުންނާއި، ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު ފާހަގަކުރުމުގެ ގޮތުން މާލޭ ސިޓީގައި އަންނަނީ ކުލަގަދަ ހަރަކާތްތަކެއް ބާއްވަމުންނެވެ. އެގޮތުން ތަފާތު ނަންނަމުގައި މިއުޒިކް ޝޯވތައް މީގެ ކުރިން ބާއްވާފައިވާއިރު، މިފަދަ މިއުޒިކް ޝޯވތަކުގައި ރާއްޖޭގެ ފަންނާނުންގެ އިތުރުން ބޮލީވުޑްގެ ބައެއް މަޝްހޫރު ފަންނާނުންވެސް ބައިވެރިވެފައިވެއެވެ. އަދި މިފަދަ ހަރަކާތްތަކުގައި ހަވައާއި ބަޑިބޭހުގެ ކުޅިވަރުތައްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

ނަމަވެސް އައު އަހަރަށް މަރުޚަބާ ކިޔުމުގެ ގޮތުން މިފަހަރު އެފަދަ އެއްވެސް ހަރަކާތެއް ނުބޭއްވުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިތުރު 07 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފި

ކޮވިޑުގެ ހާލަތު ގޯސްވެ، އިތުރު 07 ރަށެއް މިއަދު މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ. މިއަދު މޮނިޓަރިންގެ ހާލަތަށް ގެނައި ...

ވެކްސިނާ ދެކޮޅަށް ދައްކާ ވާހަކަތަކަށް ފިޔަވަޅު އަޅާނަން: ފުލުހުން

ކޮވިޑުން ރައްކާތެރިވެ ދިފާއުވުމަށް ވެކްސިން ޖެހުމަށް ސަރުކާރުން ބާރުއަޅާ މިދަނޑިވަޅުގައި ފާޅުގައި ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކާއި ޕުލެޓްފޯމުތަކުގައި ...

ދަރަވަންދޫން ހައްޔަރުކުރި ފާތިހު ފުލުހުންގެ އިދާރާގައި މަސައްކަތްކުރި!

ޓެރަރިޒަމްގެ ތުހުމަތުތަކާއެކު ބ. ދަރަވަންދޫއިން ހައްޔަރުކުރި ލ. ގަން ތުނޑި، ދުންފިނި ،އުފާ، އަހްމަދު ފާތިހް ކުރިން ފުލުހުންގެ ...