އަދީބު ހައްދަވަނީ އިތުރުފުޅެއް، ރިޟްވާންގެ މައްސަލައަށް ރައީސް ނުފޫޒެއް ނުފޯރުވާ – ޝައިނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވި ކަމަށްބުނެ ލޯޔަރުން ނެރުއްވި ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި ގުޅޭގޮތުން ހައްދަވާފައިވަނީ އިތުރުފުޅުކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ކުށުގެ ތުޙުމަތުގައި ޖަލު ޙުކުމެއްގައި ހުންނެވި އަހުމަދު އަދީބު އޭނާގެ ލޯޔަރުން މެދުވެރިކޮށް ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ނޫސްވެރިޔާ ރިޟްވާންގެ މައްސަލައިގައި ކެބިނެޓަށް އެކަން ހުށަހެޅުއްވުމުން އެކަން ހުއްޓުވީ ރައީސް ޔާމީން ކަމަށެވެ.

އަދީބުގެ މިވާހަކަތައް ދޮގުކުރައްވާ ޝައިނީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިސަރުކާރު ފެށުނީއްސުރެއް ކެބިނެޓުގައި ހުންނެވި މިނިސްޓަރެއްގެ ހައިސިއްޔަތުން އަދީބު ހައްދަވާފައިވަނީ އިތުރުފުޅެއްކަމަށް ހެކިވެވަޑައިގަންނަވާކަމަށެވެ.

ޝައިނީ ވިދާޅުވީ ރައީސް ޔާމީން އަބަދުވެސް އިރުޝާދު ދެއްވަނީ ރިޟްވާނުގެ މައްސަލައިގެ ހަޤީޤަތް ހޯދުމަކަށްކަމަށެވެ.

އަދީބުގެ ވާހަކަތަކަށް ރައްދުދެއްވާ ރައީސް ޔާމީންވެސް މިއަދު ވަނީ ވާހަކަފުޅުދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ ކެބިނެޓަށް އެމައްސަލަ ހުށަހެޅިގެން ކެބިނެޓު ފެންވަރުގެ މަސައްކަތްތަކެއް ދުވަހަކުވެސް ކުރެވިފައިނުވާކަމަށެވެ. އަދި އެކަމަށް ކެބިނެޓުގެ އެހެން މިނިސްޓަރުންވެސް ހެކިވެވަޑައިގަންނަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ރައީސް ޔާމީން ވަނީ ޤައިދީން ހައްދަވާ ދޮގުތައް ނޫސްތަކުގައި ޝާޢިއު ކުރާތީ އެކަމާ ހިތާމަކުރައްވާކަމަށްވެސް ވިދާޅުވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަޓީން ބުނީ މިހާލަތުގައި ޓުއަރިޒަމްދާއިރާ އާއްމު ހާލަތަކަށް އައުމަކީ ނާދިރުކަމެއްކަމަށް- ނަޝީދު

މިހާލަތުގައި ޓުއަރިޒަމްދާއިރާ އާއްމު ހާލަތަކަށް އައުމަކީ ނާދިރުކަމެއްކަމުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަން އިންޑަސްޓްރީ (  މަޓީން )  ...

އެއްފުރާޅެއްގެ ދަށަށް ކުދީން ގެންނަނީ އުގެނުމަށް ފަހިކުރަން ؟

(18 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ ލިއުމާއި ގުޅޭ ) ރިޕޯޓްކުރެވިފައިވާ މިބަހާތައް ޚުލާޞާކޮށްގެން، އަދި ރަށްފުށުގެ ސްކޫލުތަކުގެ ...

މިވާހަކަތައް ދައްކަންޖެހެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެންޕޭނުގައި ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ 7 ގޮނޑި ބޭނުންވަނީ ރައީސް ...