އަޅުގަނޑާ އެކީ އުއްމީދު ކުރައްވާނަމަ، އެއުއްމީދުގައި ކުލަ ޖެހޭނެ – ރައީސް ޔާމީން

އަޅުގަނޑާ އެކީ އުއްމީދު ކުރައްވާނަމަ، އެއުއްމީދުގައި ކުލަ ޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ގދ މަޑަވެއްޔަށް ވަޑައިގެން އެރަށުގެ ބަނދަރުގެ މަޝްރޫއުއާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ވާދަވެރިން އެންމެ ހިތްދަތިވަނީ އެމަނިކުފާނުގެ ސަރުކާރުން ހިންގާ ތަރައްޤީގެ މަންޒަރުތައް ފެންނާތީ ކަމަށާއި، އެމަނިކުފާނުގެ ވާދަވެރިން މޭކަރާ އެއް ކަމަކީ ރަށްވެހި ތަރައްޤީގެ ފޮތް ނެރެފައިވުމުން ކަމަށެވެ.

އެގޮތުން ކޮންމެ ރަށެއްގައި އެރަށެއްގެ ރައްޔިތުން ބޭނުންވާ ކަންކަން ފުދިގެން ދާއިރު އެކަންކަމުގައި އެމަނިކުފާނުގެ ސަރުކާރުގެ ހިއްސާއެއް އޮތުމަކީ އުފާ ކުރައްވާ ކަމެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

“އަޅުގަނޑަކީ ބޮޑެތި ވައުދުތައް ވެވަޑައިގެންފައި ދޮގު ހައްދަވާނެ ވެރިއެއް ނޫން” ރައީސް ވިދާޅުވިއެވެ.

އެގޮތުން ހަމަ އެކަނި މަޑަވެލީގެ ތަރައްގީއަށްވެސް އެކަނިވެސް 139.2 މިލިއަން ރުފިޔާ އެމަނިކުފާނުގެ ސަރުކާރުން މިހާތަނަށް ހޭދަކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫގެ އަދަދު މައްޗަށް، އިތުރު 105 މީހަކު ކޮވިޑަށް ފައްސިވެއްޖެ

އައްޑޫސިޓީން އިތުރު 105 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ އައްޑޫން އިތުރު 105 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، އައްޑޫން ...

ކޮޕާ އެމެރިކާ : މެސީގެ މޮޅުކުޅުމާއިއެކު އާޖެންޓީނާއަށް ފުރަތަމަ މޮޅު

ބުރެޒިލުގައި މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި މެސީގެ މޮޅުކުޅުމާއިއެކު މިއަދު އުރުގުއޭ 1-0 އިން ބަލިކޮށް ...

ސިޓީގެ ސްޓާލިންގ ލިވަޕޫލްއަށް ބަދަލުވުމަށް ބޭނުންވާކަން ހާމަކޮށްފި

އަލުން ލިވާޕޫލްއަށް ބަދަލުވުމާއިމެދު މެންޗެސްޓަރ ސިޓީގެ ސްޓާލިންގ ވާހަކަ ދައްކައިފިއެވެ. އުމުރުން 25 އަހަރގެ ފޯވާޑް ލިވަޕޫލް ދޫކޮށް ...