ނިފެންމާ ލޯންޗް ގޮވި ހާދިސާގެ ވީޑިއޯއިން ފެންނަ އަލިފާނަކީ އެޑިޓް ކުރެވިފައިވާ އެއްޗެއް – މުއާޒް

Advertisement

ކުރީގެ ރައީސުލްޖުމްހޫރީޔާ އަބްދުﷲ ޔާމީނު އަބްދުލް ގައްޔޫމު ދަތުރުކުރެއްވި ލޯންޗުކޮޅު އެއްޗެއް ގޮއްވާލި ދުވަހު ކަންތައް ހިނގައިދިޔަ ގޮތް ނޫސްވެރިންނަށް ހާމަކުރުމަކީ މުހިންމުކަމެއްކަމަށް ދެކޭކަމަށް ބުނެ ރައީސު ޔާމީންގެ  ތަރުޖަމާނު މުއާޒް އަލީ ރޭ ކުއްލިގޮތަކަށް ބައްދަލުވުމެއް ބާއްވާ އެކަމާބެހޭގޮތުން މުއާޒްއަށް ފެނިލައްވާފައިވާގޮތް ހާމަކޮށްފިއެވެ.

“ސައުދީގައި ހުންނަވާފައި ރައީސް ޔާމީން ގުޅުއްވާފައި ވިދާޅުވި ރައްޔިތުންނާ ހިއްސާކުރަން ބޭނުންވާ މުހިންމު މައުލޫމާތު ހުރިކަމަށް ވިދާޅުވި. އެއީ ސައުދީ ރަސްގެފާނު ހިއްސާކުރެއްވި ވާހަކަފުޅުތައް. ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް އެދުނު. ރަސްމީ ފާލަމަށް ހުރިހާ ނޫސްވެރިން އެއްކޮށް ދިނުމަށް ދެންނެވި”  ރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއާޒް ބުނެފައިވެއެވެ.

މީގެ އިތުރަށް މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއާޒް ބުނެފައިވަނީ އެހެން ފަހަރުތަކާއި ހިލާފަށް ރައީސް ޔާމީން ރާއްޖެ ވަޑައިގަތުމަށްފަހު ވީވީއައިޕީގައި މަޑުކުރައްވާ މަޑުކުރެއްވުމުގެ ބަދަލުގައި ސީދާ ފިނިފެންމާ ލޯންޗުކޮޅަށް ރައީސް ޔާމީން ވަޑައިގަތްކަން އެދުވަހު އޭނާ ފާހަގަކުރެވުނުކަމަށާ  އަދި އެހެން ފަހަރުތަކާއި ޚިލާފަށް ރައީސުލްޖުމްހޫރީޔާ އާއްމުކޮށް ލޯންޗު ކޮޅުގައި  އިންނަވާ ސީޓްކޮޅު ނޫން އެހެން ސީޓްއެއްގައި އެދުވަހު އިށީންނަވާފައިވާ ހުރިކަމަށާ ރައީސް އިށީންނަވާ ގޮޑިކޮޅުގައި އެދުވަހު އިންނެވީ  މެޑަމް ފާތުންކަމަށް މުއާޒް ބުނެފައިވެއެވެ.

އަދި މީގެ އިތުރަށް ލޯންޗު ގޮވުމުގެ ހާދިސާގައި  މެޑަމް ފާތުން ވިއްސައިގެން ވެއްޓުނީ އޭނާގެ ފައިބުޑައްކަން ފާހަގަކުރައްވާ މުއާޒް ބުނެފައިވަނީ މިކަންކަން ހިނގައިދިޔަ އިރު ރައީސް ޔާމީންގެ މޫނުފުޅުމަތިން އެއްވެސް ހާސްކަމެއް ފެނިފައިނުވާކަމަށެވެ.

މިބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން މުއާޒް ބުނެފައިވަނީ  ފިނިފެންމާ ގޮވި ވަގުތު އަލިފާނުގެ އެއްވެސް އަސަރެއް ކުލައެއް ލޯންޗުތެރެއިން ނުފެނަކަމަށްވެސް ހާމަކޮށްފައެވެ. އަދި މިކަން ފުލުހުންގެ ތަހުޤީޤުގައިވެސް ބުނެފައިވާނެކަމަށް މުއާޒުވަނީ ނުނެފައެވެ.

ލޯންގައި އެއްވެއް ގޮވި މިހާދިސާގެ އަލިފާން ކަންޏެއްވެސް ފެނިފައިވަނީ އެމައްސަލަ ތަހުޤީގުކުރުމަށް ހަދާފައިވާ ކޮމިޝަންގެ މެންބަރު އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ދެއްވި ސީޑިގައި ވާ ވީޑިއޯއިންކަމަށްވެސް މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއާޒްވަނީ ބުނެފައެވެ.

ވީޑިއޯއަކަށް އަލިފާނުގެ އިފެކްޓްއެއް ލުމަކީ ކުރެވޭނެ ކަމެއްކަމަށްބުނެ ފިނިފެންމާ ލޯންޗް ގޮވި ހާދިސާގެ ވީޑިއޯއިން ފެންނަ އަލިފާނަކީ އެޑިޓް ކުރެވިފައިވާ އެއްޗެއް ގޮތުގައި ސިފަކުރައްވާފައެވެ.

ކުރީގެ ރައީސުލްޖުމްހޫރީޔާ އޮފީހުގެ ތަރުޖަމާނު މުއާޒް ވަނީ އޭނާ ހިއްސާކުރި ވާހަކާއެކު ދިވެހިން ފުލުހުންގެ އިދާރާއިން މިކަން ރަނގަޅަށް ތަހުޤީގުކުމަށް ގޮވާލާފައެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެއްފުރާޅެއްގެ ދަށަށް ކުދީން ގެންނަނީ އުގެނުމަށް ފަހިކުރަން؟

-ޝުޢާއު- 2020އިން ފެށިގެން ކުރިމަގުގައި ހުޅުމީދޫގައި 12-K އަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައި ހުންނާނީ ސ.އަތޮޅު މަދަރުސާ ކަމަށް ...

ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މާލެއާއި އަތޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހި ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މާލެއާއި އަތޮޅުތަކުގައި، ޤާއިމްކޮށްފައި ހުރި ފުލުހުންގެ މަރުކަޒުތަކުގައި ދިދަ ...

ޒަމާނުންސުރެ ރާއްޖެ ބައްޓަން ކުރަމުން އައި ގޮތުގެ ހިތި ނަތީޖާ މިއަދު މިވަނީ ފެނިފައި: ޔާސިރު

މާލެ ތޮއްޖައްސައި، ހުރިހާ ހިދުމަތެއް ލިބެން ހުންނަ ޖެހޭނީ މާލޭންކަމަށް ދެކި އެ ވިސްނުމުގައި ޒަމާނުންސުރެ ރާއްޖެ ބައްޓަން ...