އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވޭ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅެވުނު 16 އަހަރުން ދަށުގެމެޗް ފޭދޫސްކޫލްގެ ޓީމްެ ކާމިޔާބުކޮށްފިއެވެ.
ހިތަދޫ ސްޓޭޑިއަމްގައި ކުޅެވުނު މިމެޗް ފޭދޫ ސްކޫލްގެ ކާމިޔާބުކޮށްފައިވަނީ އިރުޝާދިއްޔާ ސްކޫލްގެ ޓީމާ ވާދަކޮށް 1 ލަނޑު 0 ލަނޑުންނެވެ.
މިމެޗްގައި ފޭދޫ ސްކޫލްޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 37 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ހިސާމު ނަސީރެވެ.
މިމުބާރާތުގައި ފޭދޫ ސްކޫލްގެ ޓީމު މީގެ ކުރީން ކުޅުނު ދެމެޗުންވެސް ވަނީ ބަލިވެފައެވެ. އެހެން ކަމުން ފަސްޓީމު ވާދަކުރާ މިމުބާރާތުގައި ފޭދޫ ސްކޫލްޓީމަށް 3 މެޗް ކުޅެގެން ލިބިފައިވަނީ 3 ޕޮއިންޓެވެ.
މިއަދުގެ މެޗުން ދެރަވި އިރުޝާދިއްޔާ ސްކޫލްގެ ޓީމު މީގެ ކުރީން ކުޅުނު ދެމެޗުގެ ތެރެއިން އެއްމެޗުން މޮޅުވެ އެއްމެޗުން ވަނީ ދެރަވެފައެވެ. އެހެންކަމުން އެޓީމަށްވެސް ތިންމެޗު ކުޅެގެން ލިބިފައިވަނީ 3 ޕޮއިންޓެވެ.
16 އަހަރުން ދަށުގެ އުމުރުފުރައިގެ ޕޮއިންޓް ޓޭބަލަށް ބަލާއިރު ތިންމެޗުން 5 ޕޮއިންޓް ލިބިގެން ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި މިވަގުތު އޮތީ ޝަރަފުއްދީން ސްކޫލެވެ. ޕޮއިންޓް ޓޭބަލްގެ ދެވަނާގައި އޮތީ 3 މެޗުން 4 ޕޮއިންޓް ލިބިފައިވާ ހިތަދޫ ސްކޫލްގެ ޓީމާއި 2 މެޗުން 4 ޕޮއިންޓް ލިބިފައިވާ އަތޮޅުމަދަރުސާގެ ޓީމެވެ.
މިމުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރާގައި ބައިވެރިވެފައިވާ 5 ޓީމް ކޮންމެޓީމަކާ ކޮންމެޓީމެއް އެއްފަހަރު ބައްދަލުކުރުމަށްފަހު އެންމެގިނަ ޕޮއިންޓް ހޯދާ ދެޓީމް ފައިނަލަށް ހޮވޭނެއެވެ.
ކޮމެންޓްސް (0)