28 އަހަރުފަހުން އިނގިރޭސިން ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

28 އަހަރަށް ފަހު އިނގިރޭސިވިލާތަށް ފީފާ ވޯލްޑް ކަޕްގެ ސެމީފައިނަލުން ޖާގަލިބުނީ ކުއާޓާ ފައިނަލުގެ 3 ވަނަ މެޗްގައި ރޭ ސްވިޑަން އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެ  ސެމީ ފައިނަލަށް ދަތުރުކުރުމާ ގުޅިގެންނެވެ.

1900 ވަނަ އަހަރަށް ފަހު އިނގިރޭސީން ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރީ ޑިފެންޑަރ ހެރީ މެކްގަޔާ އަދި ޑެލޭ އަލީ ކާމިޔާބުކުރި ދެ ލަނޑާއެކުގައެވެ.

ރޭގެ މެޗުގައި އިނގިރޭސިޓީމުގެ  ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު  އިނގިރޭސިވިލާތުގެ ޒުވާން ގޯލްކީޕަރު ޕިކްފޯޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވެ އެވެ. މިގޮތުން އިނގިރޭސިޓީމުގެ  ގޯލާ އަމާޒުކޮށް ސްވިޑަން އިން ފޮނުވާލި ނުރައްކާތެރި ހަމަލާތައް ޕިކްފޯޑް ވަނީ ހުށިޔާރުކަމާ އެކު ދިފާއުކޮށްފައެވެ.

އިގިރޭސިޓީމާ ބައްދަލުކޮށް ރޭގެ މެޗުނުން  ސްވިޑަން ބަލިވުމާ އެކު ސްވިޑަން ވަނީ އިގިރޭސިޓީމާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވެފައެވެ.

ތާރީޚަށް ބަލާލާއިރު، 1979 ވަނަ އަހަރާއި 2006 ވަނަ އަހަރާ ދެމެދު މި ދެ ގައުމުގެ ދެމެދުގައި 12 މެޗު ކުޅެފައިވާ އިރު، އެއިން އެއްވެސް މެޗަކުން ސްވިޑަން ބަލިވެފައެއް ނުވެއެވެ.

ސެމީ ފައިނަލްގައި އިނގިރޭސިންނާ ބައްދަލު ކުރާނީ ކްރޮއޭޝިއާ އެވެ. މި މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިނގިރޭސީން ބަލިކޮށް، ބެލްޖިއަމުން ތިންވަނަ ހޯދައިފި

ފީފާ ވޯލްޑް ކަޕްގައި އިނގިރޭސީން ބަލިކޮށް، ބެލްޖިއަމުން ތިންވަނަ ހޯދައިފިއެވެ. ތިންވަނަ ހޮވުމަށް ރަޝިއާގެ ސެއިންޓް ޕީޓާސްބާގް ސްޓޭޑިއަމްގައި ...

ދިރާގު ޓީވީ އަދި ދިރާގު ޕްލޭ އިން ޔޫރޯ މެޗުތައް ބެލޭނެ

ދިގު އިންތިޒާރަކަށް ފަހު ޔޫރޯ2020 ގެ ފޯރިގަދަ މުބާރާތް މިހާރު މިވަނީ ފެށުމަކާ ހަމައަށް އައިސްފައިއެވެ. މިދިޔަ އަހަރު ...

20 އަހަރަށްފަހު ވޯލްޑްކަޕްގެ ސެމީފައިނަލަށް ކްރޮއޭޝިޔާ ދަތުރުކޮށްފި

ވޯލްޑްކަޕްގެ ސެމީ ފައިނަލުގެ ފަހު ޖާގަ ކްރޮއޭޝިޔާ ހޯދައިފިއެވެ. ސެމީ ފައިނަލް ފަހު ޖާގަ ކްރޮއޭޝިޔާ ހޯދީ ރޭ ...