advertisement

ޔޫރޯ 2020 ގެ ރައުންޑް އޮފް 16 ގެ ފުރަތަމަ މެޗް ކާމިޔާބުކޮށް ޑެންމާކް ކުއާޓާފައިނަލަށް ދަތުރު ކޮށްފިއެވެ.

ނެދަލެންޑްސްގެ އެމްސްޓަޑަމް އެރީނާގައި ކުޅުނު މި މެޗު ޑެންމާކު ކާމިޔާބުކުރީ ވޭލްސްއާއި ބައްދަލުކޮށް  0-4 ގެ ނަތީޖާ އަކުންނެވެ.

މިމެޗުގައި ޑެންމާކުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެސްޕާ ޑޮލްބާގެވެ. މިގޮތުން ފުރަތަމަ ލަނޑު މެޗްގެ 27 ވަނަ މިނިޓްގައި ކާމިޔާބުކޮށްދީފައިވާއިރު ދެވަނަ ލަނޑު އޭނާ ކާމިޔާބުކޮށްދީފައިވަނީ ދެވަނަ ހާފްގެ 3 ވަނަ މިނިޓްގައެވެ.

ޑެންމާކުން މިމެޗްގައި ޖެހި ތިންވަނަ ލަނޑު މެޗުގެ ފުރިހަމަވަގުތު ހަމަވާން ދެ މިނެޓަށްވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީ ޖޯކިމް މެއިލެ އެވެ.

މި ލަނޑު ޑެންމާކުން ޖެހިތާ ދެމިނެޓު ފަހުން ވޭލްސްގެ ހެރީ ވިލްސަން އަށް ރެފްރީ ވަނީ ސީދާ ރަތްކާޑެއް ދައްކާފައެވެ. ވިލްސަން އަށް ރެފްރީ ރަތްކާޑު ދެއްކީ ޑެންމާކުގެ ތިންވަނަ ލަނޑު ޖެހި މެއިލެ އަށް ކުރި ފައުލަކާއި ގުޅިގެންނެވެ.

ޑެންމާކުން މިމެޗްގައި ޖެހި 4 ވަނަ  ލަނޑު ކާމިޔާބުކުރީ މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އުންމީދީ ފޯވާޑް މާޓިން ބްރެއިތްވެއިޓެވެ.

ކުއާޓަރ ފައިނަލުގައި ޑެންމާކް ކުޅެންޖެހޭނީ ރައުންޑް އޮފް 16 ގައި މިމަހުގެ 27 ވަނަ ދުވަހު ނެދަލެންޑްސް އާއި ޗެކް ރިޕަބްލިކުން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫ ކަޅިބިތްފަރާތު ގޮޑުދޮށުން ގިރަމުންދާ ސަރަހައްދުގައި ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ފަށައިފި

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މީދޫ ކަޅިބިތްފަރާތު ގޮޑުދޮށުން ގިރަމުންދާ ސަރަހައްދުގައި އެމްޓީސީސީން ޖިއޯ ބޭގް ރިވެޓްމަންޓް ...

ކޯލިޝަން ހެދުމާއި ގުޅޭގޮތުން ޑިމޮކްރެޓްސްގެ ނިންމުން މިރޭ!

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ބަޔަކާއެކު ކޯލިޝަން ހެދުމާމެދު މިރޭ ގޮތެއް ނިންމާނެ ކަމަށް ޑިމޮކްރެޓްސް އިން ބުނެފި ...

ޕާޓީ މެންބަރުންގެ އިހްސާސާއި، އުންމީދު ނަގާލައި، ކުރިއަށް ގޮސްގެން ހޯދޭނެ ކާމިޔާބީއެއް ނެތް: ނަޝީދު

ޕާޓީއަށް ތާއީދުކުރާ އެތައް ބައެއްގެ އިހްސާސާއި, އުންމީދު ނަގާލައި, ގޮންޖަހައި ކުރިއަށް ގޮސްގެން ހޯދޭނެ ކާމިޔާބީއެއް ނޯންނާނެކަމަށް އެމްޑީޕީގެ ...