އެކުވެރިކަމުގެ ވޮލީމެޗް މީދޫޓީމް ކާމިޔާބު ކޮށްފި

Advertisement
Advertisement

މީދޫ ވޮލީޓީމަކާ ފުވައްމުލަކު ވޮލީޓީމަކާ ދެމެދު ކުޅެވުނު އެކުވެރިކަމުގެ ވޮލީމެޗް މީދޫޓީމް ކާމިޔާބުކޮށްފި އެވެ.

މީދޫޓީމްގެ ދައުވަތަކަށް ފުވައްމުލަކު ވޮލީޓީމް މީދުއަށްއައިސް މީދޫ އިޖްތިމާއީމަރުކަޒުގެ ވޮލީކޯޓުގައި މިދިޔަ ހުކުރު ދުވަހު ހަވީރު ކުޅެވުނު މިމެޗް މީދޫޓީމް ކާމިޔާބު ކުރީ 3 ސެޓް 2 ސެޓުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ސެޓް 21-25 އިން  މީދޫޓީމް ކާމިޔާބުކުރިނަމަވެސް  ދެވަނަ ސެޓް 25-11 ގެ ބޮޑުތަފާތަކުން ކާމިޔާބުކުރީ ފުވައްމުލަކު ވޮލީޓީމެވެ.

މިމެޗްގެ 3 ވަނަ ސެޓް ފަށައިގެން 16 ޕޮއިންޓް މީދޫޓީމަށް ލިބުނުއިރު ފުވައްމުލަކު ޓީމަށް ލިބިފައިއޮތީ 9 ޕޮއިންޓެވެ. އެހެންނަމަވެސް ފުވައްމުލަކުޓީމުންވަނީ ފަހަތުން އަރާ 25-21 އިން މި ސެޓް ކާމިޔާބުކޮށްފަ އެވެ.

މިމެޗްގެ 4 ވަނަސެޓް ވާދަވެރިކުޅުމަކަށްފަހު  25-23 އިން ކާމިޔާބުކުރީ މީދޫޓީމެވެ.

މިމެޗްގެ 4 ވަނަ ސެޓް ނިމުނުއިރު މަޣުރިބްނަމާދަށް ބަންގިދޭން ކައިރިވެފައިވާތީ މިމެޗްގެ 5 ވަނަ ސެޓް ކުޅެވުނީ މަޣްރިބްނަމާދުކޮށްނިމުމުން ލައިޓް ދިއްލައިގެންނެވެ.

މިމެޗުގެ ފަހު ސެޓް މީދޫޓީމު ފަސޭހަ ކަމާއެކު 15-7 އިން ކާމިޔާބުކޮށް މިމެޗުންވަނީ މޮޅުވެފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މީދޫޓީމަށް ބޭރު ކުޅުންތެރިއެއްގެ ގޮތުގައި ކުޅުނު އިބްރާހިމްއެވެ. މޮޅު ކުޅުންތެރިއަކަށް ހޮވުނު އިބްރާހިމްއަށް ޓްރޮފީ ހަވާލްކޮށްދެއްވީ ސައިދާ މިޠީއުއެވެ.

މީދުއަށް ޒިޔާރަތްކޮށް މިމެޗްގައި މީދޫޓީމާ ވާދަކުރި ފުވައްމުލަކު ވޮލީމަށް މީދޫ ވޮލީޓީމްގެ ފަރާތުން ދެއްވި ހަނދާނީ ލިއުން އެޓީމާ ހަވާލްކޮށްދެއްވީ މީދޫ އަވަށުއޮފީހުގެ ޑިރެކްޓަރ އަބްދުﷲ ރަޝީދެވެ.

މީދޫޓީމް ފުވައްމުލަކު ވޮލީޓީމާއެކު ހުކުރުދުވަހު ކުޅެވުނު މެޗުން މޮޅުވެފައިވާއިރު މިދިޔަމަހު މީދޫޓީމް ފޭދުއަށް ޒިޔާރަތްކޮށް ފޭދޫޓީމާއެކު ކުޅުނު އެކުވެރިކަމުގެ ވޮލީމެޗުންވެސް މޮޅުވެފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

Advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސަޢޫދީ ރަސްގެފާނުގެ ޚަރަދުގައި ރާއްޖެއިން ޙައްޖަށްދާ 10 މީހުންތެރޭގައި އަޝްފާޤް

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނުގެ ޚަރަދުގައި ރާއްޖެއިން ޙައްޖަށްދާ 10 މީހުންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ ...

މެސީގެ އެއްބަސްވުން އާ ނުކުރަން ނިންމައި، އޭނާ ދޫކޮށްލަން ބާސާއިން ނިންމައިފި

ބާސެލޯނާ އަށް ކުޅެމުން އައި އާޖެންޓިނާގެ އިތުބާރު ފޯވާޑް ލިއޮނަލް މެސީގެ އެއްބަސްވުން އާ ނުކުރަން ނިންމައި، އޭނާ ...

ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް  – ރޭ ކުޅެވުނު މެޗްތައް ކާމިޔާބުކުރީ ގައުމުއެފްސީއާއި ދަކްރައުސް

ކްލަބް ލޮތަރިން އިންތިޒާމުކޮށްގެން މީދޫގައި ކުރިއަށްގެންދާ ” ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް ” ފުޓްބޯޅަ މުބާރާތުގައި ...