އައްޑޫ ހިމެނޭގޮތައް 11 ރަށަކުން ކޮވިޑްގެ އައުވޭރިއަންޓް އޮމިކްރޯން ފެނިއްޖެ – ޑރ އަފްޒަލް

އައްޑޫ ސިޓީ އާއި މާލެ ސިޓީ ހިމެނޭ ގޮތަށް 11 ރަށަކުން ކޮވިޑް-19 ގެ އާ ވޭރިއަންޓް  އޮމިކްރޯން ފެނިއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ އެޗްޕީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރާއްޖެއިން އޮމިކްރޮން ވޭދަނަތައް ފެނުނު ރަށްތަކަކީ މާލެ އާއި ކ. މާފުއްޓާއި ދ. ކުޑަހުވަދޫ ، އައްޑޫ ސިޓީ  ލ. ގަން ލ. މުންޑޫ ، ލ. އިސްދޫ، ހދ. ވައިކަރަދޫ، ހދ. ނޮޅިވަރަމް، ފ. މަގޫދޫ، އަދި ކ. ތުލުސްދޫއެވެ.

މިދެންނެވި 11 ރަށުން ކޮވިޑް ވައިރަހުގެ އައު ވޭރިއަންޓެއްކަމަށްވާ އޮމިކްރޯން ފެނިފައިވާއިރު  ރާއްޖެއިން  އޮމިކްރޯންއަސް ޓެސްޓް ކުރެވުނު ސާމްޕަލްތަކުގެ ތެރެއިން 74 ސާޕްޕަލް ކޮވިޑްގެ އައުވޭރިއެންޓް އޮމިކްރޯންއަށް  ޕޮޒިޓިވްވެފައިވާއިވާކަމަށްވެސް އެޗްޕީއޭއިން މިއަދުވަނީ ހާމަކޮށްފައެވެ.

 އެޗްޕީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން  އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ރާއްޖެއިން މިހާތަނަށް އޮމިކްރޯންއަށް ޓެސްޓް ހެދުނު 1،196 ސާމްޕަލްގެ ތެރެއިން 74 ސާމްޕަލް އޮމިކްރޯންއަށް  ޕޮޒިވް ވެފައިވާކަމަށެވެ. މީގެ ތެރެއިން މިމަހުގެ 11 ވަނަ ދުވަހު ފޮނުވުނު 100 ސާމްޕުގެ ތެރެއިން 51 ސާމްޕަލް އޮމިކްރޯންއަށް  ޕޮޒިޓިވް ވެފައިވާކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ.

ރާއްޖެއިން އޮމިކްރޯންއަށް ޓެސްޓު ކުރެވޭނެ ގޮތެއް އަދި ނެތެވެ. އެހެންކަމަށްވުމުން އޮމިކްރޯންއަށް ޓެސްޓް ހެދުމަށް ސާމްޕަލްތައް ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭކަމަށްވެސް ޑރ. އަފްޒަލްވިދާޅުވިއެވެ.  

ޑރ.އަފްޒަލް ވިދާޅުވީ، މީގެކުރިން ފެތުރުނު ޑެލްޓާ ވޭރިއަންޓަށްވުރެ އޮމިކްރޯން ކޭސްތައް ފެތުރޭ މިންވަރު ހަލުވިކަމަށާއި، އެގޮތުން ކޭސްތައް ވަރަށްއަވަހަށް ޑަބަލްވަމުން އަންނަކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ.  މިގޮތުން 1 ދުވަހާއި 3 ދުވަސްތެރޭ ކޭސްތައް ޑަބަލް ވާކަން އޮމިކްރޯން އުޅޭ ޤައުމުތަކުން ފާހަގަވާކަމަށް އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ ކޮންމެ ގޮތަކުން ނަމަވެސް މިބަލި ޖެހޭނީ މި ބަލި ޖެހިފައިވާ މީހެއްގެ ކައިރިން އެ ބައްޔަށް ހުށައެޅިގެންކަމަށެވެ. އަދި މިބަލީގެ ޖަރާސީމަށް ހުށަހެޅެނީ ވަކި ކަންތައްތަކެއް ދޫކޮށްލެވިގެންމަށް ވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަފްޒަލް ވިދާޅުވީ ބަލީގެ ކިތަންމެ ވަރުގަދަ ވައްތަރެއް އުޅުނު ނަމަވެސް އެބަލި ޖެހިފައިވާ މީހަކާއި ދިމާނުވާ ހިނދަކު ބަލި ފެތުރިގެން ނުދާނެކަމަށެވެ.

ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު މައްޗަށް ގޮސްފައިވާއިރު، ބަލީގައި އެދުމަތި ކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް ވަނީ މައްޗަށް ގޮސްފައެވެ.

މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދުވަނީ 48 އަށް އަރާފައެވެ.

މިވަގުތު ރާއްޖޭގައި  13،035 މީހަކު ވަނީ ކޮވިޑަށް  ޕޮޒިޓިވްވެ ފަރުވާ ހޯދަމުންނެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިތުރު 12 މީހަކު ހުޅުދޫއާއި މީދުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އިތުރު 12 މީހަކު ހުޅުދޫއާއި މީދުން ކޮވިޑް 19 އަށް މިއަދު ޕޮޒިޓިވް ވެއްޖެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ...

ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް އީޔޫއިން ހުށަހަޅައިފި

ކޮންމެ ދިވެހި ރައްޔިތަކު މުސްލިމަކަށްވާން ޖެހޭނެ ކަމަށް ޤާނޫނު އަސާސީގައި އޮތް އޮތުން ބަދަލުކޮށް،ސުންނީ މުސްލިން ނޫން މީހުނަށް ...

ފެނަކައަށް 7 އަހަރު ފުރުމުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް 7 އަހަރު ފުރުމުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް ފެނަކަ ހުރިހާ ބްރާންޗެއްގައި ...