ކިމްއާ އެކު ބާއްވާ ސަމިޓް ޓްރަމްޕް ކެންސަލް ކުރައްވައިފި

އަންނަ ޖޫން މަހުގެ ބާރަ ވަނަ ދުވަހު، އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު ބޭއްވުމަށް ތާވަލުކުރި ތާރީޚީ ބައްދަލުވުން އެމެރިކާގެ ރައީސް ކެންސަލް ކުރައްވައިފިއެވެ.

މި ތާރީޚީ ބައްދަލުވުމުގައި އެމެރިކާއިން ބައިވެރި ނުވާނެކަން ޓްރަމްޕް އިޢުލާނުކުރައްވާފައިވަނީ ކިމްއަށް ލިޔުއްވި ސިޓީއެއްގައެވެ. މި ސިޓީގައި ޓްރަމްޕް ވިދާޅުވީ، އުތުރު ކޮރެއާއިން އެންމެ ފަހުން ނެރެފައިވާ ބަޔާންތަކުގައި އެމެރިކާއާ ދެކޮޅަށް ބޭނުންކޮށްފައިވާ ހަރުކަށި ބަސްމަގާއި، އެމެރިކާއާ ދެކޮޅަށް ފާޅުކޮށްފައިވާ ޚިޔާލުތަކުގެ ސަބަބުން މި ވަގުތު މިފަދަ ބައްދަލުވުމެއް ބޭއްވުން މުނާސަބު ނޫންކަމަށެވެ.

ކިމްއާ ބައްދަލުކުރެއްވުމަށް ބޭނުންފުޅުވާކަމަށާއި، ކުރިއަށް އޮތްތަނުގައި މިފަދަ ގޮތަކަށް ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ. އެމެރިކާގެ ރައީސް ޓްރަމްޕް ފަހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި ތާރީޚީ ސަމިޓް ކެންސަލްވުމަކީ އުތުރު ކޮރެއާގެ އިތުރުން ދުނިޔޭގެ ސުލްޙައަށް ކުރާ މަސައްކަތަށްވެސް ލިބިގެން ދިޔަ ހިތާމައެއްކަމަށެވެ.

އަދި އެމެރިކާގެ މި ނިންމުމަށް ފަހު އުތުރު ކޮރެއާއިން އަޅާފާނެ ނާއީޖާބީ ފިޔަވަޅަކަށް އެމެރިކާގެ އަސްކަރިއްޔާއިން ތައްޔާރަށް އޮތްކަމުގެ އިންޒާރުވެސް އެމެރިކާގެ ރައީސް ޓްރަމްޕް ދެއްވިއެވެ. އެމެރިކާގެ ރައީސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާނެކަން އިޢުލާންކޮށްފައި މިވަނީ، މި ބައްދަލުވުމާ ބެހޭ ގޮތުން އުތުރު ކޮރެއާއިން ހުސްވި ހަފުތާގައި ސުވާލުތައް އުފައްދަވާފައިވާ ދަނޑިވަޅެއްގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމެރިކާގެ ރައީސްގެ ދަރިކަލުން ހަންޓާ ބައިޑެންއާ ދެކޮޅަށް ހިންގާ ތަހުގީގު ފުޅާކޮށްފި

ބޭރުގެ ފަރާތްތަކާ އެކު ގާނޫނާ ހިލާފަށް ވިޔަފާރި މުއާމަލާތްތައް ހިންގި ކަމަށް ކުރެވޭ ތުހުމަތާއެކު އެމެރިކާގެ ރައީސް ޖޯ ...

އިންޑިއާ ފަތުރުވެރިންނަށް ޔޫއޭއީ ހުޅުވާލައިފި

ވެކްސިންގެ ހުރިހައި ޑޯޒްތައް ފުރިހަމަ ކޮށްފައިވާ ފަތުރުވެރިންނަށް ޔޫއޭއީ ހުޅުވާލައިފިއެވެ. ޔޫއެއީން ބުނެފައި ވަނީ ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާއިން ...

ޕްރިންސް ހެރީއާއި މޭގަން މާކަލް ކައިވެނިކޮށްފި

އިނގިރޭސިވިލާތުގައި ޕްރިންސް ހެރީއާއި މޭގަން މާކަލް ކައިވެނިކޮށްފިއެވެ ޢުމުރުން 33 އަހަރުގެ ޕްރިންސް ހެރީ އާއި ޢުމުރުން 36 ...