ދިވެހި ދައުލަތް ފޮތިފޮތިކޮށް އެއްވެސް ގޮތަކުން ވަކިވެގެތުމަށް ބާރު ލިބިދޭ ޢަމަލަކަށް ސަރުކާރުން ޖާގަ ނުދޭނެކަމަށް ހޯމް މިނިންސްޓްރީން ބުނެފިއެވެ.

ހޯމް މިނިސްޓްރީން މިހެން ބުނެފައިވަނީ އައްޑު އަތޮޅުގައި ވަކި ދައުލަތެއް އުފެއްދުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އިތުރު ބަޔަކު މަޝްވަރާކުރާކަމަށްބުނެ މިހާރު ޝޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯއާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

ހޯމް މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ދިވެހި ދައުލަތުގައި ހިމެނޭ ސަރަހަދެއްކަމަށްވާ އައްޑޫސިޓީ ދިވެހި ދައުލަތުން ވަކިކޮށް ވަކި ދައުލަތެއްގެ ގޮތުގައި ހިންގުމަށް ދިވެހިންގެ ބަޔަކު މަޝްވަރާ ކޮށްފައިވާތީ އެކަން ކުށްވެރުކުރާކަމަށެވެ. އަދި މި އަމަލަކީ ދިވެހިންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމަށާއި ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް އުޙުއްވަތްތެރިކަމާއި އެއްބައިވަންތަކަމަށް ލޮޅުން އަރާނެފަދަ ނާތަހުޒީބު އަމަލެއްކަމަށެވެ.

ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު އިސްކޮށް ހުންނަވައިގެން މި ޢަމަލު ހިންގުމަކީ ދިވެހ ރައްޔިތުން އިތުރަށް ކަންބޮޑުވެ ހިތާމަކުރާކަމަށާއި އެ ބައެއްގެ މި ޢަމަލުން އެކަން ކުރި މީހުންގެ ހިތްތަކުގައި ދިވެހި ރައްޔިތުންނަށް އެއްވެސް މިންވަރެއްގެ ލޯތްބެއްނެތްކަން އެގިގެންދާކަމަށްވެސް ހޯމް މިނިސްޓަރީގެ ބަޔާނުގައިވެއެވެ. އަދި މި ޢަމަލަކީ މާތްވެގެންވާ އިސްލާމުދީނާއި ދިވެހި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ކަނޑީނޭޅި ދެމެދުންދާ ހަމަލާތަކުގެ ތެރެއިން ވަރަށް ނުރައްކާތެރި ހަމަލާއެއްކަމަށްވެސް މި ބަޔާނުގައިވެއެވެ.

މި ޢަމަލަކީ ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގައި ފެންނަމުންދާ ވަކިވެގަތުމުގެ ހީލަތްތަރި ރޫހުގައި ރޭވުނު ބަޣާވާތްތެރި ރޭވުމެއްކމަށާއި މި ޢަމަލު ހންގާފައިވަނީ އަމިއްލަ އެދުމާއި މަވެތިކަން އިސްކޮށް އަމިއްލަ ޒާތީ ކަންކަން ޙާސިލުކުރުމަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކުރުމުގެ ނުރައްކާތެރި ނިޔަތެއްގައިކަމަށްވެސް ހޯމް މިނިސްޓްރީންގެ ބަޔާނުގައިވެއެވެ.

މިފަދަ ނުރައްކާތެރި ޢަމަލުތައް ނުހިންގުމަށާ، މި ފަދަ ޢަމަލުތައް ހުއްޓާލުމަށްވެސް ހޯމް މިނިސްޓްރީން ވަނީ ގޮވާލާފައެވެ. އައްޑޫގައި ވަކި ދައުލަތެއް ޤާއިމްކުރުމާ ގުޅޭގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު މަޝްވަރާކުރައްވާ އަޑު އިވޭ އޯޑިއޯއެއް ވަނީ ލީކްވެފައެވެ.

ލީކުވެފައިވާ އޯޑިއޯއިން އިވޭގޮތުން ނަޝީދު ބައިވެރިވި ބައްދަލުވުމުގައި ރާވާފައިވަނީ ރާއްޖޭގެ އެންމެ ދެކުނުން އޮންނަ އައްޑޫއާއި ފުވައްމުލަކުގައި ޤާނޫނީ ސަރުކާރާ ދެކޮޅަށް ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށެވެ. އަދި އެހަރަކާތުގެ ތެރެއިން އައްޑޫގައި ވަކި ދައުލަތެއް ޤާއިމްކުރުމުގެ ވާހަކަ ބުނުމުން، ނަޝީދު ވަނީ އެކަމަށް ހަތިޔާރު ބޭނުންވާނޭކަމަށް ބުނެފައެވެ. އެހެން ނޫންނަމަ ވަކި ދައުލަތެއް ޤާއިމްކުރުމަށް ދަތިވާނޭކަމަށް ނަޝީދު ވިދާޅުވާ އަޑު ލީކުވެފައިވާ އޯޑިއޯއިން އިވެއެވެ.

މަސްދަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހަގީގަތް އޮޅުވައެއް ނުލެވޭނެ، ރިލްވާންގެ އާއިލާއިން ކޯޓަށް ދިޔަސް ޖެހިލުމެއް ނުވޭ: އުމަރު

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އާއިލާއިން އޭނާއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް، ޖެހިލުންވެ ވަޑައިނުގަންނަވާ ...

ބިން ހިއްކުމަށް ބޭނުންވާ ސާމާނު އައްޑޫ ސިޓީއަށް

އައްޑޫ ސިޓީ ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް ބޭނުންވާ ބައެއް ސާމާނު އައްޑޫސިޓީއަށް ގެނެސްފިއެވެ. އައްޑޫ ސިޓީ ބިން ...

ިދިވެހި ސިފައިންގެ ކްލަބުން ޗެމްޕިއަންކަން ހޯދައިފި

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބުން ހޯދައިފިއެވެ. ދިވެހި ސިފައިންގެ ކްލަބް މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ ...