ބިން ހިއްކުމަށް ބޭނުންވާ ސާމާނު އައްޑޫ ސިޓީއަށް

އައްޑޫ ސިޓީ ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް ބޭނުންވާ ބައެއް ސާމާނު އައްޑޫސިޓީއަށް ގެނެސްފިއެވެ.

އައްޑޫ ސިޓީ ބިން ހިއްކުމުގެ މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ވެން އޫޑް ޑްރެޖިންއާއެވެ.

ހިތަދޫ ބަނދަރު އޮޕަރޭޓްކުރާ ހިތަދޫ ޕޯޓް ލިމިޓެޑްއިން ހާމަކޮށްފައިވާގޮތުން މިމަހުގެ 25 ވަނަ ދުވަހު އެބަނދަރަށް ބަނދަރުކުރި ”އެޗް ސީ މެލީނާ“ ނަމަކަށް ކިޔާ ކާގޯ ބޯޓަކުން އައްޑޫ ސިޓީ ބިން ހިއްކުމަށް ބޭނުންވާ ސާމާނު ގެނެސްފައިވާކަމަށެވެ. މި ބޯޓުން ގެނައި ސާމާނުތަކުގެ ތެރޭގައި މެޝިނަރީޒްއާއި ބައެއް އިކުއިޕްމަންޓްތައް ހިިމެނޭކަމަށްވެސް ހިތަދޫ ރީޖަނަލް ޕޯޓުން ހާމަކޮށްފައިވެއެވެ.

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު ނެދަލޭންޑްސްގެ ކުންފުނި ވެން އޫޑް ޑްރެޖިން އާ ހަވާލުކުރީ މިއަހަރުގެ ކުރީ ކޮޅުއެވެ. މިމަޝްރޫޢުގެ ދަށުން އައްޑޫގެ ހިތަދޫ ޕޯޓުގެ އުތުރުން ސަރަހައްދަކާއި ދެކުނުން ސަރަހައްދެއް ހިއްކުމަށް ވަނީ ހަމަޖހިފައވެ. އަދި މީގެ އިތުރުން މަރަދޫ އަދި މަރަދޫ ފޭދޫގެ ހުޅަނގުން ބިން ހިއްކައި ޖުމްލަ 194 ހެކްޓަރުގެ ބިން ހިއްކާގޮތައް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

18 މަސް ދުވަހުގެ ތެރޭގައި ނިންމަން ކުރިއަށް ގެންދާ މި މަޝްރޫއަކީ އިންޑިއާ ސަރުކާރުގެ އެގްޒިން ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު ހަވާލުކުރި ވެން އޫޑްކުންފުންޏަކީ ބިން ހިއްކުމުގެ ދާއިރާ އިން 150 އަހަރުގެ ތަޖުރިބާހުރި ކުންފުންޏެކެވެ. އަދި ބިންހިއްކުމުގެ މަސައްކަތް ނިމޭއިރު އައްޑޫ ސިޓީގެ ބައެއް ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރާގޮތަައްވެސް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އައްޑޫގައި ބިން ހިއްކުމުގެ މަޝްރޫޢަކީ ކުރިއަށް އޮތް 50 އަހަރަށް އައްޑޫއަށް ކުރިމަތިވެފައިވާ ބިމުގެ މައްސަލައަށް ހައްލެއް ގެނުވައިދޭނެ ކަމެއްކަމަށް އައްޑޫސިޓީ ކައުންސިލުން މީގެކުރިން ވަނީ ވިދާޅުވެފައެވެ.

މިއީ ސަރުކާރުން ކުރިއަށްގެންދާ އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ އެއް ބައެވެ.

މީގެ އިތުރުން ރިސޯޓު ތަރައްޤީ ކުރުމަށް އައްޑޫގެ ފަޅުތެރެއިން އިތުރު ތިން ރަށެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޤާނޫނު ތަންފީޒު ކުރެވޭނީ މޭޔަރުންނާއި، ކައުންސިލްތަކުގެ ރައީސުންނަށް ޤާބިލް މީހުން އިންތިޚާބް ކޮށްގެން – އެލްޖީއޭ

ލާމަރުކަޒީ ޤާނޫނަށް އަންނަ ބޮޑުބަދަލު ހެޔޮގޮތުގައި ތަންފީޒު ކުރެވިގެންދާނީ މޭޔަރާއި، ރަށްރަށުގެ ކައުންސިލް ރައީސުން އިންތިޙާބް ކުރުމުގައި ޤާބިލް ...

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް މީދޫގައިި ފާހަގަ ކޮށްފި

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެގޮތުން މީދޫ  އަވަށު އޮފީހާއި މީދޫގެ ކްލަބް ޖަމްއިއްޔާތަކާއި މީދޫގައި މަސައްކަތްކުރާ ވޮލަންޓިއަރުންގެ ...

ތޮއްޑޫ ދާގަބާ ސަރަހައްދު ސައިޓް މިއުޒިއަމެއްގެ ގޮތަށް ތަރައްގީ ކުރަން ނިންމައިފި

ރާއްޖޭގެ އާސާރީ ތަނެއްކަމަށްވާ އއ.ތޮއްޑޫ ދާގަބާ ސަރަހައްދު ސައިޓް މިއުޒިއަމެއްގެ ގޮތަށް ތަރައްގީ ކުރުމަށް ހެރިޓޭޖް މިނިސްޓްރީން ނިންމައިފިއެވެ. ...