ހަގީގަތް އޮޅުވައެއް ނުލެވޭނެ، ރިލްވާންގެ އާއިލާއިން ކޯޓަށް ދިޔަސް ޖެހިލުމެއް ނުވޭ: އުމަރު

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އާއިލާއިން އޭނާއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް، ޖެހިލުންވެ ވަޑައިނުގަންނަވާ ކަމަށާއި އެކަމުގައި ހުންނަވާނީ ސާބިތުކަމާ އެކުގައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު ނަސީރުއާއި ހަވާލާދީ އޮންލައިން ނޫސް ”ހަފްތާ“ ނޫހުން ގެނެސްދީފައިވާ ޚަބަރެއްގައި ބުނެފައިވަނީ ކަމުގެ ހަގީގަތް އޮޅުވާލަން އެއްވެސް އިރަކު މަސައްކަތް ނުކުރައްވާ ކަމަށާއި ހަގީގަތާއި ހިލާފު އެއްވެސް ވާހަކައެއްވެސް ދައްކާފައިނުވާނެ ކަމަށެވެ. އެހެންކަމުން ރިލްވާންގެ އާއިލާއިން ކޯޓަށް ވަޑައިގެންނެވިޔަސް ޖެހިލުންވެ ވަޑައިގަންނަވަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އުމަރު ނަސީރުއާއި ހަވާލާދީ އޮންލައިން ނޫސް ހަފްތާގައި ބުނެފައިވެއެވެ.

“ހަގީގަތަކީ ރިލްވާނަކީ ކުރިން ހަރުކަށިފިކުރަށް ތާއީދުކޮށް އެފިކުރަށް އުޅުނު ކުއްޖެއް. އޭގެ ބައެއް ފޮޓޯތައް މިހާރުވެސް މޯލްޑިވްސް ޕޮލިސް ސާވިސްގައި ހުންނާނެ. އެކަން ރިލްވާންގެ އާއިލާއިންވެސް ދޮގު ކޮށްފައެއް ނުވޭ ދެއްތޯ.“

 އުމަރު ވިދާޅުވި އެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އުމަރު ވަނީ، ރިލްވާން ކުރިން އުޅުނީ ހަރުކަށި ފިކުރުގެ މީހުން ހިމެނޭ ”ޑޮޓް“ ގުރޫޕުގައި ކަމަށެވެ. ނަމަވެސް ފަހުން ރިލްވާން އެ ގުރޫޕް ދޫކޮށް މަޑުކަށި ފިކުރަށް އައިސްފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައި އެއްވެސް މުއްސަސާއަކުން އަދި އެއްވެސް މީހަކު ރިލްވާންގެ މައްސަލަ ނުބެލުމަށް ނުވަތަ ވަކިގޮތަކަށް ކަންކުރުމަށް އަގާފައި ނުވާ ކަމަށެވެ.
އުމަރުގެ މި ވާހަކަތަކާ ގުޅިގެން ރިލްވާންގެ ދައްތަ ފާތިމަތު ޝެހެނާޒް ވަނީ، އުމަރު ދައްކަނީ ކަނަޑައެޅިގެން ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށާއި އެގޮތަށް އެ ވާހަކަ ދައްކަން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އުމަރާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށްވެސް ބުންޏެވެ.
އާއިލާ އަށް ރިލްވާންއާ އެންމެ ފަހުން ބައްދަލުވީ، އޮގަސްޓް 7، 2014 ވަނަ ދުވަހުގެ ރެ އެވެ. ރިލްވާން އެންމެ ފަހުން ފެނުނީ މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލުން އެ ރޭ ދަންވަރު 12:44 ގަ އެވެ. ވަޅިން ބިރު ދައްކައި ރަތް ކުލައިގެ ކާރަކަށް އަރުވައިގެން ގެންދިޔައީ، ފުލުހުން ބުނެފައިވާ ގޮތުގައި، ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމެންޓް ކުރިމަތިންނެވެ.
މަރު ކޮމިޝަންގެ ކުރީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު ހުސްނުއްސުއޫދު މީގެ ކުރިން ވިދާޅުވި ގޮތުގައި، މިހާތަނަށް ލިބުނު މައުލޫމާތުން، ރިލްވާން އުޅޭ އެޕާޓްމަންޓް ކައިރިން ވަގަށް ނަގައިގެން ގެންގޮސް ރިލްވާން އެންމެ ފުރަތަމަ އެރުވީ ޑިންގީއަކަށެވެ. ޑިންގީގައި ގެންގޮސް ކަނޑުމަތިން އެހެން އުޅަނދަކަށް އަރުވައި އޭނާ މަރާލާފައިވާ ކަމަށް، މިހާތަނަށް ލިބިފައިވާ ހެކިން އެނގޭ ކަމަށް ސުއޫދު އޭރު ވިދާޅުވި އެވެ.
ނަމަވެސް ހެކި ބަހުގައި ފުށުއެރުންތަކެއް ހުރުމުން މިއީ މަރެއް ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއް ނޫންކަން ސުއޫދު ފާހަގަކުރެއްވި އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫ ގެއަކުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފި

މީދޫ ސައިގޭ ގޯތި ތެރޭގައި އަލަށް އިމާރާތްކުރަމުންދާ ބައިން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ތަކެތި ހޯދައި 32 އަހަރުގެ ...

ޖިނާއީ ކުށެއް ސާބިތުނުވާ ހިނދަކު އިންތިޚާބުގައި ވާދަކުރެވެންވާނެ- މަހުލޫފު

ޖިނާއީ ކުށެއް ސާބިތުނުވާ ހިނދަކު އިންތިޚާބުގައި ވާދަކުރެވެންވާނެކަމަށާ އިންތިޚާބުގައި ވާދަ ނުކުރެވޭނެކަމަށް ނިންމި ނިންމުމާ ގުޅިގެން ޙައްޤު ހޯދަން ...

މިއަދު ހުޅުދޫއާއި މީދުން ކޮވިޑަށް ޕޮޒިޓިވްވީ ދެމީހުން

އިތުރު ދެމީހަކު ހުޅުދުން ކޮވިޑް 19 އަށް މިއަދު ޕޮޒިޓިވް ވެއްޖެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިދެމީހުންނަކީ ކުރީން ...