ކްލަބް ލޮތަރި ސްޓްރީޓްކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

advertisement

” ކްލަބް ލޮތަރި ސްޓްރީޓްކަޕް 2021 ” ގެ ނަމުގައި ކްލަބް ލޮތަރިން އިންތިޒާމްކޮށްގެން މީދޫގައި ބޭއްވުމަށް ހަމަޖައްސާފައިވާ ސްޓްރީޓް ސޮކަރ ކަޕް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކްލަބު ލޮތަރިންއާއްމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ސެފްޓެމްބަރ މަހުގެ 15 ވަނަ ދުވަހު މީދޫގައި ފެށުމަށް  ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވެވޭނީ އައްޑޫސިޓީގެ އަވަށްތަކުގެ ޓީމްތަކަށްކަމަށެވެ.

މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ގަވާއިދު 1 އޯގަސްޓް 2021 ވަނަ ދުވަހުން ފެށިގެން ކްލަބް ލޮތަރީގެ ވެބްސައިޓް www.lothari.club   އިން ޑައުންލޯޑް ކުރެވޭނެކަމަށްވެސް ކުލަބް ލޮތަރިން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައެވެ.

ޗެމްޕިއަންޓީމަކަށް ދިހަހާސްރުފިޔާ ރަނައަޕްޓީމަކަށް ފަސްހާސްރުފިޔާ ދީގެން ގައުމު ސްޓްރީޓްގެ ނަމުގައި މިދިޔައަހަރު ބޭއްވުނު މިމުބާރާތުގައި 20 ޓީމަކުން ބައިވެރިވެފައިވާއިރު އޭގެތެރެއިން 12 ޓީމަކީ އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން ބައިވެރިވިޓީމްތަކެވެ.

މި މުބާރާތަކީ އައްޑޫ ޒުވާނުންގެ މެދުގައި ސްޓްރީޓް ސޮކަރ ކުރިއެރުވުމަށްޓަކައި “2019 ވަނަ އަހަރުން ފެށިގެން ގައުމު އެފްސީ އިން އިސްނަގައިގެން ކޮންމެ އަހަރަކު ބާއްވަން އައި މުބާރާތެކެވެ.

ގައުމު އެފްސީން ކްލަބް ލޮތަރީގެ ނަމުގައި ޖަމްއިއްޔާއެއް ރަޖިސްޓްރީކޮށް މިއަހަރު ބާއްވާ މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ” ކްލަބް ލޮތަރި ސްޓްރީޓްކަޕް 2021 ” ގެ ނަމުގައެވެ.

މިމުބާރާތާއިބެހޭ އިތުރު މައުލޫމާތު ކްލަބް ލޮތަރީގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރަމުން ގެންދާނެކަމަށާއި މިމުބާރާތާއި ގުޅޭގޮތުން މައުލޫމާތު ސާފްކުރައްވަންބޭނުން ފުޅުފަރާތްތަކުން 7877183 ނަމްބަރު ފޯނަށް ގުޅުއްވުމުން މުބާރާތާއިބެހޭ މައުލޫމާތު ސާފްވެވަޑައިގަންނަވާނެކަމަށްވެސް ކްލަބް ލޮތަރީގެ އިއުލާނުގައި ހާމަކޮށްފައިވެއެވެ.

މިދިޔަ އަހަރު ބޭއްވުނު މިމުބާރާތުގެ ޗެމްޕިއަންކަންހިތަދޫ ކްލަބް ރިވެރިން ނެކްސަސް ބަލިކޮށް ހޯދާފައިވަނީ މީދޫ  ލޮތަރި އެފްސީއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަތޮޅު ވޮލީ މުބާރާތާއި ޒޯން ވޮލީ މުބާރާތް އައްޑޫގައި ހޯސްޓު ނުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި

ވޮލީ ބޯޅަ އެސޯސިއޭޝަންއިން އިންތިޒާމު ކޮށްގެން ބާއްވާ ޒޯން އަދި އަތޮޅު މުބާރާތް އައްޑޫގައި ހޯސްޓު ނުކުރުމަށް އައްޑޫ ...

ރަޔަންގެ ހުނަރާއެކު އަމީގޯސް އެ ޓީމުގެ ދެވަނަ މެޗުވެސް ކާމިޔާބުކޮށްފި

ޔޫތުޗެލެންޖް ކަޕް 2020 ގައި  އަމީގޯސް ކުޅުނު ދެވަނަ މެޗު ކާމިޔާބުކޮށް ސެމީގެ ފުރުސަތު ބޮޑުކޮށްފި އެވެ. ބުދަ ...

ބަދަހިކަޕް: ވެމްކޯ ޕޮލިސް ބައްދަލުކުރާ މެޗް – މިމުބާރާތުގައި ކުޅެވޭ އެންމެ ފޯރިގަދަ ވާދަވެރި މެޗް

ބަދަހިކަޕް ނެޓްބޯޅަ މުބާރާތުގައި މިރޭ އޮންނަ ފުރަތަމަ މެޗަކީ ފޯރިގަދަ މަރުގެ މެޗަކަށް ވެގެންދާއިރު  ނެޓްބޯޅައަށް ލޯބިކުރާ ގިނަ ...