އެމެރިކާ އާއި އިންގްލެންޑުން ފަހު މެޗުތަކުން މޮޅުވެ ދެވަނަ ބުރަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕު ބީގެ ފަހު މެޗުތަކުގެ ކުޅުން ނިމުނުއިރު، ގްރޫޕުގެ އެއް ވަނަ ހޯދައި އިންގްލެންޑުން ދެ ވަނަ ބުރަށް ދަތުރު ކުރިއިރު، ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި އެމެރިކާ އިން ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ގްރޫޕްގެ ފަހު މެޗުގައި އިންގްލެންޑުން ވޭސްލް ބަލުކުރީ 3-0 އިންނެވެ. އެމެރިކާ އިން ފަހު މެޗުގައި އިރާން ބަލިކުރީ 1-0 އިންނެވެ.

މި ނަތީޖާތަކާ އެކު ދެ ވަނަ ބުރުގައި އެމެރިކާ ބައްދަލުކުރަންޖެހޭނީ ގްރޫޕް އޭގެ އެއް ވަނަ ހޯދި ނެދަލެންޑްސްއާއެވެ . އިންގްލެންޑު ދެ ވަނަ ބުރުގައި ބައްދަލު ކުރާނީ ގްރޫޕް އޭ އިން ދެ ވަނަ ހޯދި ސެނެގާލްއާ އެވެ. ދެ މެޗު ވެސް ކުޅޭނީ އަންނަ ޑިސެމްބަރ މަހުގެ 3 ވާ ހޮނިހިރު ދުވަހުގަ އެވެ.

ވޭލްސް އާއި އިންގްލެންޑު ބައްދަލުކުރި މެޗުގައި އިންގްލެންޑުން ކާމިޔާބުކުރި ތިން ލަނޑުވެސް ޖަހާފައިވަނީ ދެވަނަ ހާފުގައެވެ. އިންގްލެންޑުގެ ފުރަތަމަ ލަނޑު ޖަހައިދިނީ މާކަސް ރަޝްފޯޑެވެ. ރަޝްފޯޑު ޖެހި ފުރަތަމަ ލަނޑަކީ ލިބުނު ހިލޭ ޖެހުމަކުން އޭނާ ޖެހި ލަނޑެކެވެ. އިންގެލެންޑުން ފުރަތަމަ ލަނޑު ޖެހިތާ މިނެޓެއް ނުވަނީސް އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައިދިނީ ފިލް ފޮޑެން އެވެ. އިންގްލެންޑުގެ ފަހު ލަނޑު މެޗުގެ 68 ވަނަ މިނެޓުގައި ރަޝްފޯޑު ޖަހައިދިނީ ކެލްވިން ފިލިޕްސް ގެ އެހީތެރިކަމާއި އެކުގައެވެ.

އެމެރިކާ އިން އީރާން ބައްދަލުކުރިމެޗު 1 -0 އިން އެމެރިކާ އިން ކުރި ހޯދިއިރު، އެމެރިކާގެ ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ޖަހައިދިނީ ކްރިސްޓިއަން ޕުލިސިޗް އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕެނަލްޓީ ޖަހައިގެން ފޭދޫ ބަލިކޮށް އައްޑުއަތޮޅުގެ ޗެމްޕިއަންކަން ހިތަދޫޓީމް ހޯދައިފި

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ އައްޑޫސިޓީގެ މުބާރާތުގައި މިއަދު ކުޅެވުނު ފައިނަލްމެޗްގެ 90 މިނިޓްގެ ކުޅުން ހަމަވިއިރު  އެއްލަނޑު ...

ޗެމްޕިއަންސް ލީގު: ރެއާލްއާއި ސިޓީ ބައްދަލުކުރިމެޗްވެސް އެއްވަރު

ޗެމްޕިއަންސްލީގު ކުއާޓާ ފައިނަލް ފުރަތަަމަ ލެގުގައި އަންގާރަދުވަހުގެ ރޭ މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑުން ބައްދަލުކޮށް ކުޅުނު ...

ސަތޯއަށް ކުޅިވަރުގެ ދާއިރާން ހިތްވަރު ދިނުމުގެ އިނާމް ލިބިލައްވައިފި

ރާއްޖޭގެ 53 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެއްވި ހިތްވަރު ދިނުމުގެ ...