މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އަތުލައިގެންފި

މާލެ އާއި އިނގުރައިދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އަތުލައިގެންފިއެވެ.

ޑްރަގް އެންފޯރސް ޑިޕާޓްމެންޓު އެކްޓިންގ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް ޝުއައިބް ވިދާޅުވީ، ފުލުހުންގެ ހިންގި އޮޕަރޭޝަނުގައި މާލޭގެ ހަތަރު ގެއަކާއި ރ.އިނގުރައިދޫގެ ދެ ގެއެއް ބަލައި ފާސްކޮށް ހަތް މީހަކު ހައްޔަރުކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހު ކަމަށެވެ. އަދި މި އޮޕްރޭޝަން ގެ ތެރެއިން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ ބޮޑު މީހާ އަހުމަދު އާލިމްވެސް ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އިނގުރައިދޫ އަށް ނިސްބަތްވާ މި މީހާ ހައްޔަރުކޮށްފައިވަނީ ހ. ހެޕީ ވިލާއިންނެވެ. އެގެއިން ފުލުހުން ވަނީ މަސްތުވާތަކެތި ހުރި ބޮޑު ދެ ރަބަރު ޕެކެޓާއި، އެއް ފިލްމް ހުސްކުރި ދަޅު އަދި މަސްތުވާތަކެތި ހޭކިފައިވާ އެއް ކޮތަޅު ފެނިފައިވާކަމަށް ޝުއައިބް ވިދާޅުވިއެވެ.

މި ތަކެތީގެ ވަގުތީ ބަރުދަނުގައި 578 ގްރާމް ހުރި އިރު މި އެއްޗެހީގެ މަގުމަތީ އަގަކީ 5 ލައްކަ ދިވެހި ރުފިޔާ ކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.

މި ތަންތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ އާލާތްތަށް ހޯދާފައިވެއެވެ.

މިޣެ އިތުރުން އިނގުރައިދޫން ބެލި ދެގޭގެ ތެރެއިން ގެއެއްގައި 26 ގްރާމް ހުރި މަސްތުވާތަކެތި ފެނިފައިވާކަމަށް ވެސް ފުލުހުން ހާމަކޮށްފައެވެ.

ހައްޔަރުކުރި އެންމެންގެ ބަންދުގެ މުއްދަތު ކޯޓުން މިހާރު ޖަހާދީފައިވާއިރު މިންޓްވޯކްގައި އަންހެނަކު ވެސ ހިމެނެއެވެ.

މި ނެޓްވޯކްގެ ތެރެއިން އިނގުރައިދޫ އަށް ގެންދާ މަސްތުވާތަކެތި ރައްކާކޮށް ވިއްކުމުގައި އެހީތެރިވާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނީ އެރަށު ވަނީ އާއިޝާތު އިލްހާމާ (26އ) އެވެ. އަދި މި މައްސަލައާ ގުޅިގެން އެރަށުން އިތުރު ފިރިހެނަކުވެސް ހައްޔަރުކުރިއެވެ. އެއީ މުހައްމަދު ޖަޒްލާން (24އ)

ޖަޒްލާން ހައްޔަރު ކުރީ އަހުމަދު އާލިމް އާއި އައިޝަތު އިލްހާމާ ރ އިނގުރައިދޫއަށް އެތެރެކުރާ މަސްތުވާތަކެތި ވިއްކުމުގައި އަމަލީ ގޮތުން މަސައްކަތްކުރުމުގެ ތުހުމަތުގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިންޑިއާ-އައުޓް ކެމްޕެއިންގައި އުޅެނީ އަތުން ގުނާލެވޭހާ މަދު މީހުންކޮޅެއް- މާރިޔާ

އިންޑިއާ-އައުޓް ކެމްޕެއިންގައި އުޅެނީ އަތުން ގުނާލެވޭހާ މަދު މީހުންކޮޅަކާއި، ސޯޝަލްމީޑިއާގެ ބޮޓުންތަކެއް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ...

ސްރީލަންކާއަށް ރެޑް އެލާޓް ނެރެފި

މި ސަރަހައްދުގައި މިހާރު އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން މޫސުން ގޯސްވެ ސްރީލަންކާއަށް ރެޑް އެލާޓް ނެރެފިއެވެ. ލަންކާގެ ޑިޕާޓްމެންޓް ...

ޢަލީ ވަޙީދު ޢިސްތިއުފާ ދެއްވުމަށް ރައީސް އަންގަވައިފި

މިނިސްޓަރ އޮފް ޓުއަރިޒަމް ޢަލީ ވަޙީދު މަޤާމުން ޢިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ބުދަ ދުވަހުގެ ...