ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕީއެޗްޑީ ހަދައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕީއެޗްޑީ ހެދުމުގެ ޝަރަފު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ދެ ދަރިވަރަކު ހޯދައިފިއެވެ. މި ޝަރަފު ހާސިލުކޮށްފައިވާ ދެ ދަރިވަރުންނަކީ ސުނެއިނާ ރަޝީދާއި އާއިޝަތު ޢަލީއެވެ.

ރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ޙަޔާތުގައިވެސް މީ ރާއްޖޭގައި ތިބެގެން ޕީއެޗްޑީ ހެދި ފުރަތަމަ ފަހަރުއެވެ. މި ޝަރަފު ހޯދާފއިވަނީ ސުނެއިނާ ރަޝީދާއި އާއިޝަތު ޢަލީއެވެ. މި ދެ ދަރިވަރުންވެސް ޕީއެޗްޑީ ޙާޞިލްކުރީ ތަޢުލީމީ ދާއިރާއިންނެވެ.

މި ދެ ދަރިވަރުންގެ ތެރެއިން ސުނެއިނާ ރަޝީދުގެ ތީސީސް ނުވަތަ ޢިލްމީ ތަޙުޤީގު ބިނާކޮށްފައިވަނީ ދިވެހިރާއްޖޭގެ މުދައްރިސުން ތަމުރީން ކުރުމުގެ މައިދާނީ ތަމުރީން މިހާރު ހިންގާ ގޮތާއި ދިމާވާ ގޮންޖެހުންތަކާއި އަދި ކުރިމަގުގައި މި ތަމުރީން ރާވާ ހިންގިދާނެ ގޮތްތަކުގެ މައްޗަށެވެ. އަދި މި ޢިލްމީ ތަޙުޤީގު ދިރާސާކުރިއިރު ދިވެހިރާއްޖޭގައި މުދައްރިސުން ތަމުރީން ކުރުމުގެ މައިދާނީ ތަމުރީން މިހާރު ހިންގާ ގޮތާއި ދިމާވާ މައްސަލަތައް ފާހަގަކޮށްފައިވެއެވެ.

ޢައިޝަތު ޢަލީގެ ޢިލްމީ ތަޙުޤީގް ބިނާކޮށްފައިވަނީ 1900ގެ އަހަރުތަކުން ފެށިގެން 2015ވަނަ އަހަރާއި ހަމައަށް ހިނގާދިޔަ 115 އަހަރުގެ މުއްދަތުގައި ދިވެހިރާއްޖޭގައި ހިންގުނު މުހިއްމު ތަޢުލީމީ ސިޔާސަތުތައް ދިރާސާތަކުގެ މައްޗަށެވެ.

ޤއުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މި ދެ ދަރިވަރުންނަށް ޕީއެޗްޑީގެ ސަނަދު ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރ އަޒްލީން އަހުމަދުއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ ލިބިފައިވާ ޢިލްމަކުން މީހަކު ފަނާކޮށްލެވިދާނެ ކަމަށާއި އަދި ހަމައެފަދައިން ޢިލްމަކީ މީހުން ޙިމާޔަތްތެރިކޮށްދޭ ވެސް އެއްޗެއް ކަމަށެވެ. އަޒްލީން ވިދާޅުވީ ތިމާއަށް ލިބިފައިވާ ޢިލްމެއްގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. ޢިލްމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުންނަށް ދެއްވާ ވަރަށް މަތިވެރި އަމާނާތެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ އިންސާނަކަށް ޢިލްމެއް ލިބުނު ކަމުގައިވިއަސް، އަޚްލާޤީ ސިފަތަކުން ނަފްސު ޒީނަތްތެރި ނުކޮށްފިނަމަ ތިމާއަށް ލިބޭނެ އެއްވެސް މޮޅެއް ނޯންނާނެ ކަމަށެވެ.

“ތިމާގެ ޢިލްމީ ޤާބިލުކަން ބަލާ މިންގަނޑަކީ ހަމައެކަނި އަތަށް މިއަދު ލިބުނު ސެޓުފިކެޓު ކަމުގައި ހައްދަވައިގެން ނުވާނެ. ތަޖުރިބާއަކީ ވެސް މުހިއްމު އެއްޗެއްކަން ޤަބޫލުކުރައްވަންވާނެ. އަދި ޓެކްނޮލޮޖީއާ އެއްވަރަށް ދުނިޔެ ކުރިއަރާދާ ހަލުވިމިނާ އެއްވަރަށް ރިސަރޗް އަމިއްލައަށް ހައްދަވާ ނަފްސު މުއްސަނދިވާ ޢިލްމު އިންޓަނެޓާ ފޮތްތަކުގެ ޒަރިއްޔާއިން ހޯދުމުގައި ތިމާ މި ދުނިޔެއިން ވަކިވެގެން ދަންދެން އުޅުމަކީ އަމިއްލަ ނަފްސަށްޓަކައި ކޮންމެހެން ކުރުން މުހިއްމު ކަމެއް ކަމުގައި މިއަދުން ފަށައިގެން ހައްދަވަން ވާނެ،” މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ ބައެއް ފަރާތްތަކަށް ލިބިފައިވާ ޢިލްމު ހިފަހައްޓައިގެން ތިބި ނަމަވެސް ޢިލްމަކީ ހިފަހައްޓައިގެން ވާނެ އެއްޗެއް ނޫން ކަމަށެވެ. އެގޮތުން ޙައްޤު ބަސް ބުނަންޖެހޭ ތަންތަނުގައި ޙައްޤު ބަސް ބުނުމަށް ހޯމް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އެއީ ޢިލްމީ ޤާބިލް ފަރާތްތައް މުޖުތަމަޢަށް ކޮށްދޭންޖެހޭ ޚިދުމަތެއް ކަމަށްވެސް މިނިސްޓަރ އަޒްލީންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

“އަނިޔާވެރިކަމާއި ލާއިންސާނީ ފިކުރުތަކާއި ވަބާތަކުން މުޖުތަމަޢު ދުރުކޮށް، ފިތުނައިގެ އަލިފާންގަނޑުން މުޖުތަމަޢު ސަލާމަތް ކުރުން އަދި އަމާންކަމުގެ އައްސޭރިއަށް ޤައުމުގެ އަފުރާދުން ގެންގޮސް ދިނުމަކީ ތިޔަކުދިންގެ ފަރުދީ ވާޖިބެއްކަން ދަނެ، ދީ

ނާއި ވަތަނުގެ ޙައްޤުގައި ޤުރުބާންވެފައިވާ އަބުތާލުން ފަދައިން ހިތްހަމަތްތެރި ބަޔަކަށް ތިޔަކުދިން ވާންޖެހޭނެ،” މިނިސްޓަރ ވިދާޅުވިއެވެ.

އެމްއެންޔޫގެ އެކި ކޯސްތަކުން 290 ދަރިވަރަކު ރޭ ވަނީ ދަސްވެނިވެފައެވެ. އޭގެތެރެއިން 145 ދަރިވަރަކު ބެޗްލާސް ޑިގްރީ ޙާޞިލްކޮށްފައިވާއިރު 143 ދަރިވަރަކު ވަނީ މާސްޓާސް ޑިގްރީ ޙާޞިލްކޮށްފައެވެ.

މަސްދަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަމީރު އަޙްމަދު މަގުގެ ބަންދުކޮށްފައިވާ ބައި ހުޅުވާލުމުގެ މަސައްކަތް ފަށައިފި

އިސްލާމީ މަރުކަޒާ އިންވެގެންއޮންނަ އަމީރު އަޙްމަދު މަގު އަންނަ ހަފްތާގެތެރޭގައި، އުޅަނދުތައް ދުއްވޭގޮތަށް ހުޅުވާލާނެކަމަށް ޓްރާންސްޕޯޓް މިނިސްޓރީން ބުނެފިއެވެ. ...

މަސްތުވާތަކެއްޗާއިއެކު މީދޫ އަންހެނަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި އެކު މީދޫ އަންހެނަކު ހައްޔަރުކޮށްފިއެވެ. މަސްތުވާތަކެއްޗާއެކު ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ  މީދޫއަންހެނެކެވެ. މި ...

ބީއެމްއެލުން ރަހުނަކާ ނުލައި ވިޔަފާރިތަކަށް ލޯނު ދެނީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކޮށް ހިންގަން ބޭނުންވާ ފައިސާ ކުރު މުއްދަތެއްގެ ތެރޭގައި ހޯދަން ބޭންކް އޮފް ...