ޒޯން 8 ގެ ޗެމްޕިއަންކަން ހިތަދޫޓީމް ހޯދައިފި

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން 8 ގެ ޗެމްޕިއަންކަން ހިތަދޫ ފުޓްބޯޅަ ކުލަބުން ހޯދައިފިއެވެ.

ޒޯން 8 ގެ ޗެމްޕިއަންކަން ހިތަދޫޓީމް ހޯދާފައިވަނީ  މިއަދު ހަވީރު  ހިތަދޫ ޒޯންސްޓޭޑިއަމްގެ ދަނޑުގައި ކުޅެވުނު ޒޯން 8 ގެ ފައިނަލްގެ ދެވަނަ ލެގްގައި ފުވައްމުލަކު އެފްސީ ދޫނިގަލޯނާ ޓީމް 4 ލަނޑު 1 ލަނޑުން ބަލިކޮށްފައެވެ.

ޒޯން 8 ގެ ފައިނަލްގެ ފުރަތަމަ ލެގް ފުވައްމުލަކުގައި ކުޅެ ހިތަދޫ ޓީމް ކާމިޔާބް ކޮށްފައިވަނީ  2 ލަނޑު 0 ލަނޑުންނެވެ.

މިއަދު މެޗްގައި ހިތަދޫ ޓީމުން ކާމިޔާބުކުރި 4 ލަނޑުގެ ތެރެއިން 2 ލަނޑު ކާމިޔާބުކޮށްދީފައިވަނީ ހިތަދޫޓީމަށް ކުޅުނު ރާއްޖެއިން ބޭރުގެ ކުޅުންތެރިޔާ ޑޭވިޑް އޮސާޖީއެވެ. ހިތަދޫޓީމްގެ އަނެއް ދެ ގޯލް ކާމިޔާބް ކޮށްދިނީ ކޭޑީއެވެ.

ފުވައްމުލަކު ޓީމުން މިމެޗްގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ނަސްރަހްއެވެ.

ފައިނަލް މެޗަށް ފަހު މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނައަޕް ޓީމަށް ޝީލްޑާއި މެޑަލް ހަވާލުކޮށްދެއްވީ އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ)އެވެ.

ހިތަދޫ ޓީމް ޒޯން 8 ގެ ޗެމްޕިއަންކަން ހޯދުމާއި ގުޅިގެން އެޓީމް ވަނީ ޒޯން މުބާރާތަށް ކޮލިފައިވެފައެވެ.

ޒޯން މުބާރާތުގެ މެޗްތައް މިމަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިރު މުބާރާތުގެ މެޗްތައް ކުޅޭނެ ތަނެއް އަދި އެފްއޭއެމްއިން ނިންމާފައި ނުވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫޓީމް ފައިބައިގެން ހުއްޓާލި ހުޅުދޫ ، މީދޫ މެޗުން މޮޅުވީ މީދޫޓީމްކަމަށް ކަނޑައަޅައިފި

އައްޑޫސިޓީގެ ޒުވާނުންގެ މެދުގައި މިހާރު ބާއްވަމުން އަންނަ 20 އަހަރުން ދަށުގެ ” އައްޑޫ ޔޫތު ޗެލެންޖް 2020 ...

ދިރާގު ޓީވީން ޔޫއެފްސީގެ މެޗުތައް ލައިވް ކުރަނީ

ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އަލްޓިމެޓް ފައިޓިން ޗެމްޕިއަންޝިޕް (ޔޫއެފްސީ) ގެ މެޗުތައް ދިރާގު ޓީވީން ލައިވްކުރަން ދިރާގުން ...

ޕެނަލްޓީ ޖަހައިގެން ފޭދޫ ސްކޫލް ބަލިކޮށް އަތޮޅުމަދަރުސާ ފައިނަލަށް

ޕެނަލްޓީ ޖަހައިގެން ފޭދޫ ސްކޫލް ބަލިކޮށް ހިތަދޫގައި ކުޅެވެމުންދާ ވޭންއޫދު 15 އަހަރުން ދަށުގެ އެފްއޭއެމް އިންޓަރ ސްކޫލް ...