ޕެނަލްޓީ ޖަހައިގެން ފޭދޫ ސްކޫލް ބަލިކޮށް އަތޮޅުމަދަރުސާ ފައިނަލަށް

ޕެނަލްޓީ ޖަހައިގެން ފޭދޫ ސްކޫލް ބަލިކޮށް ހިތަދޫގައި ކުޅެވެމުންދާ ވޭންއޫދު 15 އަހަރުން ދަށުގެ އެފްއޭއެމް އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް އަތޮޅުމަދަރުސާ ދަތުރުކޮށްފިއެވެ.

ފޭދޫ ސްކޫލާއި އަތޮޅުމަދަރުސާ ބައްދަލުކުރި ސެމީފައިނަލްގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމް 1 ލަނޑު 1 ލަނޑުން އެއްވަރުވެފައި އޮތުމުން ޕެނަލްޓީ ޖަހައިގެން އަތޮޅުމަދުސާ  މޮޅުވެފައިވަނީ 7 ލަނޑު 6 ލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ދާދި ހަމަހަމަ ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ފުރަތަމަ ލަނޑު ޖަހާކުރިހޯދީ އަތޮޅުމަދަރުސާޓީމުންނެވެ.

އަތޮޅުމަދަރުސާޓީމުން   ކާމިޔާބުކުރި މިލަނޑު  ދެވަނަ ހާފްގައި އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ އަހުމަދު އަޒާން ޝަމްވީލެވެ.

މިމެޗްގައި ފޭދޫ ސްކޫލުން ކާމިޔާބުކުރި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ މެޗްގެ ނަތީޖާ ހަމަހަމަކޮށްދިނީ މުޙައްމަދު ސާއިމް ފާއިޒް އެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އަތޮޅުމަދަރުސާ ޓީމްގެ ކީޕަރު ކިނާންއެވެ. ކިނާން ވަނީ މިމެޗްގައި ފޭދޫ ސްކޫލުން ޖެހިޕެނަލްޓީގެ ތެރެއިން 1 ޕެނަލްޓީ ދިފާއުކޮށް އަތޮޅުމަދަރުސާގެ  ފަހު ޕެނަލްޓީ ކާމިޔާބުކޮށް  އެޓީމް ފައިނަލަށް ގެންގޮސްދީފައެވެ

މިމުބާރާތުގެ ފައިނަލްމެޗްގެ ކުޅުންއޮންނާނީ މިމެޗު އޮންނާނީ، ހޯމަދުވަހުގެ ހަވީރު 4.00 ގައެވެ. ބައްދަލުކުރާނީ ސ.އަތޮޅު މަދުރަސާއާއި ޝަރަފުއްދީން ސްކޫލެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގުރުއާން ހިތުދަސްކޮށްގެން ދެއްވާ މެޑަލް ސ. މީދޫ މެރިހާނާ މަރިޔަމްދީދީ ހާސިލްކޮށްފި

ކީރިތިި ގުރުއާން ހިތު ދަސްކޮށްގެން ރައީސުލްޖުމްހޫރިއްޔާ އަބަދުﷲ ޔާމީން އަބަދުލް ގައްޔޫމް ދެއްވާ މެޑަލްއާއި ހަނދާނީލިއުން ސ. މީދޫ ...

ރައީސް ޞާލިޙު ދޫނިދޫ ޖަލުގެ ޙާލަތު ބައްލަވައިލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދޫނިދޫ ޖަލަށް މިއަދު ޒިޔާރަތް ކުރައްވައި އެތަނުގެ ޙާލަތު ބައްލަވައިލައްވައިފިއެވެ. ރައީސް އޮފީހުން ...

އައްޑޫ ސިޓީން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީން އިތުރު 3 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި ބުރާސްފަތި ދުވަހުގެ ...