ހުޅުދޫޓީމް ފައިބައިގެން ހުއްޓާލި ހުޅުދޫ ، މީދޫ މެޗުން މޮޅުވީ މީދޫޓީމްކަމަށް ކަނޑައަޅައިފި

އައްޑޫސިޓީގެ ޒުވާނުންގެ މެދުގައި މިހާރު ބާއްވަމުން އަންނަ 20 އަހަރުން ދަށުގެ ” އައްޑޫ ޔޫތު ޗެލެންޖް 2020 ” ފުޓްބޯޅަ މުބާރާތުގައި މިމަހުގެ 27 ވަނަ ދުވަހު ހަވީރު  މީދޫޓީމާއި ހުޅުދޫ ޓީމް ބައްދަލުކުރި މެޗުން މޮޅުވީ މީދޫޓީމް ކަނޑައަޅައިފި އެވެ

މީދޫ ،  ހުޅުދޫގެ  މެޗު ހުއްޓާލީ ހުޅުދޫ ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން ރެފްރީ އެ ކުޅުންތެރިޔާއަށް ރަތް ކާނޑު ދެއްކުމަށްފަހު ދަނޑު ފޭބުމަށް އެންގުމުން އެކަމާ ހިތްހަމަ ނުޖެހިގެންނެވެ.  ރަތް ކާނޑު ދެއްކުމުން އެކަމާ ހިތްހަމަ ނުޖެހިގެން ހުޅުދޫޓީމްގެ ބައެއް ކުޅުންތެރީންނާއި އޮފިޝަލުން މުބާރާތް އިންތިޒާމްކޮށް ކުރިއަށް ގެންދާ ބޭފުޅުންނަށާއި ރެފްރީންނަށް ހަޑި ހުތުރު ބަހުން މުއާމަލާތްކޮށްފައިވެއެވެ.  އަދި ހުޅުދޫ ޓީމްގެ އޮފިޝަލުންގެ އެންގުމުގެ މަތީން މެޗް ފުރިހަމަ ނުކޮށް ހުޅުދޫޓީމްގެ ކުޅުންތެރީން ދަނޑުން ފައިބައިގެން ގޮސްފައިވެއެވެ.

” ރަތްކާޑު ދެއްކި ކުޅުންތެރިޔާއަށް ފުރަތަމަ ރީދޫ ކާޑު ދެއްކީވެސް ކުޅިވަރުގެ ރޫހާއި ޚިލާފަށް މީދޫޓީމްގެ ކުޅުންތެރީންނަށް ރައްދުވާގޮތައް ތަކުރާރުކޮށް ހަޑިހުތުރު ބަހުން މުއާމަލާތް ކުރުމުން .    ދެވަނަ ރީދޫ ކާޑެއް ދެއްކުމަށްފަހު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލީ އެކުޅުންތެރިޔާ  ނަސޭހަތް ދިނުމުންވެސް އެކަން ހުއްޓާނުލާ ތަކުރާރުކޮށް މީދޫޓީމްގެ ކުޅުންތެރީންނަށް ނިސްބަތްވާގޮތައް ހަޑިހުތުބަހުން މުއާމަލާތް ކުރަމުން ގޮސްފައިވާތީ ،   ” މިމެޗްގައި ރެފްރީކަން ކުރި ރެފްރީއަކު ބުނެފައިވެއެވެ.

ހުޅުދޫޓީމްގެ އޮފިޝަލުންނާއި ސަޕޯޓަރުންގެ އެންގުމަށް އެޓީމު ދަނޑުން ފައިބަގެން ދިއުމާއިގުޅޭ ގޮތުން އެޓީމުގެ މެނޭޖަރ މެރެތަންގެ ބަހެއް ހޯދުމަށް ގުޅާލުމުން މެރެތަން ފޯން ނުނަންގަވާތީ މެރެތަންގެ ބަހެއް އެކަމާބެހޭގޮތުން ނުލިބުނެވެ.

ހުޅުދޫޓީމްގެ މެނޭޖަރ މެރެންތަންއަކީ ހުޅުދޫގައި ” މިވަންކަޕް ” ގެ ނަމުގައި ގިނަ ފުޓްސަލް މުބާރާތްތަކެއް އިންތިޒާމްކޮށްގެން ބާއްވަމުން އައިސްފައިވާ ބޭފުޅަކަށްވެފައި ރެފްރީންގެ ނިންމުންތަކުގެ ސަބަބުން ބައެއް ފަހަރު ދިމާވެފައިވާ މައްސަލަތަކާއި އެމައްސަލަތަކުގެ ސަބަބުން ޓީމުތަކުންނާއި ކުޅުންތެރީން ކޮށްފައިވާ ޝަކުވާތަކާއި އެހެނިހެން ކަންތައްތައް ވަރަށް ގާތުން ފެނިވަޑައިގެންފައިވާ  ބޭފުޅަކަށް މެރެތަން ވާތީ ކުޅިވަރުގެ ރޫހާއި ޚިލާފް މިފަދަކަމަކަށް ޓީމެއްގެ މެނޭޖަރެއްގެ ހައިސިއްޔަތުން ހުންނަވައިގެން ހިތްވަރު ދެއްވުމަކީ ރަގަޅު ކަމެއްނޫންކަމުގައި ކުޅިވަރުގައި ހަރަކާތްތެރިވާ ގިނަ ބޭފުޅުން ބުނެފައިވެއެވެ.

“މަރަދޫ މެޗުގައިވެސް ހެދީ އެހެން ، ހިތަދޫ ކުޑަޓީމާ ކުޅުނު ދުވަހުވެސް ހެދީ ހަމަ އެހެން ، އަފިރިއަ އަޅާސް ނިލަމާ ” ސޯޝަލް މީޑިއާގައި ދަރުވަމުންދާ ވީޑިއޯގައި ހުޅުދޫޓީމްގެ ކޯޗް އިލްޔާސް ފުވާދު ބުނެފައިވެއެވެ.

” އަޅުގަޑުމެން ނިކުތީ އާޓީމެއް ގޮވައިގެން އާ އުއްމީދުތަކެއް ހާސިލް ކުރުމަށްޓަކައި.  އަދި އާކުޅުންތެރީން އުފެއްދުމުގެ ބޭނުމުގައި . އަދި   މައިގަޑު އެއްބޭނުމަކަށް ވަނީ  ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހުއާލާކުރުމާ އެކުވެރިކަން އާލާކޮށް ރަގަޅު ހަރުދަނާ މުޖުތަމައެއް ބިނާކުރުން  ، އެއުއްމީދުހާސިލް ކުރުމުގައި ހުރިހާބޭފުޅުންގެ އެއްބާރު ލިބިގެން މިއަދުގެ މެޗްގައި ސަޕޯޓްކުރުމަށްޓަކައި ވީހާގިނަބަޔަކު ވަޑައިގެން ސަޕޯޓް ކޮށްދެއްވާ . ”  ހުޅުދޫ ޓީމްގެ މެނޭޖަރ މެރެތަން މިމެޗާއިބެހޭގޮތުން މެޗް ފެށުމުގެކުރީން  ދެއްވާ ބަސްދީގަތުމެއްގައި ވިދާޅުވެފައިވެއެވެ.

މިމެޗް ފުރިހަމަނުކޮށް ހުޅުދޫޓީމް ދަނޑުން ފޭބިކަމުގައި ވިޔަސް ކަމާއި ބެހޭ ފަރާތްތަކާއި ވާހަކަ ދައްކައި އަދި ރެފްރީގެ ރިޕޯޓަށް ބެލުމަށްފަހު މިމެޗުން މީދޫޓީމް 7-0 މޮޅުވެފައިވާކަމަށް މުބާރާތް އިންތިޒާމް ކުރާކޮމިޓީން ވަނީ ނިންމާފައެވެ.

ހުޅުދޫޓީމްގެ މެނޭޖަރާއި ކޯޗްގެ ބަސްދީގަތުން

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެޕޮއިންޓްމަންޓް ދީގެން ކޮވިޝީލްޑްގެ 2 ވަނަ ޑޯޒް ޖަހަން ފަށަނީ

ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުގެ ތެރެއިން 2 ވަނަ ޑޯޒް ނުޖެހިތިބި ފަރާތްތަކަށް އެޕޮއިންޓްމަންޓް ދީގެން ...

ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް  –  ރޭ ކުޅެވުނު ދެމެޗްވެސް އެއްވަރު

ކްލަބް ލޮތަރިން އިންތިޒާމުކޮށްގެން މީދޫގައި ކުރިއަށްގެންދާ ” ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް ” ފުޓްބޯޅަ މުބާރާތުގައި ...

ފެންބޮޑުވުމުން – ވެލި އެޅުމަކީ އޮތް ހައްލެއް ނޫން!

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ޓޯއިން ފެނިވަޑައިގަންނަނީ މީދޫ މަޖުދުއްދީން މަގުގައި ވިއްސާރަވެ ފެންހެދިފައިވާ މަންޒަރު ފެންނަ ފޮޓޯތަކެކެވެ. ވިއްސާރައިގެ ...