ސަލްމާން ޚާން ފަސް އަހަރަށް ޖަލަށް

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި، ސަލްމާން ހާން ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކުރުމަށްފަހު ޖަލަށް ގެންގޮސްފިއެވެ.

ސަލްމާން ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކޮށް ޖަލަށް ލާފައިވަނީ ހިމާޔަތް ކޮށްފައިވާ ދެ ފުއްލާއެއް މަރާލި މައްސަލައާ ގުޅިގެންނެވެ. ސަލްމާން ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވާއިރު، އިންޑިއާގެ ޖޯދްޕޫރު ކޯޓުން ވަނީ ދިހަ ހާސް ރުޕީސް އިން އޭނާ ޖޫރިމަނާ ކުރަންވެސް ނިންމާފައެވެ.

މިކަން ހިނގާފައިވަނީ 1998 ވަނަ އަހަރު ފިލްމެއްގެ ޝޫޓިން އަށް އިންޑިއާގެ ރާޖަސްތާނުގައި ސަލްމާން ހުރިއިރު އެވެ. ހަމަ މި މައްސަލާގައި ސަލްމާންގެ މައްޗަށް މީގެ ކުރިން އެހެން ދައުވާއެއްވެސް ކޮށްފައިވެއެވެ. އެ ފަހަރު އޭނާގެ މައްޗަށް ކޮށްފައިވަނީ ފުއްލާ މަރާލުމަށް މަނާ ހަތިޔާރު ގެންގުޅުނު ކަމަށް ބުނެ ކުރި ދައުވާއެވެ. ނަމަވެސް ސާބިތު ކުރެވޭ ވަރަށް ހެކި ނެތުމުން ސަލްމާންގެ މައްޗަށް އެ ދައުވާ ސާބިތު ވެފައެއް ނުވެއެވެ. މި މައްސަލާގައި ސަލްމާންގެ އިތުރުން އިތުރު ތަރިން ތަކެއްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ. ނަަމަވެސް އެއިން އެއްވެސް މީހެއްގެ މައްޗަށް މިކަން ސާބިތު ވެފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ސަލްމާންގެ ފޭނުން އަންނަނީ ސޯޝަލް މީޑިއާގައި ހިޔާލުފާޅުކޮށް، ސަލްމާން މިނިވަން ކުރުމަށް ގޮވާލަމުންނެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫޓީއެފް އެއްބަސްވުމުގައި ޔާމިން ސަރުކާރުގެ ދައުރެއްވެސް އެބައޮތް: ރިޔާޒް

އުތުރުތިޅަފަޅުގެ އެއްބަސްވުމުގައި ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ ސަރުކާރުގެ ދައުރު ވެސް އެބައޮތް ކަމަށް ވިދާޅުވެ ކުރީގެ ...

މީދޫ ދާއިރާގެ ކުރީގެ ކައުންސިލަރު ހިޔާޒު އެމްއެންޕީއަށް

އައްޑޫ ސިޓީ މީދޫ ދާއިރާގެ ކުރީގެ ކައުންސިލަރު، ޙުސައިން ހިޔާޒު މޯލްޑިވްސް ނޭޝަނަލް ޕާޓީ(އެމްއެންޕީ) އާ ގުޅިއްޖެއެވެ.  އެމްއެންޕީއިން ...

އިރްފާން ހާން މަރުވެއްޖެ

“ކޮލޮން އިންފެކްޝަން” އަކަށް ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު އިންޑިއާގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ އިރުފާން ...