ޔޫޓީއެފް އެއްބަސްވުމުގައި ޔާމިން ސަރުކާރުގެ ދައުރެއްވެސް އެބައޮތް: ރިޔާޒް

އުތުރުތިޅަފަޅުގެ އެއްބަސްވުމުގައި ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ ސަރުކާރުގެ ދައުރު ވެސް އެބައޮތް ކަމަށް ވިދާޅުވެ ކުރީގެ އިކޮންމިކް މިނިސްޓަރު މުހަންމަދު ސައީދަށް ކިބިނދޫ ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާޒް ރައްދު ދެއްވައިފިއެެވެ.

އެމްއެންޕީގެ ނައިބް ރައީސް އަދި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު މިހެން ވިދާޅުވީ، އުތުރުތިލަފަޅު އެއްބަސްވުމާއި، ރާއްޖޭގައި އިންޑިއާ ސިފައިން ބޭތިއްބުމަކީ ކާނަލް ނާޒިމް ހިމެނޭ ކޯލިޝަނުން ހެދި އެންމެ ބޮޑު ގޯސްކަމަށް މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު ވިދާޅުވުމާއި ގުޅިގެންނެވެ. ސައީދުގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ކިނބިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާޒް ވިދާޅުވީ، އުތުރުތިޅަފަޅުގެ އެގްރިމެންޓްގެ ފެށުމަކީ 2016 ވަނަ އަހަރު ރައީސް ޔާމިންގެ ސަރުކާރުން ސޮއިކުރި “ޑިފެންސް އެކްޝަން ޕްލޭން އޮފް ޑިފެންސް ކޯޕަރޭޝަން” ކަމަށެވެ. އެހެންކަމުން ޔޫޓިއެފް އެއްބަސްވުމުގައި ރައީސް ޔާމިންގެ ސަރުކާރުގެ ދައުރު އެބައޮތް ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒު މިހެން ވިދާޅުވިއިރު ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައުމަށްފަހު، އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް ނާޒިމް ދިފާޢީ ވަޒީރު ކަމުގައި ހުންނެވިއިރު އިންޑިއާއާއި ގާތް ގުޅުމެއް ބާއްވަވައި އެތައް ފަހަރަކު އެގައުމަށް ވަޑައިގެން ތަފާތު އެއްބަސްވުންތައް ހައްދަވާފައިވާ ކަމަށް ކުރީ ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެއެވެ.

“ކޮންމެ ކަމެއްގައި އޮޅުވާލަން ނޫޅުއްވާ!” އުތުރުތިޅަފަޅުގެ އެއްބަސްވުމުގެ ފެށުމަކީ މިސަރުކާރު ކަމަށް ދޭހަވާ ގޮތަށް މެމްބަރު ސައީދު ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުން ރިޔާޒު ވިދާޅުވިއެވެ

ކުރީގެ އިކޮންމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު ވިދާޅުވީ ރާއްޖޭގެ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގި އެންމެ ބޮޑު ޖަރީމާއަކީ އުތުރުތިލަފަޅު އެއްބަސްވުމާއި، ރާއްޖޭގައި އިންޑިއާ ސިފައިން ބޭތިއްބުން ކަމަށެވެ. އަދި އެއީ ނާޒިމް ހިމެނޭ ކޯލިޝަނުން ހެދި މުޑުދާރު ގޯހެއް ކަމަށް ސައީދު ވިދާޅުވިއެވެ.

އަދި ސިޔާސީ މަޤުބޫލުކަން ހޯދަންވާނީ އެހާ ފިނޑިކޮށް ނޫން ކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު އެހެން ވިދާޅުވީ އިންޑިޔާ އައުޓް ކެމްޕޭނަކީ ކުރީގެ ރައީސް އަބުދު ﷲ ޔާމިން އިސްވެ ހުންނަވާ ހިންގަވާ “ޖަރީމާ” އެއް ކަމަށް ބުނެ އެކަމުގައި ބައިވެރިނުވާން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހަންމަދު ނާޒިމް ގޮވާލެއްވުމާއި ގުޅިގެންނެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ނަރީޝް އިންތިޚާބު ކޮށްފި

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް މާފަންނު މެދުދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝް އިންތިޚާބު ކޮށްފިއެވެ. ލާމަރުކަޒީ ...

ސަލަފުން މިރަމަޟާންމަހުވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ

ޖަމިއްޔަތުއްސަލަފްގެ ފަރާތުން މިއަހަރުގެ ރަމަޟާންމަހުގައިވެސް ދީނީ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ...

މިސްކިތްތަކުން ގޮވާލީ ގޭގައި ނަމާދުކުރުމަށް، ކުރެވެނީ ހިތްދަތި އަސަރުތަކެއް!

ރާއްޖޭގެ ހުރިހާ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުން ސަރުކާރުން މަނާކޮށްފައި ވާތީ މީދޫ މިސްކިތްތަކުގައިވެސް މިއަދު ހުކުރު ނަމާދެއް ...