ސަލްމާން ޚާން ފަސް އަހަރަށް ޖަލަށް

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި، ސަލްމާން ހާން ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކުރުމަށްފަހު ޖަލަށް ގެންގޮސްފިއެވެ.

ސަލްމާން ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކޮށް ޖަލަށް ލާފައިވަނީ ހިމާޔަތް ކޮށްފައިވާ ދެ ފުއްލާއެއް މަރާލި މައްސަލައާ ގުޅިގެންނެވެ. ސަލްމާން ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވާއިރު، އިންޑިއާގެ ޖޯދްޕޫރު ކޯޓުން ވަނީ ދިހަ ހާސް ރުޕީސް އިން އޭނާ ޖޫރިމަނާ ކުރަންވެސް ނިންމާފައެވެ.

މިކަން ހިނގާފައިވަނީ 1998 ވަނަ އަހަރު ފިލްމެއްގެ ޝޫޓިން އަށް އިންޑިއާގެ ރާޖަސްތާނުގައި ސަލްމާން ހުރިއިރު އެވެ. ހަމަ މި މައްސަލާގައި ސަލްމާންގެ މައްޗަށް މީގެ ކުރިން އެހެން ދައުވާއެއްވެސް ކޮށްފައިވެއެވެ. އެ ފަހަރު އޭނާގެ މައްޗަށް ކޮށްފައިވަނީ ފުއްލާ މަރާލުމަށް މަނާ ހަތިޔާރު ގެންގުޅުނު ކަމަށް ބުނެ ކުރި ދައުވާއެވެ. ނަމަވެސް ސާބިތު ކުރެވޭ ވަރަށް ހެކި ނެތުމުން ސަލްމާންގެ މައްޗަށް އެ ދައުވާ ސާބިތު ވެފައެއް ނުވެއެވެ. މި މައްސަލާގައި ސަލްމާންގެ އިތުރުން އިތުރު ތަރިން ތަކެއްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ. ނަަމަވެސް އެއިން އެއްވެސް މީހެއްގެ މައްޗަށް މިކަން ސާބިތު ވެފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ސަލްމާންގެ ފޭނުން އަންނަނީ ސޯޝަލް މީޑިއާގައި ހިޔާލުފާޅުކޮށް، ސަލްމާން މިނިވަން ކުރުމަށް ގޮވާލަމުންނެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދުސޫމާ – ނަމޫނާ ކަނބަލެއް

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއެކު ކުރިޔަށްގެންދާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ...

ސްޓެލްކޯ އެމްޑީއަކަށް ހަސްން މުގުނީ އެމްޕީއެލްގެ އެމްޑީއަކަށް ސ. ހުޅުދޫ ޝާހިދު އަލީ ހަމަޖައްސައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްގެ މެނޭޖިންގ ޑިރެކްޓަރުންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފިއެވެ. ...

ސިޔާސީ މައިދާނުން ފެނިދާނެކަމަށް ޕްރޮފެސަރު އުގެއިލް ވިދާޅުވެއްޖެ

މުސްތަޤުބަލުގައި ސިޔާސީ މައިދާނުން ފެނިދާނެކަމަށް ޕްރޮފެސަރު ޙަސަން އުގެއިލް ވިދާޅުވެއްޖެއެވެ. އުގެއިލް މިކަން ހާމަކުރެއްވީ ރ.މީދޫ ”ޒުވާނުންގެ އުންމީދު“ ...