“ކޮލޮން އިންފެކްޝަން” އަކަށް ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު އިންޑިއާގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ އިރުފާން ޚާން މަރުވެއްޖެވެ.

މުމްބާއީގެ ކޮކީލާބެން ދިރުއަމްބާނީ ހޮސްޕިޓަލުގައިި އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް މަރުވި އިރުފާންވަނީ  2018 ވަނަ އަހަރު ނިއުރޯއެންޑޮކްރައިން ޓިއުމާ (ނެޓްސް)، ބަނޑުގެ ކެންސަރަށް އިނގިރޭސި ވިލާތުން ފަރުވާ ހޯދާފައެވެ.

ޓީވީ ސީރީޒްއެއް ކަމަށްވާ “ޝްރީކާންތު” އިން 1985 ވަނަ އަހަރު ކެރިއަރު ފަށައި 1988 ވަނަ އަހަރު “ސަލާމް މުބްއީ” ގެ ކުޑަ ރޯލަކުން ބޮލީވުޑަށް ތައާރަފްވި އިރުފާން ވަނީ ހޮލީވޫޑްގައި މަސައްކަތްކޮށް “ސްލަމްޑޯގް މިލިއަނާ” އިން އޮސްކާ ހާސިލްކޮށްފައެވެ.

އަދި މީގެ އިތުރަށް އިރުފާން ވަނީ ބޮލީވޫޑްގެ މަޝްހޫރު ގިނަ ފިލްމުތަކެއްގައި ހަރަކާތްތެރިވެފައެވެ. އެގޮތުން “މުމްބާއީ މެރީ ޖާން،” “ޕީކޫ”، “ލައިފް އިން އަ މެޓްރޯ” “ދަ ލަންޗްބޮކްސް”، “ހައިދަރު” އަދި “ތަލްވާރު” ފަދަ މޮޅެތި ފިލްމުތައް ފާހަގަކޮށްލެވެއެވެ.

މިއަދު ހެނދުނު މަރުވި އިރުފާން މުމްބާއީ ކޮކީލާބެން ދިރުއަމްބާނީ ހޮސްޕިޓަލްގައި ހާލު ސީރިއަސްވެގެން އެޑްމިޓް ކުރީ އިއްޔެ އެވެ.

މީގެ ހަތަރުވަރަކަށް ދުވަސް ކުރީން އިރުފާންގެ މަންމަ ވެސް ވަނީ މަރުވެފައެވެ. މުޅި އިންޑިއާ ލޮކްޑައުންގައި އޮތުމުން މަންމަގެ ޖަނާޒާއަށް އިރުފާނަށް ނުދެވުނުއިރު އޭނާ މަންމަގެ ޖަނާޒާގައި ބައިވެރިވީ ވީޑިއޯ ކޯލް މެދުވެރިކޮށެވެ.

އިރުފާން މަރުވި އިރު އޭނާގެ އަންބަކާއި ދެ ފިރިހެން ދަރިން އެބަ ތިއްބެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރަސްމީ އިއްޒަތުގައި އުމަރު ޒާހިރު ފަސްދާނުލައިފި

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާ ގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ...

ގައިޑްލައިންއާއި ހިލާފުވާ ގެސްޓްހައުސްއަކަށް ފިޔަވަޅު އަޅަންޖެހިއްޖެނަމަ ފަހަކަށް ނުޖެހޭނެ- ޓޫރިޒަމް މިނިސްޓްރީ

މާލެ ސަރަޙައްދު ފިޔަވައި އެހެން ސަރަޙައްދުތަކުގެ ގެސްޓްހައުސްތައް މިއަދު ހުޅުވަން ސާރުކާރުން ނިންމަވާފައިވާކަމަށާއި، ގައިޑްލައިންއާއި ހިލާފުވާ ގެސްޓްހައުސްއަކަށް ފިޔަވަޅު ...

ރައީސް ނަޝީދަށް އެއާޕޯޓުން މަރުޙަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް މިދިޔަ މެއި މަހު ދިން ނުރައްކާތެރި ޓެރެރިސްޓް ހަމަލާއަށްފަހު ބޭސްފަރުވާއަށް ރާއްޖެއިން ...