ފޯރިގަދަ ކުޅުމަކަށްފަހު މީދޫޓީމު އަތުން ޕޮލިސް މޮޅުވެއްޖެ

ދިވެހި ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްގެން ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ޕޮލިހުންގެ ތެރެއިން ހޮވާލެވިގެން ނެގުނު ޓީމަކާއި މީދޫ ޓީމަކާއިދެމެދު އެކުވެރިކަމުގެ ވޮލީ މެޗެއް ކުޅެވިއްޖެވެ.

މީދޫ އިޖްތިމާއީމަރުކަޒުގެ ވޮލީކޯޓްގައި މިރޭ ކުޅެވުނު މިމެޗް 3 ސެޓް 2 ސެޓުން ކާމިޔާބުކޮށްފައިވަނީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގެ ޓީމެވެ.

މިމެޗްގެ ފުރަތަމަ ސެޓް ޕޮލިސްޓީމު ކާމިޔާބުކޮށްފައިވަނީ 25-16 އިންނެވެ. ދެވަނަ ސެޓް 25-18 އިން ހޯދީވެސް ޕޮލިސް ޓީމެވެ. މިމެޗްގެ 3 ވަނަ ސެޓް މީދޫޓީމް ކާމިޔާބުކުރީ 25-20 ނެވެ. އަދި 4 ވަނަ ސެޓް 25-15 އިން ހޯދީވެސް މީދޫޓީމެވެ. މިމެޗްގެ 5 ވަނަ ސެޓް 15-5 ހޯދާފައިވަނީ ޕޮލިސްޓީމެވެ.

މިމެޗް ނިމުމުން ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގެ ފަރާތުން މީދޫޓީމަށް ހުށަހަޅާފައިވާ ސެޓްފިކެޓް އެޓީމާ ހަވާލްކޮށް ދެއްވީ މިމެޗްގެ ޝަރަފްވެރި މެހްމާނު މީދޫ އޮފީހުގެ ޑިރެކްޓަރ އްބަދުﷲ ރަޝީދެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް  – އެފްސީ އަފިރިން މެޗް ނުކުޅެ ދޫކޮށްލުމުން 3 ޕޮއިންޓް ލިބި އޭ ގްރޫޕްގެ 1 ވަނަ އޭޓީއަށް

ލޮތާރި ސްޓްރީޓް 3 ދަރިވޭމްޕް ފުޓްބޯޅަ މުބާރާތުގައި  ހޯމަދުވަހުގެރޭ ފުރަތަމަ ކުޅެން ހަމަޖެހިފައި އޮތް މެޗްގައި އޭޓީ ސްޕޯޓސްއާއި ...

ރޮނާލްޑޯގެ ބަދަލުގައި އެރުވި ރާމޯސްއަށް މުބާރާތުގެ ފުރަތަމަ ހެޓްރިކް، ޕޯޗުގަލް ކުރިއަށް

ފީފާ ވޯލްޑްކަޕް މުބާރާތުގެ ކުއާޓާ ފައިނަލްގެ ފަހު ޖާގަ ޕޯޗުގަލްއިން ކަށަވަރުކޮށްފިއެވެ. އެޓީމުން ކްއާޓާ ފައިނަލުން ޖާގަހޯދީ  6-1 ...

ލީގުކަޕް: ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ފުލަމް އަތުން ލިވަޕޫލަށް އުނދަގޫ މޮޅެއް

އިގިރޭސި ލީގުކަޕް ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ފުލަމް އަތުން މޮޅުވެ ...