ޕެނަލްޓީގައި ޒެފިޔާ ބަލިކޮށް ސަންއޮފްލޮންސް ސެމީ އަށް

ގައުމު ސްޓްރީޓްކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ 3 ވަނަ މެޗުގައި ރޭ ޕެނަލްޓީ ޖަހައިގެން 2-0 އިން ހިތަދޫ ޒެފިޔާ ބަލިކޮށް ފޭދޫ  ސަން އޮފް ލޮންސް އިން ސެމީ ފައިނަލުގެ 3 ވަނަ ޖާގަ ހޯދައިފި އެވެ.

މީދޫ ފުޓްސަލް ދަނޑުގައި  ރޭ ކުޅުނު މިމެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 0-0 އިން ނަތީޖާ އެއްވަރުވެފައި އޮތުމުން، ސެމީއަށް ދާނެ ޓީމު ކަނޑައެޅީ ޕެނެލްޓީ ޖަހައިގެންނެވެ. ޕެނެލްޓީގައި ސަންއޮފްލޮންސް ޒެފިޔާ ބަލިކުރީ 2-0 ގެ  ނަތީޖާއަކުންނެވެ.

ރޭގެ މިމެޗުގައި ލަނޑު ޖަހާ ލީޑު ނަގާނެ ފުރުސަތު ޒެފިޔާއަށް ލިބުނެވެ.  އެއީ ފުރަތަމަ ހާފްގައި ސަންއޮފް ލޮންސްގެ ކުޅުންތެރީންނަށް 4 ފައުލަށްވުރެ އިތުރަށް ފައުލްކުރެވިގެން ޒެފިޔާއަށް ލިބުނު ޕެނަލްޓީއަކުންނެވެ. އެހެންނަމަވެސް ޒެފިޔާއަށް ލިބުނު މިޕެނަލްޓީގައި ފޮނުވާލި ބޯޅަ ގޯލާ އަމާޒުނުވެ ވަނީ ބޭރަށް ގޮސްފައެވެ.

ދެޓީމްގެ ކުޅުންތެރީންގެ ފަރާތުން ވާދަވެރި ވަރުގަދަ ކުރިމަތިލުންތަކެއް ފެނިގެން ދިޔަ މިމެޗްގެ ފުރަތަމަ ހާފްގައި  ސަންއޮފް ލޮންސްގެ ކުޅުންތެރިއަކަށް ބްލޫ ކާޑުދައްކައި ދަނޑުން ފޮނުވާލާފައިވެއެވެ. އަދި މީގެ އިތުރަށް ބެންޗްގައި އިން އެޓީމުގެ އެހެން ކުޅުންތެރިއަކަށްވެސް ފުރަތަމަ ހާފްގެ ކުޅުމުގައި  ރެފްރީ ވަނީ ބްލޫ ކާޑުދައްކާފައެވެ.

ރޭ ކުޅެވުނު މިމެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމް އެއްވަރުވެގެން ޖެހި ޕެނަލްޓީގައި ޒެފިޔާއިން ޖެހި 3 ޕެނަލްޓީވެސް ކާމިޔާބު ނުކުރެވުނެވެ. އެހެން ނަމަވެސް  ސަންއޮފްލޮންސުން ޖެހި 3 ޕެނަލްޓީގެ ތެރެއިން ކަޅޭ ( އަލީ ނާފިއު )  ޖެހި ޕެނަލްޓީ ކާމިޔާބުކޮށް 1 ލަނޑު 0 ލަނޑުން ރޭގެ މެޗުން މޮޅުވެ ސަން އޮފް ލޮންސްވަނީ ސެމީފައިނަލަށް ދަތުރުކޮށްފައެވެ.

ސެމީފައިނަލްގައި ސަންއޮފް ލޮންސާއި ވާދަކުރާނީ ކުއާޓާފައިނަލްގެ ފުރަތަމަމެޗުން މީދޫ ޗެލެންޖާސް ބަލިކޮށް ސެމީން ޖާގަ ހޯދާފައިވާ މީދޫ ލޮތަރި އެފްސީއާއެވެ.  މިދެޓީމަކީ މިމުބާރާތުގެ ސީ ގްރޫޕްގައި ހިމެނުނު ދެޓީމެވެ. ގްރޫޕް ސްޓޭޖްގައި މިދެޓީމް ވާދަކުރިމެޗް 2 ލަނޑު 0 ލަނޑުން ކާމިޔާބުކޮށްފައިވަނީ ސަންއޮފް ލޮންސްއެވެ.

މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ސަންއޮފް ލޮންސް ސެމީފައިނަލަށް ގެންގޮސްދިން ލަނޑު ކާމިޔާބުކޮށްދީފައިވާ ކަޅޭ ( އަލީ ނާފިއު )  އެވެ.

އަލީ ނާފިއު އަކީ ރާއްޖޭގެ ފަސްޓްޑިވިޝަންގެ  ގިނަޓީމްތަކަށް ކުޅެފައިވާ ތަޖުރިބާކާރު މޮޅުކުޅުންތެރިއެކެވެ.

ޚަބަރާއި ގުޅޭ ފޮޓޯ: ލިބުނާ މަޖީދު މުޚްތާރު

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިތުރު 3 މީހަކު ހުޅުދޫއާއި މީދުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އިއްޔެ ( 20 މެއި 2021 ވަނަދުވަހު) ހުޅުދޫ އާއި މީދުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވަނީ ...

ށ. މިލަންދޫން މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ށ. އަތޮޅު މިލަންދޫން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެވެ. އޮންލައިން ނޫސް “ވަގުތު” ނޫހުގައި ރިޕޯޓުކޮށްފައިވާ   ގޮތުގައި ...

ޢަލީ ވަޙީދު ޢިސްތިއުފާ ދެއްވުމަށް ރައީސް އަންގަވައިފި

މިނިސްޓަރ އޮފް ޓުއަރިޒަމް ޢަލީ ވަޙީދު މަޤާމުން ޢިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ބުދަ ދުވަހުގެ ...