ނުރައްކާތެރި އެސްޑިޑެންޓްތައް އިތުރުވަމުންދާތީ އެކަން ހައްލު ކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީއާއި ޕޮލިސް އަދި ކައުންސިލް މަޝްވަރާކޮށްފި

އައްޑޫގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަކުގެ މިންވަރު މިފަހަކަށްއައިސް އިތުރުވެފައިވާތީ އެކަމަށް އެޅޭނެ އަވަސް ފިޔަވަޅުތަކާމެދު މަޝްވަރާކޮށް ހިޔާލު ހޯދުމަށް ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ މޯލްޑިވްސް ޕޮލޮސް ސަރިވިސްގެ އިސް ބޭފުންނާއި އައްޑޫސިޓީ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

ޓްރާސްޕޯޓް އޮތޯރިޓީގެ އެދިލެއްވުމަށް ކައުންސިލްގެ އިދާރާގައި ބޭއްވުނު މިބައްދަލުވުމުގައި، އެކްސިޑެންޓްތައް މަދު ކުރުމަށްޓަކައި އެފަދަ ހާދިސާތައް ދިމާވުމަށް މެދުވެރިވާ މައިގަނޑު ސަބަބުތައް ފާހަގަކޮށް އެކަންތައްތައް ހައްލުކުރުމަށް މިހާރުން މިހާރަށް އެޅެން ހުރި ފިޔަވަޅުތަކާއިމެދު ބައިވެރިންގެ މެދުގައި މަޝްވަރާކުރެވުނެވެ. މިގޮތުން އޯވާޓޭކް ކުރެވޭނެ ތަންތަނާއި އެފަދަ ޤަވާއިދުތައް އަންގައިދިނުމަށް ހުންނަ ނިޝާންތައް ރަނގަޅަށް އެނގޭނެހެން ކުރަހައި ކެޓްސް އައި ހަރުކުރުމާއި، ބާރު ސްޕީޑްގައި ދުއްވާމީހުންނާއި އަދި އެނޫންވެސް ޤަވާއިދުތަކާއި ޚިލާފުވާ މީހުން ހުއްޓުވުމަށް އެދެވިގެންވާ ގޮތެއްގައި މަސައްކަތްކޮށް، އެކްސިޑެންޓްތައް މެދުވެރިވާލެއް ގިނަކަން ފާހަގަކުރެވޭ ސަރަހައްދުތަކުގައި ރަމްބަލް ސްޓްރިޕްސް ބޭނުންކުރުމާއި، ޕާކިންގް ޒޯންތަކަށް މީހުން އަހުލުވެރުކުރުވުމަށް ވާހަކަދެކެވުނެވެ.

އެކްސިޑެންޓްތައް މަދުކުރުމަށް ކުރެވެންހުރި ކަންކަމާއިމެދު މަޝްވަރާކުރުމަށް އިއްޔެ ބޭއްވުނު ބައްދަލުވުމުގައި މަގުތައް ރަނގަޅަށް ބެލެހެއްޓިފައި ހުރުމުގެ މުހިންމުކަމާމެދު ވާހަކަފުޅު ދައްކަވަމުން މޭޔަރ އަބްދުﷲ ޞާދިގް ފާހަގަކުރެއްވި ގޮތުގައި، މަގުގައި ކުރަހާފައިވާ ނިޝާންތައް ސާފުނުވާވަރަށް މަގުތައް ހިރަފުސްވުމާއި، ޕާކިންގް ޒޯންތަކުގައި ޕާކް ނުކުރެވޭ ވަރަށް ޗަކަސްހެދިފައި ހުރުމުގެ ސަބަބުން ދުއްވާ އެއްޗެހި ޕާކިންގް ޒޯނުން ބޭރު ޕާކްކޮށްފައި ހުންނަ ކަމެށެވެ. އަދި މީގެ ސަބަބުން އެކްސިޑެންޓްތައް ދިމާވުމަށް މަގުފަހިވާ ކަމަށާއި މިކަން ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމުގައި މޭޔަރ ވިދާޅުވިއެވެ.

މޭޔަރ އިތުރަށް ފަހާގަކުރެއްވި ގޮތުގައި، އައްޑޫސިޓީ ކައުންސިލުން ތައްޔާރުކޮށްފައިވާ ތަރައްޤީގެ ޕްލޭންގައި މަގުތަކަކީ މީހުންނަށް ރައްކާތެރިތަނަކަށް ހެދުމަށް ހިންގާނެ ހަރަކާތްތައް ކަނޑައަޅާފައިވާ ކަމެށެވެ. އޭގެތެރޭގައި މަގާއި، ދުވާރުތަކާއި، ކަފިހި ހުރަސްތަކާއި، ޕާކިންގްއާއި ބަސް ސްޓޮޕްތައް ހުންނަންޖެހޭ ގޮތުގެ ހަމަތައް ކަނޑައެޅުމާއި، އެއްކޮޅަށް ދުއްވާ މަގުތައް ކަނޑަޅައި، ހަމައެކަނި ހިނގައި ބިނގައި އުޅޭ މަގުތަކާއި ސަރަހައްދުތައް ކަނޑައެޅުންވެސް ހިމެނޭކަމެށެވެ.

މިބައްދަލުވުމުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ރަފީޢު ވިދާޅުވީ، އެކްސިޑެންޓްތައް މަދުކުރުމަށް ކުރެވޭ މަޝްވަރާތަކަކީ ހުސް އެކަނި ވާހަކަތަކެއް ކަމަށް ވެނުދިނުމަށް ޓްރާންސްޕޯޓް އޮތޯރިޓީން އަޒުމް ކަނޑައަޅާފައިވާ ކަމަށެވެ. އަދި މިބައްދަލުވުމުގެ މަޤްސަދަކީ އައު ސަފުހާއަކުން މިމައްސަލަ ހައްލުކުރަން މަސައްކަތް ފެއްޓެވުން ކަމަށާއި ކައުންސިލުން ދެއްވި ހިޔާލުތައް ބޭނުންކުރައްވާނެ ކަމެށެވެ.

އެކްސިޑެންޓްތައް ހިނގާ މިންވަރު އައްޑޫގައި އިތުރުވަމުންދާއިރު ދާދިފަހުން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފޭދޫ ޞިއްޙީމަރުކަޒުގެ އާރު.އާރު.ޓީގެ މަސައްކަތް ހުއްޓުމަކަށް

ނޯޓް: ތިރީގައި މިވަނީ “ހުވަދޫ ނިއުސް.ޑޮޓްކޮމް” ގައި ހުވަދޫ ނިއުސްޓީމުން ލިޔެފައިވާ ލިއުމެއް ފޭދޫ ޞިއްޙީމަރުކަޒުގެ ރެޕިޑް ރެސްޕޮންޑިންގ ...

ބިން ހިއްކުން ފައްޓަވާ ދެއްވުމަށް ރައީސް އައްޑުއަށް ވަޑައިގަންނަވަނީ

އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވާ ދެއްވުމަށް ރައީސް ސާލިހު އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. ރައީސް އައްޑޫ ...

ކައުންސިލުން ދަތުރުފަތުރުގެ ހިދުމަތްތައް ދޭ ބިލް ތަސްދީގު ކޮށްފި

އެއްގަމު ދަތުރުފަތުރުގެ ބައެއް ހިދުމަތްތައް ދިނުމުގެ ބާރު ކައުންސިލްތަކަށްދޭ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ތަސްދީގު ...