މާލޭގެ މޭޔަރުގެ މަގާމުން ޑރ.މުއިއްޒު އިސްތިއުފާދެއްވައިފި

އީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށް މިއަދު ހަވީރު ޑރ.މުހައްމަދު މުއިއްޒު ތައްޔާރުވަމުން އަންނައިރު، އެމަނިކުފާނު މިހާތަނަށް އަދާކުރައްވަމުން އައި މާލެސިޓީގެ މޭޔަރުކަމުގެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.

މާލެސިޓީގެ މޭޔަރުކަމުގެ މަގާމުން މުއިއްޒު އިސްތިއުފާދެއްވިކަން އެމަނުކުފާނުގެ އެކްސް އެކައުންޓްގައި މީގެ ކުޑައިރުކޮޅެއް ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފައެވެ.

އެކްސްގައި އިސްތިއުފާދެއްވިކަން އިއުލާނުކުރައްވަމުން އިންތިހާބީ ރައީސް ވިދާޅުވީ، މާލެ ސިޓީގެ ރައްޔިތުން އެމަނިކުފާނު މޭޔަރުކަމަށް ހޮވުމަށް ކުރެއްވި ތާޢީދަށާއި، މޭޔަރ ކަމުގައި ޚިދުމަތް ކުރުމުގައި ދެއްވި ތާޢީދާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މާލެ ސިޓީގެ ރައްޔިތުންގެ އުއްމީދުތައް ޙާސިލް ކޮށްދިނުމުގައި ވަރުގަދަ ޢަޒުމުގައި މަސައްކަތްކޮށް، އެ އުއްމީދުތައް ޙަޤީޤަތަކަށް ހަދައިދޭނޭ ކަމަށްވެސް އިންތިހާބީ ރައީސް ވިދާޅުވިއެވެ.

މާލޭގެ މޭޔަރުކަމަށް ޑރ.މުއިއްޒު އިންތިހާބުކުރެއްވީ 2021 ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑިޕީގެ އަނަސް އަބްދުއްޞައްތާރާ ވާދަކޮށް ބޮޑު ތަފާތަކުން ކުރި ހޯއްދަވައިގެންނެވެ.

ޑޜ.މުއިއްޒަކީ މާލެއަށް ނިސްބަތްވާ ރައްޔިތުން ވޯޓުދީގެން މޭޔަރުކަމަށް އިންތިހާބުވެ ވަޑައިގެންނެވި ފުރަތަމަ މޭޔަރެވެ. ރިޔާސީ ރޭހުން ކުރި ހޯއްދެވުމާއި ހިސާބުން ޑރ މުއިއްޒު ވަނީ މާޔަރުކަމުގެ މަގާމުގެ މަސައްކަތްތަކުން އެއްފަރާތަށް ޖެހިވަޑައިގެން ޑެޕިއުޓީ މޭޔަރު ނަރީޝްއާ ޒިއްމާތަށް ހަވާލުކުރައްވާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަޖިލީހުގެ ރައީސްގެ މަގާމަށް އަސްލަމް އިންތިހާބުކޮށްފި

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އަންނަ ދައުރުގައި އިދިކޮޅު ޕާޓީއެއްގެ ...

އެމެރިކާއިން ކޮވިޑް ވެކްސިން ފުރަތަމަ ފޯރުކޮށްދޭ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނައިފި

ކޮވިޑް-19 އިން ދިފާއުވުމަށް އެމެރިކާ އިން ހަދިޔާ ކުރާ 25 މިލިއަން ޑޯޒްގެ ވެކްސިން ހަދިޔާ ކުރާ ގައުމުތަކުގެ ...

އޭޝިއަން ބޮޑީބިލްޑިން މުބާރާތް: ރާއްޖޭގެ އަޒްނީނަށް ރަން މެޑެލް

ރާއްޖޭގައި މިހާރު ކުރިއަށްދާ 54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުން ރާއްޖޭގެ އަޒްނީން ރަޝާދު ...