އިދިކޮޅު ފަރާތްތަކުގެ މުނާފިޤުކަން ފެނިއްޖެ – މޫސަ

ރާއްޖޭގައި އިސްލާހަށް ކަމަށް ބުނެ، މަގުމަތީގައި ހަމަނުޖެހުން އުފައްދަމުން އަންނަ، އިދިކޮޅު ފަރާތްތަކުގެ މުނާފިޤުކަން ޙާމަވެގެން ހިގައްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މުސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ ވިދާޅުވީ، ކޮންމެ ހުކުރު ދުވަހަކު، ހުކުރު ނަމާދު ނިމުމުން އިސްލާމީ މަރުކަޒު ކައިރިއަށް މީހުން އެއްކޮށްގެން ދުޢާކުރުމަށްފަހު، ސައްތައިން ސައްތަ މުސްލިމު މި ޤައުމަށް އެހެން ދީންތައް ގެންނަން ޣައިރު މުސްލިމުން ލައްވާ ފާޑު ފާޑުގެ ޤަރާރުތައް ނެރެމުން އެ ފެނުނީ އަސްލު އިދިކޮޅު މީހުން ގެ މުނާފިޤުކަން ހުރި މިންވަރުކަމަށެވެ.

ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުޞަތު ފަހިކުރުމަށް ގޮވާލާއި ޔޫރަޕިއަން ޔޫނިއަނުން ފާސްކުރި ޤަރާރާއި ދެކޮޅަށް ދިވެހި ސަރުކާރާއި، ވަޒީރުންގެ އިތުރުން އާންމު ފަރާތަތަކުންވެސް ރައްދުދެމުން ދަނިކޮށް މޫސަ ކުރެއްވި ޓްވީޓުގައި ބުނެފައިވަނީ، މާތް ﷲގެ އިރާދަފުޅުން އެފަދަ ލާދީނީ މުނާފިޤު ބައެއްގެ އަތްމައްޗަށް މި ޤައުމު ދޫނުކުރައްވާނެ ކަމަށެވެ.

ރާއްޖޭގައި ސިޔާސީގޮތުން ހިނގަމުންދާ ކައްތައްތަކާ ގުޅިގެން އީޔޫގެ ޕާލަމެންޓުގައި ބަހުސް ކޮށްފައިވާއިރު، މިކަމާގުޅޭ މިޤަރާރަށް ބަހުސްކުރި 12 މެމްބަރުން ވަނީ ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުންދާތީއާއި ރާއްޖޭގައި ދީނީ މިނިވަންކަން ނެތުމުން އެކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރައީސް ނަޝީދުގެ ޢާއިލާއަކީ އަބަދުވެސް ދިވެހި ކޮއިލުތެރޭއަށް ވަންނަން މަސައްކަތް ކުރާ ބަޔަކަށް ވާއިރު، ނަޝީދުގެ ވެރިކަމުގައި ދިވެހި ދަރިވަރުންނަށް ކުރިން މަޖްބޫރު މާއްދާގެ ގޮތުގައި އޮތް އިސްލާމް ވެސް ވަނީ މަޖްބޫރު ނޫން މާއްދާއަކަށް ހަދާ، އޭރު މާލޭގައި ހުރި ހަމައެކަނި އިސްލާމް ދީނުގެ ތަޢުލީމު ދޭ ސްކޫލު ކަމުގައިވާ ޢަރަބިއްޔާގައ ކިޔާވާދިނުން ހުއްޓުވާ އެތާންގައި ފްލެޓް ތަކެއް އެޅުމަށް ނިންމާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ތަފާތުވާނެ- ތަފާތު ދައްކާނެ- ތަފާތު ފެންނާނެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޓިކެޓުގައި މީދޫ ދާއިރާ ވާދަކުރައްވާ ކެންޑިޑޭޓު، ރޮޒައިނާ އާދަމްގެ ކެމްޕެއިންޓީމުގެ ފަރާތުން ...

ދީނީ ޢިލްމުވެރިން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި، އެ ބޭފުޅުންނަށް ނާއިބު ރައީސް ޝުކުރު އަދާކުރައްވައިފި

ކޯވިޑް-19 ގެ ތެރޭގައި ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގައި ދީނީ އެއްބައިވަންތަކަށް އާލާކުރުމަށް ދީނީ ޢިލްމުވެރިން ކުރެއްވި މިންނެތް މަސައްކަތްތައް ...

ކުޅިވަރަށް ޚިދުމަތްކުރުމުގެ އަގުވަޒަންކޮށް ދެފަރާތަކަށް ހަނދާނީ ލިއުން ދެއްވައިފި

ހިލޭސާބަހަށް މަސައްކަތްކުރާ މީހުންގެ ޚިދުމަތް ފާހަގަކުރުމުގެ ގޮތުން މީދޫ އަވަށު އޮފީހުން ބޭއްވި ޚާއްސަ ހަފްލާގައި މީދުއަށް ކުޅިވަރުގެ ...