ބަލި މީހުން އުފުލޭގޮތް ހެދުމަށް މަންތާއާއި، ފްލައިމީއަށް އަންގައިފި

މަންތާ އާއި ފްލައިމީ އިން ސްޓެޗަރުގައި ބަލިމީހުން އުފުލޭނެ އިންތިޒާމު ކުރިޔަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ހަމަޖައްސަން އަންގަވަން ޓްރާންސްޕޯޓު އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ނިންމަވައިފިއެވެ.

ޓްރާސްޕޯޓް މިނިސްޓްރީން މިފަދަ ފިޔަވަޅެއް އަޅަން ނިންމާފައިވަނީ ދ.ކުޑަހުވަދޫގައި ހިތް ހުއްޓުނު މީހަކު މާލެ ގެންގޮސް ނުދީގެން، އަމިއްލަ އެއަރލައިނެއް ކަމަށްވާ މަންޓާ އެއަރއާއިން އެއިން ތިޒާމު ހަމަޖައްސައި ނުދިނުމުން އެރަށުގެ ގިނަ ބަޔަކު ނިކުމެ އެކަމާއި އިހުތިޖާޖު ކުރުމާއި ގުޅިގެންނެވެ.

މަންޓާ އެއާ އާއި ފްލައިމީ އިން ކުރިޔަށް އޮތް ތިންމަހުގެ ތެރޭގައި ބަލިމީހުން އުފުލޭނެ އިންތިޒާމު ހަމަޖައްސަން އެ ދެ އެއާލައިން އޮޕަރޭޓް ކުރާ ފަރާތްތަކަށް އެންގުމަށް ސިވިލް އޭވިއޭޝަނަށް މެމޯއަކުން މިނިސްޓްރީއިން މިހާރުވަނީ އަންގާފައިކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖޭގައި އެއާލައިންތައް އޮޕަރޭޓްކުރުމާ ގުޅޭ ގޮތުން ހަދަން ޖެހޭ މިންގަނޑުތައް އެކުލަވައިލަން ޖެހޭ ފަރާތަކީ ސިވިލްއޭވިއޭޝަން އޮތޯރިޓީ އެވެ. އެ އޮތޯރިޓީ އިދާރީ ގޮތުން ހިންގެވުމުގައި އެންމެ އިސްކޮށް ހުންނަވަނީ ޑިރެކްޓަރު ޖެނެރަލް ހުސެއިން ޖަލީލް އެވެ. ޑީޖީ ރިޕޯޓުކުރައްވަން ޖެހިވަޑައިގަންނަވާނީ މިނިސްޓަރަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވެވަޑައިގަންނަވާނީ މިނިސްޓަރެވެ.

މަންޓާ އިން ބަލި މީހަކު ގެންގޮސް ނުދޭ ކަމަށް ބުނެ ކުޑަހުވަދޫ ރައްޔިތުން ހިތްހަމަނުޖެހިފައި ތިބި އިރު، މަންޓާއިން ބުނެފައި ވަނީ އެކުންފުނިން ބޭނުންކުރާ އޭޓީއާރް މަރުކާގެ ބޯޓުތައް ފަރުމާކޮށްފައި ހުންނަނީ ސްޓްރެޗާ އެރުވޭ ގޮތަށް ނޫން ކަމަށެވެ. އެހެންކަމުން އޭގައި ބަލި މީހުން ނޫފުލޭނެ ކަމަށް ބުނެފައިވެއެވެ.

މަންޓާ އެއަރއިން ބުނެފައިވަނީ، މުޒާހިރާ ކުރާ ފަރާތްތަކުން ދައްކަމުންދަނީ ހަގީގަތާއި ޚިލާފް ވާހަކަތަކެއް ކަމުގައެވެ. އެ އެއަރލައިންގެ ފަރާތުން އިއްޔެ ބޭއްވި ނޫށްވެރިންގެ ބައްދަލުވުމެއްގައި ސީއީއޯ ޚަލީލް ވިދާޅުވެފައިވަނީ، ކުޑަހުވަދޫން ބަލިވިމީހާގެ ބަލީގެ މައުލޫމާތު ލިބުމާއެކު އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްފައިވާ ކަމުގައެވެ. އަދި އޭނާ ތުހުމަތު ކުރައްވާފައިވަނީ ކުރިޔަށްދާ އިހުތިޖާޖްގެ ފަހަތުގައިވަނީ ސިޔާސީ މަގުސަދުތަކެއް ކަމުގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫރޯ 2020: އޮސްޓްރިއާ ބަލިކޮށް އިޓަލީ ކުއާޓަރ ފައިނަލަށް

ޔޫރޯ 2020 ގެ ރައުންޑް އޮފް 16 ދެވަނަ މެޗް ކާމިޔާބުކޮށް އިޓަލީ ކުއާޓާފައިނަލަށް ދަތުރުކޮށްފިއެވެ. އިޓަލީ ކުއާޓާ ...

އެކެއް ފެބްރުއަރީގެ ބަޣާވާތުގެ ބައިވެރިން ރާވާފައިއޮތީ ރައީސް ހަވަރަށް ދޭން – ޑިފެންސް މިނިސްޓަރ

އެކެއް ފެބްރުއަރީގެ ބަޣާވާތުގައި ބައިވެރިވި މީހުން ރާވާފައިއޮތީ ރައީސް ޢަބްދުﷲ ޔާމީން ހަވަރަށް ދޭންކަމަށް މިނިސްޓަރ އޮފް ޑިފެންސް ...

ރައީސްގެ ބޮޑުބޭބެ މޫސާ ޞާލިހު ބަރުލަމާނީ ޕެޓިޝަންގައި ސޮއިކުރައްވައިފި

ރައީސް ސޯލިހްގެ ބޭބޭފުޅު އަދި ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ މޫސާ ސޯލިހް ބަރުލަމާނީ ޕެޓިޝަންގައި ސޮއިކުރައްވައިފިއެވެ. ބަރުލަމާނީ ...