މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެޕިއާނޯ ރައުންޑުގެ ދެވަނަ ޝޯވގައި ވާދަކުރި 8 ބައިވެރިންގެ ތެރެއިން، ކުރިއަށް އޮތް ގާލާ ރައުންޑަށް ދަތުރުކުރި 6 ބައިވެރިން ރޭ ބޭއްވި އެލިމިނޭޝަން ނައިޓުގައި ހޮވިއްޖެވެ.

ރޭގެ ޝޯވގައި ޖަޖުންގެ 50 އިންސައްތަ މާކްސް އާއި ބެލުންތެރިންގެ 50 އިންސައްތަ ވޯޓުން އެންމެ މަތިން މާކްސް ލިބިގެން ކުރިއަށް އޮތް ގާލާ ރައުންޑަށް ދަތުރުކުރި 6 ބައިވެރިންނަކީ: ހަސަން ޝަހުދާން، އިބްރާހީމް ޝަމްވީލް، އައިމިނަތު ސައިނާ މުޙައްމަދު ރަޝީދު، ތަސްލީމް ޢަބްދުލްކަރީމް، ނައުޝާދު ޢަބްދުލްލަތީފް އަދި މަރިޔަމް ސަލްވާއެވެ.

ޕިއަނޯ ރައުންޑުގެ ދެވަނަ ޝޯވގައި ޕަރފޯމްކުރި 8 ބައިވެރިންގެ ތެރެއިން މިރޭ އެލިމިނޭޓްވި 2 ބައިވެރިންނަކީ: މޫސާ އިޝާން އަދި އަޙްމަދު ނާޒިހެވެ

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ ކާމިޔާބު ރިއަލިޓީ ޝޯވ މޯލްޑިވިއަން އައިޑަލްގެ މިފަހަރުގެ ސީޒަންގެ ގަދަ 12 އިން ޖާގަ ހޯދި ފުރަތަމަ 6 ބައިވެރިން މިދިޔަ ހަފްތާގައި ވަނީ އިޢުލާންކޮށްފައެވެ..

ރޭގެ އެލިމިނޭޝަން ނައިޓާއެކު ޕިއަނޯ ރައުންޑުގެ ޝޯވތައް މިހާރު ނިންމާލާފައިވާއިރު، ތިއޭޓަރ ރައުންޑުން ގޯލްޑަން މައިކް ހާސިލްކުރި 4 ބައިވެރިންވެސް އައިޑަލްގެ ގަދަ 12 އިން ޖާގަ ހޯދާފައިވާކަން ފާހަގަކޮށްލެވެއެވެ. ސީޒަން ތިނެއްގެ ގާލާ ރައުންޑުގެ ޝޯވތަކާއެކު އައިޑަލްގެ ފޯރި އިތުރަށް ގަދަވެގެންދާނެކަމަށް ބެލެވެއެވެ. ސަބަބަކީ އައިޑަލްގެ ހަޤީޤީ ފެށުމަކީ ގާލާ ރައުންޑުކަމަށްވެފައި، ބައިވެރިންގެ މެދުގައި އޮންނަ ވާދަވެރިކަން އިތުރުވެ މިއިން ކޮންމެ ބައިވެރިއަކުވެސް ކުރިއަށް އޮތް ރައުންޑަށް ދަތުރުކުރުމަށް މަސައްކަތް ކުރާނެތީވެއެވެ.

ގަދަ 12 ބައިވެރިންނާއެކު ކުރިއަށްގެންދާ ގާލާ ރައުންޑުގެ ޝޯވތައް އަންނަ ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިފަހަރުގެ ސީޒަންގެ ސެޓުންވެސް ބޮޑެތި ބަދަލުތަކެއް ބެލުންތެރިންނަށް ފެނިގެންދާނެކަމަށް އައިޑަލްގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. އަދި ޝޯވގެ ޖޯޝާއި، ފޯރި އިތުރަށް ގަދަކުރުމަށްޓަކާ ތަފާތު ކަންތައްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

ކުރީގެ ސީޒަންތަކެކޭ އެއްފަދައިން މިފަހަރުގެ ސީޒަނަށްވެސް ބެލުންތެރިންގެ ފަރާތުން އަދަޔާ ޚިލާފު ތަރުޚީބެއް ލިބެމުން އަންނައިރު، ޝޯވގައި ވާދަކުރާ އެކި ބައިވެރިންގެ ނަމުގައި ސޯޝަލް މީޑިއާގައި ފޭން ޕޭޖްތައް ހަދައި، ބައިވެރިންނަށް އޮންނަ ލޯތްބާއި، ތަރުޚީބުގެ ޝުޢޫރުތައް ފާޅުކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީޑިއާނެޓުން ޑްރީމްވަރކްސް އެޗްޑީ ޗެނަލް ތައާރަފްކޮށްފި

ކުޑަކުދިންނަށް ޚާއްސަ ޑްރީމްވަރކްސް އެޗްޑީ ޗެނަލް، މީޑިއާނެޓުން ތައާރަފްކޮށްފިއެވެ. ޑްރީމްވަރކްސް ޗެނަލް މީޑިއާނެޓްގެ ޗެނަލް ލިސްޓަށް އިތުރުކުރީ މީޑިއާނެޓްގެ ...

ގިނަ މީހުން އަހަރެންގެ އިންސްޓެގްރާމް ބެލުމަކީ ވަރަށް އުފާވާ ކަމެއް- ޕްރިޔަންކާ

ބޮލީވުޑް އަދި ހޮލީވުޑްގައިވެސް ފިޔަޖަހަމުން އަންނަ ތަރި ޕްރިޔަންކާ ޗޯޕްރާ، މި ފެށުނު އާ އަހަރު ފާހަގަ ކޮށްފައިވަނީ ...

ސްޓަރ ސްކްރީން އެވޯޑް: އެންމެ މޮޅު އެކްޓަރ : ރަންވީރު – އެންމެ މޮޅު އެކްޓްރެސް: އާލިއާ

ކޮންމެ އަހަރަކުވެސް ބާއްވާ ސްޓާ ސްކްރީން އެވޯޑް މިއަހަރުވެސް ބާއްވައިފިއެވެ. މުމްބާއީގައި އާދީއްތަ ދުވަހު ބޭއްވުނު ސްޓާ ސްކްރީން ...