މޯލްޑިވިއަން އައިޑޮލްގެ ޕިއާނޯ ރައުންޑުގެ ފަހު ބުރުން ރޭގެ ޝޯވ  އިން ވަކިވާންޖެހުނީ އިޝާން އަދި ނާޒިހް އެވެ.

މި ދެ ބައިވެރިން ކެޓުމާއެކު ރޭ ވާދަކުރި ބާކީ ތިބި ހަ ބައިވެރިން ވަނީ ގާލާ ރައުންޑަށް ހޮވިފައެވެ.

ރޭގެ ޝޯވ އިން ގަދަ ހަ ބައިވެރިން ހޮވާފައި ވަނީ އާންމުންގެ ވޯޓުގެ 50 ޕަސެންޓާއި ޖަޖުންގެ މާކްސްގެ 50 ޕަސެންޓުން ލިބުނު ނަތީޖާއަށް ބަލާފަ އެވެ.

ރޭ ގާލާ ރައުންޑަށް ދަތުރުކުރި ހަ ބައިވެރިންނަކީ ސައިނާ، ތަސްލީމް، ޝަމީލް، ނައުޝާ، ސަލްވާ، އަދި ޝަހްދާން އެވެ.

މި ބައިވެރިންނާއެކު މިދިޔަ ހަފްތާއި އޮތް ޕިއާނޯ ރައުންޑުގެ ފުރަތަމަ ބުރުން ކާމިޔާބު ހޯދި ހަ ބައިވެރިންނާއެކު ޖުމްލަ 12 ބައިވެރިން ގާލާ ރައުންޑަށް މިހާރު ވަނީ ގޮސްފަ އެވެ. އެ ހަ ބައިވަރިންނަކީ ޝާން، މުނާޒް، މައީޝާ، މުރްޝިދް، އަޒަލް، އަދި ރައިހާން އެވެ.

ގާލާ ރައުންޑުގެ ހުށަހެޅުންތައް ފަށާނީ އަންނަ ހުކުރު ދުވަހުގެ ރޭގަ އެވެ. ގާލާ ރައުންޑުގައި ކޮންމެ ހަފްތާއަކު އެއް ބައިވެރިޔަކަށް ޝޯ އިން ވަކިވާންޖެހޭނެ އެވެ. ކޮންމެ ހަފްތާއަކު ބައިވެރިޔަކު ވަކިކުރަމުން ގޮސް ގްރޭންޑް ފިނާލޭގައި ވާދަކުރާނީ ތިން ބައިވެރިންނެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އުރީދޫން މިފަހަރު ޑިޖިޓަލް މިއުޒިކް ޝޯއެއް!

ފިތުރު ޢީދަކީ އާންމު ގޮތެއްގައި އާއިލާއާއި ގާތްތިމާގެ މީހުންނާއި ރައްޓެހިނަށް ޒިޔާރާތްކޮށް، ޢީދު ސާލާން ބަދަލު ކޮށް، އެންމެން ...

ޑްރަގު ހުރި ދަބަސް އަތުން ނުފެނުނީތީ، ފިލްމީތަރި މަލީހާ މައްޗަށް ދައުވާ ސާބިތެއް ނުވި

މަސްތުވާތަކެތި ގެންގުޅުނު ކަމަށް ބުނެ ފިލްމީތަރި މަލީހާ ވަހީދު (މަލް) ގެ މައްޗަށް، ދައުލަތުން ކުރި ޑައިމޯފިން ޓްރެފިކް ...

އަދިތިޔާ ނާރާޔަން އާއި އަނބިމީހާ ޝްވެތާ އަގަރްވާލް ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ

ސޮނީ ޗެނަލްއިން ގެނެސްދޭ އިންޑިއާގެ މަޝްހޫރު ރިއަލިޓީ ޝޯ، އިންޑިއަން އައިޑަލް އަދި ޕްލޭބެކް ލަވަކިޔުންތެރިޔާ އަދިތިޔާ ނާރާޔަން ...