ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ‘ޓައިގާ ޒިންދާހޭ’ 500 ކްރޯޑް ކްލަބާ ގާތަށް ޖެހިލައިފިއެވެ.

ބޮލީވުޑްގައި އުފައްދާފައިވާ 500 ކްރޯޑް ކްލަބަށް އެންމެފަހުން ވަދެފައިވާ ފިލްމަކީ ‘ބަހޫބަލީ 2’ ކެވެ. އެ ފިލްމަށްފަހު ދެން އެންމެ އަވަހަށް މި ކްލަބާ ގުޅޭނެ ކަމަށް ބެލެވެނީ 500 ކްރޯޑާއި ދާދި ގާތްކޮށްފައިވާ ސަލްމާން ހާންގެ ‘ޓައިގާ ޒިންދާހޭ’ އެވެ.

ފިލުމު އަޅުވަން ފެށިފަހުން 15 ދުސްވެފައިވާއިރު ފިލުމުގެ އާމްދަނީ 500 ކްރޯޑާއި ކައިރިކޮށްފައިވާ ‘ޓައިގާ ޒިންދާހޭ’ އަކީ ‘އޭކް ތާ ޓައިގާ’ ގެ ސީކްއަލް އެކެވެ.

ކެޓްރީނާ ކައިފް އާއި ސަލްމާން ހާން އެކުގައި ފެނިގެންދާ މިފިލުމަކީ އެކްޝަން ތްރިލާ އެކެވެ. ފިލްމުގެ ގިނަ މަންޒަރުތަކުގައި ދައްކަނީ ހަނގުރާމައިގެ އުކުޅުތަކެވެ.

މިއީ ކިޑްނެޕްކޮށްފައިވާ ނަރުހުންތަކެއް ސަލާމަތް ކުރުމަށް ކެޓްރީނާ އާއި ސަލްމާން އައިސިސް ހަނގުރާމަވެރިންނާ ދެކޮޅަށްކުރާ ހަނގުރާމަ ދައްކުވައިދޭ ފިލްމެކެވެ. މި މިފިލްމަށް އިންޑިއާގެ އިތުރުން އެހެން ގައުމުތަކުންވެސް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އާދެއެވެ.

 

މިދިޔަ އަހަރު ނިކުތް ސަލްމާންގެ ފިލްމުތަކަށް އާންމުންގެ ފަރާތުން ބޮޑު ތަރްހީބެއް ނުލިބި އޮއްވާ 22 ޑިސެމްބަރުގައި ޕްރިމިއާ ކުރި ‘ޓައިގާ ޒިންދާހޭ’ އަކީ ބާހުބަލީ އަށްފަހު 500 ކްރޯޑް ކްލަބަށް ވަންނަ ހަތްވަނަ ފިލްމެވެ. ‘ދަންގަލް’، ‘ޕީކޭ’، ‘ބަޖްރަންގީ ބައިޖާން’، ‘ސުލްތާން’ އަދި ‘ދޫމް-3’ މިއީ 500 ކްރޯޑް ކްލަބުގައި ހިމެނޭ ފިލުމުތަކެވެ.

ޔާސް ރާޖް ފިލްމްސް އިން އުފައްދާ އަދިތްޔާ ޗޯޕްރާ ޕްރޮޑިއުސް ކޮށްފައިވާ މިފިލްމަކީ އެކުންފުނީގެ އެންމެ ކާމިޔާބު ފިލްމެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕްރިންސް ހެރީއާ މެގަން މާކެލްގެ ކައިވެނީގެ ބްރައިޑްސް މެއިޑަކަށް ޕްރިޔަންކާ!

  ބޮލީވުޑްގެ މަޝްހޫރު ތަރި އަދި ދުނިޔޭގެ ރީތީގެ ރާނީގެ ތާޖު ހޯދާފައިވަާ ޕްރިޔަންކާ ޗޯޕްރާ، އިނގިރޭސި ޝާހީ ...

ޕަދުމަވަތު ގުޖުރާތުގައިވެސް ނާޅުވާނެ

މިހާތަނަށް ބޮލީވުޑް ފިލްމު އިންޑަސްޓްރީގައި އުފެއްދި އެންމެ މައްސަލަ ބޮޑު ފިލްމު “ޕަދުމަވަތު” ގުޖުރާތުގައި ނާޅުވާނެ ކަމަށް ގުޖުރާތުގެ ...

ވަގުތު ޖެހުމުން ލޯބިވެރިޔަކު ހުންނާނެ: ކެޓްރީނާ

ކޮންމެ ކަމަކަށްވެސް ވަކި ވަގުތެއް އޮންނަ ފަދައިން ލޯބިވެރިޔަކު ލިބި ގުޅުމެއް ފަށަން ވަގުތު ޖެހުމުން އެކަން ކުރާނެ ...