ސިވިލް ސާވެންޓުން ކަޅު ހެދުމުގައި ހިމޭން އިހުތިޖާޖަކަށް

މުސާރައިގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން މިއަދު ގިނަ އަދަދެއްގެ ސިވިލް ސާވެންޓުން ކަޅު ހެދުމުގައި އޮފީހަށް ނިކުމެއްޖެއެވެ.

ސިވިލް ސާވަންޓުންގެ އެސޯސިއޭޝަނުން މިދިޔަ ހަފްތާގައި ކުރި އިއުލާނެއްގައި ބުނީ މިއަދު މަސައްކަތަށް ނުކުންނާނީ ކަލު ހެދުމުގައި ކަމަށާއި، ސަރުކާރުން ޖަވާބުދާރީ ނުވެއްޖެ ނަމަ، މާދަމާ މަސައްކަތް ހުއްޓާލައި، އިހުތިޖާޖު ކުރާނެ ކަމަށެވެ

ސިވިލް ސާވެންޓުން ސަރުކާރަށް ކުރާ ޑިމާންޑުތަކުގެ ތެރޭގައި ދަށް ފަންތީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި ސެޓްފިކެޓް ހުށަހެޅުމުން ވަޒީފާގެ ކުރިއެރުން ލިބޭގޮތް ހެދުމާއި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ލިބޭ ގޮތަށް ސިވިލް ސާވެންޓުންނަށް ވެސް ލިވިން އެލަވަންސް ހަމަޖައްސައިދިނުމާއި މިނިމަމް ވޭޖު އަވަސްކޮށްދިނުމުގެ އިތުރުން ސްކޫލުތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ހަމަޖައްސައިދިނުންމެވެ.

އޮފިޝަލް ވިދާޅުވީ އަންހެނުން ކޮމިޓީގެ މުސާރަ ދެގުނައަށް ބޮޑުކުރެވޭ އިރު ސިވިލް ސާވެންޓުން ދުވާލު ހަތަރުދަމު މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑުނުކޮށް ދެވެންވީ ސަބަބެއް ނެތް ކަމަށެވެ.

މުސާރައިގެ މައްސަލައިގައި ސިވިލް ސާވެންޓުން އިހުތިޖާޖަށް ނުކުންނަން ނިންމިއިރު، ޕައިލެޓުންގެ މުސާރަ އަދި ޑޮކްޓަރުންނާއި ނަރުހުންނަށް ވަޒީފާގެ ކުރިއެރުން ނުލިބި ލަސްވަމުންދާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވާފައިވެ އެވެ. އެ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގައި ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫގެ ޓޫރިޒަމް ޕްރޮޖެކްޓަށް އިތުރު 11.4 މިލިއަން ރުފިޔާ އިންޑިއާ އިން ދީފި

އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ އިކޯ ޓްއަރިޒަމް “ހައި އިމްޕެކްޓް ކޮމިއުނިޓީ ޑީވެލޮޕްމަންޓް ޕްރޮޖެކްޓްސް”ގެ ދަށުން ހިންގާ ފަސް ...

ފުވައްމުލަކު އަދި އައްޑޫ ސިޓީއަށް ޔެލޯ އެލާޓް ނެރެފި

މިއަދު މެންދުރު 12:40 އާއި ހަވީރު 15:40 އާއި ދެމެދު އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީ ހިމެނޭ ...

ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލު ގެނައުމަށް ކުރި އިއުލާން ބާޠިލްކޮށްފި

މިހާރު ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19އިން ރައްކާތެރިވުމަށްޓަކައި  އައްޑޫ ސިޓީ ކައުންސިލުން، އެ ސިޓީގައި ވިޔަފާރި ކުރާ ...