އައްޑޫ-ފުވައްމުލަށް ފެރީ ދަތުރުތައް މެދުކަނޑާލައިފި

އައްޑޫ ސިޓީ އާއި ފުވައްމުލަކާއި ދެމެދު ކުރަމުން އައި ފެރީ ދަތުރުތައް މެދުކަނޑާލަން ސަދަން ޓްރާންސްޕޯޓު ލިންކުން ނިންމައިފިއެވެ.

ސަދަން ޓްރާންސްޕޯޓު ލިންކުން ހާމަކޮށްފައިވާގޮތުން  ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭ އިން އައްޑޫ ސިޓީ ހިތަދޫ މޮނީޓަރިން ހާލަތަށް ގެނައުމާ ގުޅިގެން ފުވައްމުލަށް ސިޓީ ކައުންސިލުގެ އެންގުމުގެ މަތިން މާދަމާ އިން ފެށިގެން އައްޑޫ އާއި ފުވައްމުލަކާއި ދެމެދު ކުރަމުން އައި ދަތުރުތައް މެދުކަނޑާލާފައިވާ ކަމަށެވެ.

އަދި މާދަމާ އިން ފެށިގެން ދަތުރުކުރުމަށް ޓިކެޓު ނަގާފައިވާ ފަރާތްތަކަށް އަލުން ދަތުރުތައް ފެށުމުން އެޓިކެޓުގައި ދަތުރުކުރެވޭނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ރީފަންޑު ބޭނުންވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ދަތުރު ފެށި އޮފީސް ހުޅުވުމުން ފޯމު ދޫކޮށް ބަލަގަންނާނެ ކަމަށްވެސް ބުނެފައިވެއެވެ.

ހިތަދޫ މޮނީޓަރިން ހާލަތަށް ގެނެސްފައިވަނީ ހިތަދޫގައި ހޯމް ކަރަންޓީނުގައި ހުރި ބަންގްލަދޭޝްގެ ރަށްޔިތަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

ހިތަދޫ މޮނީޓަރިން ހާލަތަށް ގެނެސްފައިވާތީ ކުރިއަށް އޮތް ދެ ދުވަހު އެ ރަށުގެ ހުރިހާ ސްކޫލެއް ބަންދުކުރަން އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ނިންމާފައެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރޮޒެއިނާގެ ކެމްޕެއިން ބެނާއަކަށް އަނެއްކާވެސް ގެއްލުންދީފި

އޭޕްރިލް މަހުގެ 06 ވަނަ ދުވަހު އޮންނަ ރައްޔިތުން މަޖިލިސް އިންތިޚާބުގައި މީދޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ...

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށްފި

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް އާ އަގުތައް އައިލެންޑް އޭވިއޭޝަނުން އިއުލާންކޮށްފިއެވެ. އެތެރޭގެ އުދުހުންތަކުން ކުރިން ނަގަމުން ...

އިތުރު 11 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އިތުރު 11 މީހަކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މި 11 މީހުންގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި ބަންގްލަދޭޝްގެ ...