ނަޝީދުގެ ސަރުކާރުގައި ނަގާފައިހުރި އާންމު ރައްޔިތުންގެ ބިންތައް އެރައްޔިތުންނަށް އަނބުރާ ދެނީ

ނަޝީދުގެ ވެރިކަމުގައި އައްޑޫ ސިޓީގެ ޢާއްމު ރައްޔިތުން އަތުން ނަގާފައިހުރި އެ ރައްޔިތުންގެ ބިންތައް އަނބުރާ ދޭން ނިންމަވައި އެ އުފާވެރި މެސެޖް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުހައްމަދު ސައީދު މެދުވެރިކުރައްވާ އައްޑޫ ރައްޔިތުންނަށް ހައުސިންގ މިނިސްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ހައުސިންގ މިނިސްޓަރ މުއިއްޒު، މިނިސްޓަރ ސަޢީދު މެދުވެރިކުރައްވާ މި މެސެޖް އައްޑޫ ރައްޔިތުންނަށް ދެއްވީ މިއަދު ހަވީރު، އައްޑު ސިޓީ ހިތަދޫގައި ބޭއްވި “މަގޭ ދީނާއި މަގޭ ޤައުމާއި ނުކުޅެއްޗޭ” މި ރެލީގެ ތެރެއިން ނެވެ.

ހިތަދޫ ސްޓޭޖް ސަރަޙައްދުގައި ކުރިއަށް ދިޔަ މި ރެލީގައި ޢާއްމު ރައްޔިތުންގެ އިތުރުން މިނިސްޓަރުންނާއި އަދި މަޖްލިސް މެމްބަރުން ވާހަކަ ދެއްކެވިއެވެ.

އެގޮތުން މި ރެލީގައި ވާހަކަ ދައްކަވަމުން އެމްޕީ ފަލާޙް ވިދާޅުވީ، މިއަދުގެ ރެލީގެ ތެރެއިން ރާއްޖެ އަށް ވެސް އަދި ރާއްޖޭއިން ބޭރަށް ވެސް ފެނިގެންދާނެ ޙަޤީގަތަކީ މުޅި އައްޑު ސިޓީ އޮތީ ރައީސް ޔާމީންގެ ސަރުކާރާއި އެއްކޮށް ކަމަށާއި އަދި ސަރުކާރުގެ ދިފާޢުގައި ކަމަށެވެ.

ރައީސް ޔާމިންއަކީ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ބޯލަނބައި ކިޔަމަންތެރިވާ ޙިކުމަތްތެރި ކެރޭ ވެރިއެއް ކަން ފާހަގކުރައްވަމުން ފަލާހް ވިދާޅުވީ އިދިކޮޅުން ހަ މެމްބަރުން ވަރަށް އަވަހަށް ޕީޕީއެމްއާ ގުޅިވަޑާއިގަންނަވާ މަންޒަރު ފެނިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގައި ހުރެ ރާއްޖެ ބަނޑަށް ޖެހޭނެ އޭ ކިޔާ ޤާސިމް އިބްރާހިމް ދައްކަމުން ދާ މޮޔަ ވާހަކަ ތަކަށް ރައްދު ދެއްވަމުން އެންވަޔަރޮންމަންޓް މިނިސްޓަރ ތާރިޤް އިބްރާހިމް ވަނީ ، ދައްކަން ހުރި ފައިސާ އަވަހަށް ދައުލަތަށް ދެއްކުމަށް ޤާސިމް އިބްރާހިމް އަށް ގޮވާލާފައެވެ. އަދި ވިދާޅުވީ ނަޝިދު ވެރިކަން ދޫކޮށް ފިލައިގެން ދިޔައީ ދަމުން ދިޔައީ އައްޑުގެ ތަންތަން ހުޅުޖަހާ އަނދާލާ، އުމްރާނީ ގޮތުން އައްޑޫ ރައްޔިތުން ބަނޑަށް ޖައްސާލުމަށް ފަހު ކަމަށެވެ.

އަދި އައްޑޫ ސިޓީގެ ތަރައްޤީއަށްޓަކައިވެސް ހޮއްވަވަން ޖެހެނީ ރައީސް ޔާމިންކަން ފާހަގަ ކުރައްވަމުން މެމްބަރ ރިޔާޒު ރަޝީދު ވިދާޅުވީ ނަޝީދުގެ ސަރުކާރުގައި އައްޑޫއަށް ގެނެސްދިން ތަރައްޤީ އެއް ނެތްކަމަށެވެ.

01 ފެބްރުއަރީގައި ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އާދަޔާ ޚިލާފު އަމުރު ތަންފީޒު ނުކުރުމުން، އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނިކުމެ މުޒާހަރާކޮށް ރައީސް ޔާމީނަށް މިހާރު ތާއީދުނެތް ކަމަށް ބުނަމުން ދާތީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ޕީޕީއެމްގެ މެމްބަރުން އިސްނަގައިގެން، ރައީސް ޔާމީނަށް އޮތް ތާއީދު ދައްކާލުމަށް ކުރިއަށް ގެންދިޔަ މިއަދު ގެ ބޮޑު ރެލީ ނިމިގެން ދިޔައީ ޚާއްޞަ ދުޢާ އަކުންނެވެ.

މިއަދުގެ ރެލީގައި ރައީސް ގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަސްލަމުއަށް ހުޅުމީދުން ހޫނު މަރުހަބާއެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގ މޭޓް އަސްލަމް ހުޅުމީދުއަށް  ވަޑައިގަތުމުން އެމަނިކުފާނަށް މިއަދު ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ. ...

މަސައްކަތު މާހައުލުގައި މިއަދު ބިރު ދެއްކުމެއް ނެތްކަމީ ހަގީގަތް: އެމްޑީޕީ

މަސައްކަތު މާހައުލުގައި މިއަދު ބިރު ދެއްކުމެއް ނެތްކަމަށާއި މި ސަރުކާރުން މުވައްޒަފުންގެ ހައްގުތައް ނަގަހައްޓާނެކަމީ ޔަގީންކަމެއް ކަމަށް އެމްޑީޕީން ...

އެމްޑީޕީގެ ވަގުތީ ރައީސްއަކަށް ރައީސް ސޯލިހު

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ރައީސް ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ...