ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ދިވެހި ރައްޔިތުންނާއި މުޚާތަބު ކުރައްވާ ވިދާޅުވާ އެއް ބަސް ފުޅަކީ ދިރުމެއް ވާ ތަނެއްގައި އުއްމީދެއް އޮންނާނެކަމަށެވެ.

އެމަނިކުފާނުގެ މި ބަސް އައްޑޫ ސިޓީ ރައްޔިތުން މިއަދު ތެދުކޮށްފިއެވެ. “މަގޭ ދީނާ މަގޭ ޤައުމާ ނުކުޅެއްޗޭ” މި ޝިޢާރުގެ ދަށުން މިއަދު އައްޑޫ ސިޓީ ހިތަދޫ ސްޓޭޖް ޞަރަޙައްދުގައި ކުރިއަށް ގެންދާ ޙަރަކާތްތަކުގައި އައްޑޫ ރައްޔިތުންވަނީ ބޮޑު މަންޒަރު ދައްކާލާފައެވެ.

ރަންރީދޫ އައްޑޫގެ ގޮތުގައި މީގެ ކުރިން ސިފަކޮށްފައިވާ އައްޑޫ މިއަދު ފެނިގެން ދިޔައި ޤައުމި ކުލަތަކުންނެވެ. އެ ރައްޔިތުންގެ ހަށިގަޑުގައި ކެކި އުތުރި އަރަމުން ދަނީ ޤައުމީ ވަންތަ ލޭކަން އައްޑޫގެ ދަރިން މިއަދު ހާމަކޮށްދީފިއެވެ.

ޤައުމުގެ ސިޔާދަތު ނަގާލާ ޤައުމު އަޅުވެތި ކުރުމުގެ ފުރުޞަތު އެއްވެސް ބަޔަކަށް ނުދޭނެކަން ޔަޤީންކޮށްދިނުމަށް އައްޑޫ ރައްޔިތުން ދަނީ ހާމަކުރަމުންނެވެ. ގިނަ ރައްޔިތުންތަކެއް ވަނީ އެބޭފުޅުންގެ ހިތްތަކުގައި އުފެދެމުން އައި ޝުޢޫރުތައް އެކި ގޮތްގޮތަށް ސިފަކޮށްފައެވެ. ޅެން ބަހުންނާއި ރައިވަރުންނެވެ. އަދަބީ ބަސްތަކުންނާއި ފޯރިގަދަ ޖުމްލަތަކުންނެވެ.

މިއަދުގެ މި ރެލީ އަކީ 01 ފެބްރުއަރީގައި ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އާދަޔާ ޚިލާފު އަމުރު ތަންފީޒު ނުކުރުމުން، އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނިކުމެ މުޒާހަރާކޮށް ރައީސް ޔާމީނަށް މިހާރު ތާއީދުނެތް ކަމަށް ބުނަމުން ދާތީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ޕީޕީއެމްގެ މެމްބަރުން އިސްނަގައިގެން، ރައީސް ޔާމީނަށް އޮތް ތާއީދު ދައްކާލުމަށް ކުރިއަށް ގެންދާ ސިލްސިލާގެ އާ ބޮޅެކެވެ.

މިއަދުގެ މި ރެލީގައި ޚާއްޞަ މަންދޫބެއްގެ ގޮތުގައި ބައިވެރިވެ ވަޑާއިގަންނަވަމުން ގެންދަވަނީ ރައީސްގެ އަނބިކަނބަލުން އަދި ފަރސްޓް ލޭޑީ ފާތުމަތު އިބްރާހިމްއެވެ. އަދި ޕީޕީއެމްގެ އިސް މެންބަރުންނާއި ސަރުކާރުގެ ވަޒީރުންނާއި ޕާލިމަންޓް މެމްބަރުންވެސް ބައިވެރިވެ ވަޑައިގަންނަވަމުން ދެއެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަސައްކަތްތެރިންގެ ހައްޤުތަކާއި ގުޅޭ ބިލުތައް ފާސްކޮށް މިއަހަރު އަމަލު ކުރެވޭ ގޮތް ހަދައިދޭނަން

މި އިންތިހާބު ނިމުމާއެކު މަސައްކަތްތެރިންގެ ހައްގުގައި ފާސްކުރަން ޖެހޭ ބިލުތައް ފާސްކޮށް މި އަހަރު ތެރޭގައި އެއަށް އަމަލުކުރެވޭނެ ...

ފެނަކައިގެ ހާލަތު ރަނގަޅުކޮށް، ރަށްރަށުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދޭނަން: ރައީސް

ފެނަކަ ކޯޕަރޭޝަނުގެ ޙާލަތު ރަނގަޅުކުރުމާއެކު، ރާއްޖޭގެ ރަށްތަކުގައި ކަރަންޓު ކެނޑޭ މައްސަލައަށް ރަނގަޅު ދާއިމީ ޙައްލެއް ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ...

ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެވަޑަގަތުމަށް ނިންމަވައިފި

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގަތުމަށްފަހު އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމަވައިފި ...