މާލެ ބަދަލުވަނީ ރަށްރަށުގައި މުނިފޫހިފިލުވޭނެ ގޮތެއް ނެތުމުން: ނަޝީދު

ރަށްރަށުގެ މީހުން މާލެ ބަދަލުވަނީ އެ ރަށްރަށުގައި މުނިފޫހިފިލުވޭނެ ގޮތެއް ނެތުމުންކަމަށް ބެލެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އެގޮތަށް ވިދާޅުވީ މާލެއާއި އެއް އަގެއްގައި ރަށްރަށުގައި ވެސް ވިޔަފާރިތަކަށް އެއް ރޭޓަކުން ކަރަންޓު ދިނުމަށް ގޮވާލައި ތޮއްޑޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާން ހުށަހެޅުއްވި ގަރާރުގެ ބަހުސް ކުރިއަށް ދަނިކޮށް މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒްގެ ވާހަކަ ނިންމާލެއްވިތަނާ ރައީސް ނަޝީދު ވިދާޅުވީ ނިޔާޒްއަކީ ކޮމިޓީގެ މުގައްރިރަށް ވާތީ ހިޖުރަކުރުމާއި ތޮއްޖެހުމުންގެ ކަންބޮޑުވުން ހުންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އަޅުގަނޑުގެ ހިތަށް މިހާރު ވަންނަ ސުވާލަކީ ކީއްވެގެންތޯ ރަށްރަށުން މީހުން ހިޖުރަކުރާ ސަބަބުތަކުގެ ތެރޭގައި އަޅުގަނޑަށް މިހާރު ފާހަގަވޭ މުނިފޫހި ފިލުވުމާއި ރަށްރަށުގައި ކުރާނެ ކަމެއް ނެތުމާއި މި އާބަން ދިރިއުޅުމަށް މިހާރުގެ ޖީލު މާބޮޑަށް ޝައުގުވެރިވާކަމަށް. ރޫރަލް ދިރިއުޅުމަށް ނުވަތަ ރަށްފުށުގެ ދިރިއުޅުމަށް މިހާރުގެ ޖީލު ނޭނބުރޭކަން. މިބާވަތުގެ އެތައް ކަމެއް އެބަ ހިމެނޭ

ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ކުޑަރަށަކުން ބޮޑުރަށަކަށް ބަލާލުމެއް ނެތި އާންމު ހިދުމަތްތައް ރަށްރަށަށް ފޯރުކޮށްދޭން ވަރަށް ބޮޑަށް މަސައްކަތްކޮށްގެން އެކަން ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެހެން ނަމަވެސް ހިޖުރަކުރާ މިންވަރަށް ބަދަލު ނާންނަ ކަމަށާއި އަދި އެކަމާ ގުޅޭ ގޮތުން އަޅުގަނޑުމެންގެ ވިސްނުން ފުޅާކުރަން ޖެހޭ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފޮޓޯއިން ޚަބަރު ” ސޮއި 19 ” ގެ ނަމުގައި މީދޫގައި އައު ފިހާރައެއް ހުޅުވައިފި

ތިރީގައިވާ ފޮޓޯ ތަކުން ފެނިވަޑައިގަންނަވަނީ ރޭ ” ސޮއި 19 ” ގެ ނަމުގައި މީދޫގައި ހުޅުވުނު އަންނައުނު ...

އެކެއް ފެބްރުއަރީ ގެންނަން ބަޔަކު ވަނީ ބޮޑެތި ހޭދަތަކެއް ކޮށްފަ – ޕީޖީ

ދިވެހިން މި ފަހުގައި ދުށް އެންމެ ހައިރާން ކުރުވަނިވި ޙުކުމް، އެކެއް ފެބްރުއަރީ 2017 ގައި ސުޕްރީމު ކޯޓުން ...

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑުކުރަން ރައީސް ނިންމަވައިފި

މިއަހަރުގެ ފަހު ކުއާޓާގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދެމުންދާ އިނާޔާތް ބޮޑު ކުރުމަށް ނިންމާފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާ ...