ޕާޓީ މެންބަރުންގެ އިހްސާސާއި، އުންމީދު ނަގާލައި، ކުރިއަށް ގޮސްގެން ހޯދޭނެ ކާމިޔާބީއެއް ނެތް: ނަޝީދު

ޕާޓީއަށް ތާއީދުކުރާ އެތައް ބައެއްގެ އިހްސާސާއި, އުންމީދު ނަގާލައި, ގޮންޖަހައި ކުރިއަށް ގޮސްގެން ހޯދޭނެ ކާމިޔާބީއެއް ނޯންނާނެކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެންވިދާޅުވީ ހުކުރުދުވަހުގެރޭ އެމްޑީޕީގެ ކޮންގްރެސް ފެށުމަށް ދަރުބާރުގޭގައި ބޭއްވުނު ޚާއްސަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ ޕާޓީ މިއަދު އޮތީ ވަރަށް ހައްސާސް ފައްތަރެއްގައި ކަމަށާއި, ޕާޓީގެ އެއްބަޔަކު ދެކެނީ ވެރިކަމުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލެއް ނެތްކަމަށް ކަމަށެވެ. ނަމަވެސް އަނެއް ބަޔަކު ދެކެނީ މި ރާއްޖޭގައި ވެރިކަން ކުރާ ގޮތާއި ވައްޓަފާޅިއާއި ބަދަލުވާންޖެހޭ ކަމަށް ކަމަށެވެ.

ރާއްޖޭގެ ރައްޔިތުން އެދެނީ ބަދަލަށް. ޝައްކެއް ނެތް. އެ ބަދަލުގެ ތެރެއިން އެ މީހުންގެ ޢާންމު ހާލަތު ރަނގަޅު ކުރުމަށް ރާއްޖޭގެ ރައްޔިތުން އަބަދުމެ ގޮވާ. ބަދަލުގެ ތެރެއިން އަޅުގަނޑުމެންގެ ތަކްލީފްތަކަށް އުނދަގޫތަކަށް ޝިފާއެއް ހައްލެއް ހޯދުމަށް އަޅުގަނޑުމެންގެ ރައްޔިތުން އަބަދު ވެސް އަބަދު ވެސް އެދޭ. މި ޕާޓީއަކީ އަބަދު ވެސް ބަދަލުގެތެރެއިން ހައްލު ހޯދައިދޭނެ ޕާޓީއެއް.

ނަޝީދު ވިދާޅުވިއެވެ.

މިޖަލްސާގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ނަޝީދުވީދާޅުވީ ޕާޓީއަށް ތާއީދުކުރާ އެތައް ބައެއްގެ އިހްސާސް, އުންމީދު ހުރަސްކޮށް ނަގާލައި, ގޮންޖަހައި ކުރިއަށް ގޮސްގެން ހޯދޭނެ ކާމިޔާބެއް ނޯންނާނެކަމަށެވެ.

މި ޕާޓީގެ ހުރިހާ މެންބަރުންނަށް އެކުގާ ތިބެވޭނެ ގޮތް ނޫން ގޮތެއްގައި ކާމިޔާބު ހޯދެން ނެތްކަން ޔަޤީން

ނަޝީދު ވިދާޅުވިއެވެ.

މަސްދަރު: ދިޑެއިލީ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫން ހިއްކި ރަށްތަަކަށް ނަންތައް ދީފި

ޓޫރިޒަމްގެ ބޭނުމަށް އައްޑޫ އަތޮޅުން ހިއްކާފައިވާ ރަށްތަކަށް ކިޔާނެ ނަންތައް އައްޑޫސިޓީ ކައުންސިލުން ފާސްކޮށްފި އެވެ. އައްޑޫ އަތޮޅުގައި ...

ރާއްޖޭގެ ހުރިހާ ރަށަކުވެސް މާސްކު އަޅައިގެން އުޅެން އަންގައިފި

ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ގެއިން ބޭރަށް ނިކުންނަމަ މާސްކް އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ...

ހުޅުދޫގެ ރަށްޔިތުންނަށް ޝުކުރީ ޝުކުރު އަދާކުރައްވައިފި

ޝުކުރީގެ ކައުންސިލްގެ ދައުރުގައި ހުޅުދޫ ރަށްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް ހުޅުދޫ ރަށްޔިތުންނަށް ޝުކުރީ ޝުކުރު އަދާކުރައްވައިފިއެވެ. ...