ހަމަނުޖެހުން ބޮޑުވި މެޗް މަންތަރަ ކާމިޔާބުކޮށް ކުއާޓާފައިނަލަށް ދިއުމުގެ ފުރުސަތު ތަނަވަސްކޮށްފި

މަރަދޫ ޔުނައިޓެޑް  ބަލިކޮށް ގްރޫޕް ޑީން  ކްއާޓާފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު ހުޅުދޫ މަންތަރަ ޓީމް ހޯދައިފިއެވެ.

ގައުމު ސްޓްރީޓް ކަޕް ފުޓްބޯޅަ  މުބާރާތުގެ ގްރޫޕް ޑީގެ 8 ވަނަ މެޗްގައި ރޭ މަރަދޫ ޔުނައިޓެޑާއި ހުޅުދޫ މަންތަރަ ބައްދަލުކުރިމެޗު މަންތަރަ ކާމިޔާބުކޮށްފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ.

މިމެޗްގައި މަންތަރަ ޓީމުން ކާމިޔާބުކޮށްފައިވާ ލަނޑަކީ އެޓީމުގެ ކުޅުންތެރިއަކު މަރަދޫ ގޯލަށް ފޮނުވާލި ބޯޅައެއް މަރަދޫޓީމްގެ ގޯލް ބަލަހައްޓަމުންދިޔަ ކުޅުންތެރިޔާ ގޯލްއޭރިޔާގެ ތެރެއިން ކަކޫ ބިމުގައި ޖައްސައިގެން ބޯޅަ ދިފާއުކުރުމުން ރެފްރީ މަންތަރައަށް ދެއްވި ޕެނަލްޓީއަކުން މައުޝޫގު ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

މިޕެނަލްޓީ ރެފްރީ މަސީހު ދިނުމާއެކު މަރަދޫޓީމުގެ ކުޅުންތެރީންނާއި އޮފިޝަލުންވެސް އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހި ރެފްރީ މަސީހުއާއި ވާހަކަ ދައްކާފައިވެއެވެ. އެހެންނަމަވެސް ރެފްރީ މަސީހުގެ ނިންމުން ބަދަލުނުކޮށް ޕެނަލްޓީ ވަނީ ޖަހުވާފައެވެ.

މިޕެނަލްޓީ ޖެހުމުގައި ފުރަތަމަ ފަހަރަށް މައުޝޫގު ފޮނުވާލި ބޯޅަ ގޯލް ތެރެއަށް ވަދެގެން ރެފްރީ މަސީހު ގޯލެއްކަމުގައި އަތުގެ އިޝާރާތުން ދެއްކިއެވެ.

އެހެންނަމަވެސް ދެވަނަ ރެފްރީ ފަސްޓްރެފްރީ މަސީހުއާއި ވާހަކަތަކެއް ދެއްކުމަށްފަހު ދެވަނަ ފަހަރަށް އެޕެނަލްޓީ ޖަހާގޮތައް ރެފްރީން ނިންމިއެވެ. މިގޮތައް ރެފްރީން ނިންމުމުން މަންތަރަ ޓީމުގެ ކުޅުންތެރީންނާއި އޮފިޝަލުން  އެކަމާ ހިތްހަމަ ނުޖެހިގެން ރެފްރީނާއި ވާހަކަ ދެއްކިއެވެ. އެކަމަކު ރެފްރީންގެ ނިންމުން ބަދަލުނުކޮށް އަލުން ޕެނަލްޓީ ޖަހަން ނިންމިއެވެ. ދެވަނަ ފަހަރަށްވެސް ޕެނަލްޓީ ޖެހުމުގައި މައުޝޫގު ފޮނުވާލި ބޯޅަ ގޯލްތެރެއަށް ވަދެގެން އެއީ ލަނޑެއްކަމުގައި ރެފްރީން ނިންމިއެވެ.

މިލަނޑަށްފަހު މަންތަރަ ކުޅުންތެރީން ވަރަށް ބޮޑަށް ފަހަތަށް ޖެހި ކުޅެންފެށުމުގެ ނަތީޖާއަކަށްވީ މަރަދޫގެ ކުޅުންތެރީން މަންތަރަޓީމުގެ ހާފްގެތެރޭގައި ގިނައިރު ބޯޅަ ގެންގުޅެ ލަނޑެއް ކާމިޔާބުކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރުމެވެ.

މިމެޗްގެ ފަހުހާފްގެ ކުޅުމުގެ ތެރޭގައި މަރަދޫޓީމުގެ ކުޅުންތެރިއަކަށާ މަންތަރަ ޓީމުގެ ސަމީނުއާއި ދެމެދު ހިގި ހަމަ ނުޖެހުމެއް ކޮންޓްރޯލް ނުކުރެވި ދެޓީމްގެ ކުޅުންތެރީންގެ މެދުގައި ވަރަށްބޮޑަށް ހަމަނުޖެހުން ހިގާފައިވެއެވެ. މިހަމަ ނުޖެހުން ހިގުމުގެ ތެރޭގައި ކުޅިބަލާ މީހުންގެތެރެއިން ދެމީހަކުވެސް ދަނޑަށްވަދެ ހަމަނުޖެހުން ހިންގަން މަސައްކަތްކޮށްފައިވެއެވެ.

މިހަމަނުޖެހުން ހިގަމުން ދިޔަ ވަގުތު ދަނޑުބޭރުންވެސް ސަޕޯޓަރުންގެ މެދުގައި ކޮންމެވެސް ވަރެއްގެ ހަމަ ނުޖެހުން ހިގާފައިވެއެވެ.  މި ހަމަނުޖެހުންތައް  ކޮންޓްރޯލް ކޮށްފައިވަނީ ފުލުހުންނާއި މުބާރާތް އޮގަނައިޒްކުރާ ޓީމުގެ މެމްބަރުންނާއި ދެޓީމްގެ ބައެއް ކުޅުންތެރީން ގުޅިގެން ކުރި މަސައްކަތުންނެވެ. މިހަމަ ނުޖެހުން ކޮންޓްރޯލްކުރެވި މެޗްގެ ކުޅުން އަލުން ފެށިފައިވަނީ 15 ވަރަކަށް މިނިޓް ފަހުންނެވެ.

ކުޅުންފެށުމުގެ ކުރީން ރެފްރީ މަސީހުވަނީ މަންތަރަޓީމުގެ ސަމީނުއަށް ބްލޫކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މިގޮތައް ފޮނުވާލެވޭ ކުޅުންތެރީންގެ ބަދަލުގައި އެހެން ކުޅުންތެރިއަކަށް ކުޅުމުގެ ފުރުސަތު ދެވޭތީ ސަމީނު ބަދަލުގައި މަންތަރަޓީމުގެ އެހެން ކުޅުންތެރިއަކު ކުޅުމުގައިބައިވެރިވެފައިވެއެވެ.

އަދި ބްލޫކާޑު ދައްކާފައި ދަނޑުން ފޮނުވާލެވޭ ކުޅުންތެރީންނަށް 2 މިނިޓް ފަހުން ކުޅުމުގައި ބައިވެރިވެވޭގޮތައް އޮތުމުން ސަމީނު 2 މިނިޓްފަހުން ކުޅުމުގައި އަލުން ބައިވެރިވިއެވެ. އަދި މީގެ އިތުރަށް ފަހުހާފްގެ ކުޅުމުގެ ތެރޭގައި މަންތަރަ ޓީމުގެ ލީޕަޓަށްވެސް ބްލޫކާޑު ދައްކާފައި 2 މިނިޓް ވަންދެން ކުޅުމުގައި ބައިވެރި ނުވެވޭގޮތައް ދަނޑުން ފޮނުވާލާފައިވެއެވެ.

މިމެޗްގެ ކުޅުން ނިމިގެން ދިޔައީ އިތުރު ލަނޑެއް ދެޓީމުންކުރެ ޓިމަކަށް ކާމިޔާބު ނުކުރެވި 1 ލަނޑު 0 ލަނޑުން މަންތަރަ މެޗް ކާމިޔާބުކޮށްގެންނެވެ.

މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މަންތަރަ ޓީމަށް ލަނޑު ކާމިޔާބުކޮށްދިން މައުޝޫގުއެވެ.

މިގްރޫޕުން ރޭ ކުޅެވުނު މެޗަށްފަހު 1 ވަނަ ޓީމެއްގެ ގޮތުގައި ހަބޭސް ކުއާޓާފައިނަލަށް ހޮވިފައިވާއިރު މިގްރޫޕުން ކްއާޓާފައިނަލަށް ހޮވޭ ދެވަނަ ޓީމެއް އެގޭނީ ކްރައުސް އާއި ޒެފިޔާ ބައްދަލުކޮށް ކުޅޭމެޗާއި ހަބޭސްއާއި މަރަދޫ ބައްދަލުކޮށް ކުޅޭމެޗަށް ފަހުގައެވެ.

ރޭ ކުޅެވުނު މިމެޗުން މަންތަރަ މޮޅުވުމުން އެޓީމު ގްރޫޕް ސްޓޭޖްގައި ކުޅެންޖެހޭ 4 މެޗު ކުޅެ ނިމިފައިވާއިރު 4 މެޗްގެ  ތެރެއިން 1 މެޗުން ދެރަވެ ދެމެޗުން އެއްވަރުވެ 1 މެޗުން މޮޅުވެ އެޓީމަށް ލިބިފައިވާ  5 ޕޮއިންޓެވެ.

މިމެޗުން ދެރަވި މަރަދޫޓީމަށް ލިބިފައިވަނީ 3 މެޗު ކުޅެގެން 4 ޕޮއިންޓެވެ.

ޚަބަރާއި ގުޅޭ ފޮޓޯ: ލުބުނާ މަޖީދު މުޚްތާރު

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ރަސްރަނި ނެޓްބޯޅަ ޗެލެންޖް – އެމްޓީސީސީ ބަލިކޮށް ފެނަކަ ފައިނަލަށް

މިހާރު ހުޅުދޫގައި ކުޅެވެމުންދާ އައްޑޫ ރަސްރަނި ނެޓްބޯޅަ މުބާރާތުގައި ސެމީފައިނަލްގެ ފުރަތަމަމެޗް ކާމިޔާބުކޮށް ޓީމްފެނަކަ ފައިނަލަށް ދަތުރުކޮށްފިއެވެ.  ޓީމް ...

ކޮވިޑް19 އަށް ދިވެއްސަކު ޕޮޒިޓިވްވެއްޖެ

ކޮވިޑް19 އަށް ދިވެއްސަކު ޕޮޒިޓިވްވެއްޖެ ކަމަށް މިނިސްޓަރ އޮފް ހެލްތް އަބުދުﷲ އަމީން ވިދާޅުވެއްޖެއެވެ. މިބައްޔަށް ޕޮޒިޓިވްވެފައިވަނީ 38 ...

ދިވެހި ކުޅިވަރުގެ ހިދުމަތްތެރިޔާ މާދިހު އިސްމާއީލް ނިޔާވެއްޖެ

ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ދިގުމުއްދަކަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވަމުންއައި މާދިހު އިސްމާއީލް ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ. މާދިހު އިސްމާއީލް ...