ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ފަހަތުން އަރާ ބާސެލޯނާ ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލުން ޕީއެސްޖީ ޖާގަ ހޯދައިފިއެވެ.

މި ދެ ޓީމް ވާދަކުރި ކުއާޓާގެ ފުރަތަމަ ލެގުގެ މެޗު ކުޅެފައި ވަނީ ޕީއެސްޖީގެ ދަނޑުގައެވެ. އެ މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބުކުރީ ބާސާއެވެ. ނަމަވެސް ބާސާ ދަނޑުގައި ޕީއެސްޖީން ވަނީ 4-1 ގެ ނަތީޖާއިން އެ ޓީމް ބަލިކޮށް، އެގްރިގޭޓް ނަތީޖާ (6-4) އިން މޮޅުވެ ސެމީން ޖާގަ ކަށަވަރު ކޮށްފައެވެ.

ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ބާސާއިންނެވެ. މި ލަނޑު 12 ވަނަ މިނެޓުގައި ޔަމާލް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ރަފީނިއާއެވެ. ބާސާ ލީޑުގައި އޮވެ ކުޅެމުން ދަނިކޮށް ބާސެލޯނާއަށް ދިމާވި އެންމެ ބޮޑު މައްސަލައަކަށްވީ 29 ވަނަ މިނެޓުގައި ޑިފެންޑަރ އަރައުހޯއަށް ރެފްރީ ރަތްކާޑް ދެއްކުމުންނެވެ. ރެފްރީ މިރަތްކާޑު ދެއްކީ ޕީއެސްޖީގެ ފޯވާޑް ބްރެޑްލީ ބަކޯލާ ބޯޅަ ހިފައިގެން ބާސާގެ އޭރިއާތެރެއަށް ވަންނަން މަސައްކަތްކުރި ވަގުތު އަރައުހޯ ކުރި ފައުލް އަކާއި ގުޅިގެންނެވެ.

ބާސާއިން އެއްކުޅުން ތެރިއަކު މަދުވުމުގެ ފައިދާ ޕީއެސްޖީއަށް ވަރަށް ބޮޑަށް ކުރިތަން ރަތްކާޑަށްފަހު ފެނިގެންދިޔައެވެ. މިގޮތުން މުޅިމެޗްގެ ކޮންޓްރޯލް ޕީއެސްޖީން ނެގިއެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކުރިއެވެ. މެޗުގެ 40 ވަނަ މިނެޓުގައި ބަކޯލާ ބާސާގެ ގޯލުގެ ކުރިމައްޗަށް ހުރަސްކުރި ބޯޅަ ޑެމްބެލޭ ވަނީ އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލާފައެވެ.

މިމެޗްގެ ފުރަތަމަ ހާފް ނިމިގެންދިޔައީ 1 ލަނޑު 1 ލަނޑުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

ޕީއެސްޖީން މިމެޗުގައި ކާމިޔާބުކުރި 2 ވަނަ ލަނޑު 54 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވިޓީނިއާއެވެ. މިލަނޑަށްފަހު ރެފްރީ ނިންމުންތަކަށް ދެކޮޅު ހަދަމުން ދިއުމުގެ ސަބަބުން މެޗްގެ 56 ވަނަ މިނިޓްގައި ބާސާގެ ކޯޗް ޒަވީއަށް ރަތްކާޑު ދައްކައި ބެންޗުން ފޮނުވާލެވުނެވެ.

ޒަވީއަށް ރަތްކާޑު ދައްކައި ބެންޗުން ފޮނުވާލިފަހުން މެޗްގެ 61 ވަނަ މިނިޓްގައި ބާސާގެ ޑިފެންޑަރ ކެންސެލޯ އެ ޓީމްގެ އޭރިއާތެރެއިން ޕީއެސްޖީގެ ޑެމްބެލޭއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން އެމްބާޕޭ ވަނީ ޕީއެސްޖީން މިމެޗްގައި ކާމިޔާބުކުރި 3 ވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ޕީއެސްޖީގެ ހަތަރުވަނަ ލަނޑު މެޗުގެ 89 މިނިޓުގައި ޖަހައިދިނީ ވެސް އެމްބާޕޭއެވެ.

މިއީ ފާއިތުވި ތިން އަހަރުތެރޭ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ޕީއެސްޖީއަށް ދެވުނު ފުރަތަމަ ފަހަރެވެ. މިހާތަނަށް އެ ޓީމަށް އަދި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައި ނުވެއެވެ. ނަމަވެސް 2020 ވަނަ އަހަރު ވަނީ އެޓީމް ވަނީފައިނަލުގައި ކުޅެފައެވެ. އެ އަހަރު ފައިނަލުން ބަލިވީ ބަޔާން މިއުނިކް އަތުންނެވެ.

މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގު ކުޅޭނީ މި މަހު 30 ވަނަ ދުވަހުގެ ރެއާއި އަންނަ މެއި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. ދެވަނަ ލެގުގަ މެޗުތައް އޮންނާނީ މެއި މަހުގެ 7 ވަނަ ދުވަހުގެ ރެއާއި 8 ވަނަ ދުވަހުގެ ރެއެވެ.

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޗެމްޕިއަންސް ލީގު: ޗެލްސީއާއި ރެއާލްގެ މެޗް އެއްވަރުވެގެން ނިމިއްޖެ

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗްގައި ރެއާލް މެޑްރިޑާއި ޗެލްސީ ބައްދަލުކުރި މެޗު އެއްވަރުވެގެން ...

ފުވައްމުލަށް ސިޓީ ޕޮލިސް ފައިނަލަށް، ތިން ވަނަ ސެމީގައި އައްޑޫޕޮލިސް އާއި ގދ. ޕޮލިސް

މިހާރު މީދޫގައި ހިގަމުންދާ ސައުތު ބްލޫޒް އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ސީދާ ޖާގަ ފުވައްމުލަށް ސިޓީ ޕޮލިސް ...

ލޮތާރި ސްޓްރީޓް 3 ދަރިވޭމްޕް – މައިލޯ ސިޓީން އެފްސީއަޚުން ތަފާތު ބޮޑުކޮށް ބަލިކޮށްފި

ކްލަބް ލޮތަރިން އިންތިޒާމުކޮށްގެން މީދޫގައި ކުރިއަށްގެންދާ  ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް  ފުޓްބޯޅަ މުބާރާތުގައި  މިރޭ  ކުޅެވުނު ...