ޗެމްޕިއަންސް ލީގު: ޗެލްސީއާއި ރެއާލްގެ މެޗް އެއްވަރުވެގެން ނިމިއްޖެ

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗްގައި ރެއާލް މެޑްރިޑާއި ޗެލްސީ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ރެއާލްމެޑްރިޑްގެ ދަނޑުގައި ކުޅެވުނު މި މެޗު އެއްވަރުވެފައިވަނީ 1 ލަނޑު 1 ލަނޑުގެ ނަތިޖާއަކުންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޗެލްސީންނެވެ. ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ޗެލްސީން ކާމިޔާބު ކުރި މިލަނޑު އެޓީމށް ކާމިޔާބުކޮށްދީނީ ޕްލިސިޗެވެ.      ޕްލިސިޗްގެ މިލަނޑަކީ ރެއާލްގެ ޕެނަލްޓީ އޭރިޔާގެ ތެރެއިން އެޓީމުގެ ކީޕަރު ކޯޓުއާ ކަޓުވާލުމަށްފަހު ގޯލްތެރެއަށް ބޯޅަ ފޮނުވާލައިގެން ޕްލިސިޗް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

ޗެލްސީން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތެކެއް އުފެއްދުމަށް މަސައްކަތް ކުރަމުންދަނިކޮށް ރެއާލްމެޑްރިޑުން މިމެޗްގައި ނަތީޖާ ހަމަހަމަކޮށްފައިވަނީ މެޗުގެ 29 ވަނަ މިނެޓުގައި ބެންޒީމާ ކާމިޔާބުކޮށްދިން ރީތި ލަނޑުންނެވެ.

މިމެޗް 1 ލަނޑު 1 ލަނޑުން އެއްވަރުގެން ނިމުމުން ފައިނަލަށް ދިއުމުގެ ފުރުޞަތު މިހާރު އޮތްގޮތުން ބޮޑީ ޗެލްސީއަށެވެ. އެއީ މިމެޗް އެކެއް އެކަކުން އެއްވަރުވެފައިވާތީ އަވޭ ގޯލުން ޗެލްސީއަށް ކުރި ލިބޭތީއެެވެ.

ޗެލްސީގެ ދަނޑުގައި ކުޅޭ މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެނަމަ ޗެލްސީ ފައިނަލަށް ހޮވޭނެއެވެ. އެމެޗް އިތުރު ވަގުތުގެ ދެ ހާފް ކުޅެން ޖެހޭނެ ހަމައެކަނި ގޮތަކީ 1 ލަނޑު 1 ލަނޑުން އެއްވަރުވެގެންނިމިއްޖެކަމަށްވާނަމައެވެ. އެ އަށް ވުރެ ބޮޑު ނަތީޖާއަކުން އެމެޗް އެއްވަރުވެގެން ނިމިއްޖެނަމަ އަވޭގޯލްގެ ތަފާތުން ފައިނަލަށް ހޮވޭނީ ރެއާލްމެޑްރިޑެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ސެމީ ފައިނަލުމެޗްގައި ބައްދަލުކުރާނީ މެންޗެސްޓާ ސިޓީ ޕީއެސްޖީއެވެ. ޕީއެސްޖީގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ގަޑިން މިރޭ 0:00 ގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފީނަން ގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ

ރ. އަތޮޅު އުނގޫފާރުގައި ފީނަން ގޮސް އުޅުމުގެ ތެރޭގައި ޒުވާނަކު ނިޔާވެއްޖެއެވެ. ފުލުހުން ވިދާޅުވީ އުނގޫފާރުގައި ފީނަން ގޮސް ...

މީދޫޓީމް ބަލިކޮށް ޓީމް ވޮރިއާސް ފައިނަލަށް

ޓީމް ވޮރިއާސްއާއި ބައްދަލުކޮށް ބަލިވުމުގެ ސަބަބުން މީދޫ ޓީމް ސަދަން ސްޕޯޓްސް  ވޮލީބޯޅަ މުބާރާތުން ކަޓައިފިއެވެ. ބުރާސްފަތި ދުވަހުގެރޭ ...

ނެދަލޭންޑްސް އާއި އެކުއެޑޯ އެއްވަރު

ވޯލްޑްކަޕުގައި ނެދަލޭންޑްސްއާ އެކުއެޑޯ ބައްދަލުކުރި މެޗް އެއްވަރުވެގެން ނިމިއްޖެވެ. އެކުއެޑޯއާ ނެދަލޭންޑްސް ބައްދަލުކުރި މެޗު ނިމުނީ 1 – ...