މަސްއޫލިއްޔަތާ ހަވާލުވާ މީހުންގެ ކިބައިގައި، އެކަން އަދާކުރުމުގެ ގާބިލްކަން ނެތުމަކީ ފަހު ޒަމާނުގެ އަލާމާތެއް: ހުތުބާ

މަސްއޫލިއްޔަތުތަކާއި ހަވާލުވާ މީހުންގެ ކިބައިގައި، އެ ހަވާލުވާ މަސްއޫލިއްޔަތެއް އަދާކުރުމުގެ ގާބިލްކަން ނެތުމަކީ ފަހު ޒަމާނުގެ އަލާމާތެއް ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ “އަމާނަތްތެރިކަމާއި މަސްއޫލިއްޔަތު” މި މައުޟޫގެ މައްޗަށެވެ.

ހުތުބާގައި ބުނީ މީސްތަކުންގެ ކަންތައްތައް އިސްލާހްކޮށް ބެލެހެއްޓުމަށްޓަކައި، މަސްއޫލުވެރިއެއް ހުންނަން ޖެހޭނެ ކަމަށެވެ. ސަބަބަކީ ކޮންމެ މީހެއް، އެމީހެއްގެ ހަވާނަފްސާ އެއްގޮތަށް ކަންތައް ކުރަން ފަށައިފިނަމަ، ކަންތައްތައް ބޮއްސުންލާފާނެތީ އެވެ. ނަމަވެސް އެ މަސްއޫލުވެރިޔާ އޭނާގެ މަސްއޫލިއްޔަތު އަދާކޮށް، ޒާތީ މަސްލަހަތު އިސްކޮށް، ނަހަމަގޮތުގައި އޭނާގެ މަގާމުގެ ބޭނުންކޮށްފި ނަމަ، އަމާނާތައް ހިޔާނާތްތެރިވީއެވެ.

މީހަކު ރަސޫލާ އަށް ދެންނެވިއެވެ. “ގިޔާމަތް ވާނީ ކޮންއިރަކުތޯއެވެ؟ އެހިނދު ރަސޫލާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. “އަމާނާތްތެރިކަން ނަގައިލެވިއްޖެނަމަ، ގިޔާމަތް ދުވަހަށް ތިބާ އިންޒާރު ކުރާށެވެ!” އޭނާ ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! އަމާނާތްތެރިކަން ނަގައިލެވެނީ ކިހިނަކުންތޯއެވެ؟ ހަދީޘް ކުރެއްވިއެވެ. “އެކަމުގެ ގާބިލުކަމާއި، އަހުލުވެރިކަން ނެތް މީހަކ،ާ ކަންކަން ހަވާލު ކުރެވިއްޖެނަމަ، ތިބާ ގިޔާމަތަށް އިންތިޒާރު ކުރާށެވެ.!”

ހުތުބާގައި ބުނީ އުންމަތުގެ ބޮޑެތި އިލްމުވެރީން ދޫކޮށް، އިލްމުވެރިކަން ކުޑަ، ތަޖުރިބާ މަދު، އަމިއްލަ ރައުޔަށް ތައައްސުބުވާ ފަރާތްތަކުގެ ކިބައިގައި، ތައުލީމު ހާސިލްކުރުމާއި، ދީން އުނގެނުން، ގިޔާމަތުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

“ބައެއް މީހުންނަށް މަސްއޫލިއްޔަތުގެ މަފްހޫމު ވަނީ އޮޅިފައެވެ. އެމީހުން ދެކޭގޮތުގައި އެއީ ފަހްރުވެރި ކަމާއި ޝަރަފުވެރި ކަމެވެ. އޭނާގެ އަމާޒަކީ، ފިނި ކޮޓަރީގައި، ބިޔަ މޭޒު ދޮށުގައި، ބޮޑު ގޮނޑިގައި އިނދެ، ކަންކަމަށް އަމުރުކޮށް، ކަންކަން މަނާކުރުމެވެ. މިވެނި މީހާ މިވެނި ވަޒީފާއަށް، އެވެނި މީހާ އެވެނި ވަޒީފާއަށް އިސްކުރުމެވެ. މިހެންވަނީ، އަމިއްލަ އެދުން ބޮޑުވުމާއި، އަގީދާ ބަލިކަށިވުމުގެ ސަބަބުންނެވެ.”

ހުތުބާގައި ބުނެފައިވެއެވެ.

މަސްއޫލިއްޔަތަކީ ލުއި ފަސޭހަކަމެއް ނޫންކަން ހާމަކޮށް ރަސޫލާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. ” ވެރިކަމަށް އިސްކުރެވުނު މީހުން އެކަމަށް އިސްކުރުމަށްވުރެ، ތަރިތަކުގެ މަތިން ވެއްޓުންވެސް މާރަނގަޅު ކަމުގައި އުއްމީދު ކުރާނެކަން ކަށަވަރެވެ. އަދި އެއވެސް މަސްއޫލިއްޔަތެއް އުފުލަން ނުޖެހުނުނަމަ މާ ރަނގަޅޭ ބުނާނެއެވެ.”

ހުތުބާގައި ބުނީ މަސްއޫލިއްޔަތާއި ހަވާލުވާ މީހާ، އޭނާގެ ރައްޔިތުންގެ ކަންތައްތައް ބަލަހައްޓައި، އެމީހުންގެ މުހުތާދުތައް ފުއްދާދޭން ޖެހޭނެ ކަމަށެވެ. އަދި މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރާ ވެރިންނަށް، މާތްﷲ ތައުފީގު ދެއްވާނެ ކަމަށާއި އެމީހުންގެ ދުއާ އިޖާބަ ކުރައްވާނެ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫސިޓީގެ ތަރައްޤީއަށް އިސްކަންދޭންޖެހޭ- ރައީސް ނަޝީދު

އައްޑޫސިޓީގެ ތަރައްޤީއަށް އިސްކަންދޭންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު ...

ހުތުބާ: އަދުލު އިންސާފު ކަށަވަރުކުރުމާއި އަނިޔާވެރި ގާޒީންނަށް ހުރި ނުރައްކާގެ ވާހަކަ!

ދައުވާ ކުރެވޭ މައްސަލަތަކުގެ ޝަރީއަތްތައް އަވަހަށް ނިންމުމަކީ އަދުލު އިންސާފު ކަށަވަރުކުރުމަށްޓަކާ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އިއްޔެގެ ހުކުރު ...

އައްޑޫ މީހުން ސިޔާސީ ގޮތުން ބަސްބުނުމުން ބުލީކުރުން- ރޭވިގެން ހިންގާ ޢާންމު ކަމެއް- ޝަރީފް

މާލޭގެ އިއްޒަތްތެރިން، އައްޑޫ މީހުންނަށް ބުލީކުރުން ޢާންމުކަމަކަށްވެއްޖެކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ. ...