އައްޑޫ މީހުން ސިޔާސީ ގޮތުން ބަސްބުނުމުން ބުލީކުރުން- ރޭވިގެން ހިންގާ ޢާންމު ކަމެއް- ޝަރީފް

މާލޭގެ އިއްޒަތްތެރިން، އައްޑޫ މީހުންނަށް ބުލީކުރުން ޢާންމުކަމަކަށްވެއްޖެކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައިވަނީ  އެބޭފުޅާ  ޓުވިޓާގައި ލިއުއްވާފައިވާ ލިއުއްވުމެއްގައެވެ.  

އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް އިތުރަށް ވިދާޅުވީ، އައްޑޫ މީހުން ސިޔާސީ ގޮތުން ބަސްބުނުމުން، މާލޭގެ އިއްޒަތްތެރިން އައްޑޫ މީހުންނަށް ބުލީކުރުން މިހާރު ރޭވިގެން ހިންގާ ޢާންމު ކަމަކަށް ވެފައިވާކަމަށެވެ.

ޝަރީފް މިހެން ވިދާޅުވެފައިވާއިރު، މީގެ ކުރިންވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރަހިމް ޝަރީފަށް ބުލީ ކުރާކަމުގެ ތުހުމަތު އޭނާ ކުރައްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރ ހާޒިރުކޮށް ކުރެވުނު ސުވާލުތަކުގެ ތެރެއިން ޝަރީފް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވަނީ ވަރަށް ކުރުކޮށް ސުވާލުތަކުގެ ޖަވާބު ދެއްވައި އެސުވާލުތަކުގެ ޖަވާބު ރައްވެހި ފަތިހުން ލިބޭނެކަމަށް ވިދާޅުވެފައެވެ.

އަދި މިއާއިއެކު މަޖިލިސް ރައީސް ޝަރީފަށް އިތުރު ފުރުސަތު ނުދެއްވައި ދެއްކެވި ވާހަކަތާއި ގުޅިގެން ޝަރީފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައީސް ނަޝީދު މަޖިލިސް ރިޔާސަތުގައި އިންނަވައިގެން އޭނާއަށް ބުލީ ކުރުމަކީ މުޅި ދާއިރާގެ ރައްޔިތުންނަށް ބުލީ ކުރުން ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވަރލްޑްކަޕް ޓްރޮފީއާއެކު ރައީސް ޔާމީން ތާރީޚުގެ ތެރެއަށް!

ފީފާ ވަރލްޑްކަޕް ޓްރޮފީ އުފުލާލި ފުރަތަމަ ދިވެއްސެއްގެ ގޮތުގައި ރައީސް ޔާމީން ތާރީޚުގެ ތެރެއަށް ވަދެވަޑައިގެންފިއެވެ. އެމަނިކުފާނު ފީފާ ...

އައްޑޫ ޔޫތު ޗެލެންޖް 2020- މިއީ މޮޅުވުން މަޖުބޫރު މެޗެއް – އަހުމަދު ރަޝީދު

20 އަހަރުން ދަށުގެ އައްޑޫ ޔޫތު ޗެލެންޖް ކަޕް ގައި  މިއަދު ހަވީރު ފޭދޫޓީމާ ދެކޮޅަށް ކުޅޭ މެޗުން ...

ޔުނައިޓެޑް ދޫކޮށްލުމަށްފަހު އިބްރާހިމޮވިޗް މޭޖާ ލީގަށް ބަދަލުވަނީ

މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލުމަށްފަހު ޒްލަޓަން އިބްރާހިމޮވިޗް އެމެރިކާގެ މޭޖާ ލީގް ސޮކާގެ ކްލަބަކަށް ބަދަލުވާން އުޅޭކަމަށް ރިޕޯޓްތައް ބުނެފި ...