އައްޑޫސިޓީގެ ތަރައްޤީއަށް އިސްކަންދޭންޖެހޭ- ރައީސް ނަޝީދު

އައްޑޫސިޓީގެ ތަރައްޤީއަށް އިސްކަންދޭންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައީސް ނަޝިދު އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫގެ އެމްޑީޕީ ސަޕޯޓަރުންނާ ރޭގެ ވަގުތެއްގައި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

 ރައީސް ނަޝީދު ވިދާޅުވީ، ރަށެއްގެ ބޮޑު އަދި ކުޑަ މިނެއް ބެލުމެއް ނެތި ތަރައްގީ ގެންނަށް އިސްކަން ދީފިނަމަ މުޅި ރާއްޖެއަށް ވެސް އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެކަމަށެވެ. ނަޝީދު ވިދާޅުވީ އައްޑޫއަށް އިސްކަންދީގެން ބޮޑު މަސައްކަތްތަކެއް ކުރެވިއްޖެނަމަ، މި ސަރުކާރަށް މިހާރަށްވުރެވެސް ތާއީދު ބޮޑުވާނެކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި ރާއްޖެއަށް ހެޔޮ ގޮތް އެދޭ ނަމަ، އައްޑޫއަށް އަޅާލުމަކީ މުހިންމު ކަމެއްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ..

މިއީ 32،000މީހުންގެ އާބާދީ. ދެން އޮންނަ ރަށެއްގައި 80 މީހުން އުޅެނީ. ދެން މި ދެ ރަށް ތަފާތު ނުކުރާނަމަ ކިހިނެއްތޯ ހަދާނި. ފަސްގަނޑަކަށް ބެލޭކަށް ނެތް،

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކަފުޅުގައި ސަރުކާރުން  އައްޑޫއަށް އަމާޒުކޮށްގެން ކަންތައްތަކެއް ކޮށްފިނަމަ ސަރުކާރަށް މިހާރަށް ވުރެ އިތުރަށް ތާއީދު އިތުރުވާނެކަމަށް ވިދާޅުވިއެވެ. އައްޑޫ ރައްޔިތުންނަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އެހީތެރިވެވެން އެބައޮތް ކަމަށާއި އެކަން ކުރެވޭނީ އައްޑޫ ތަރައްގީ ކޮށްގެންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައުމު ސްޓްރީޓް ސޮކަރ ޓޯނަމެންޓް 2020 ގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ބާއްވަނީ

ގައުމު ސްޓްރީޓް ސޮކަރ ޓޯނަމެންޓް 2020 ގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ބާއްވަން ނިންމައި އެކަން އިއުލާންކޮށްފިއެވެ. ގައުމުން ...

އާބާދީގެ 90 އިންސައްތަ ވެކްސިން ފުރިހަމަކޮށްފައިވާ ރަށްރަށް ދަތުރުކުރުމުގައި ލުއިތަކެއް

ވެކްސިން ޖަހަންޖެހޭ އާބާދީގެ ތެރެއިން 90 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައި ވާ ނަމަ އެ ...

ކޯވިޑް-19 : އައްޑޫއާއި ފުވައްމުލަކުގެ 100 މީހަކު ހޯމް ކަރަންޓީނަށް މަދަމާ، 100 ފުރުވާލަނީ

ކޯވިޑް-19އާ ގުޅިގެން މާލޭގައި ތާށިވެފައިތިބި މީހުންގެ ތެރެއިން އަމިއްލަ ރަށަށް ގޮސް ރަށުގައި ކަރަންޓީންވާން ބޭނުންވާ އިތުރު 100 ...