ފަލަސްޠީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް މީދުން ދީލަތި އެހީއެއް ފޯރުކޮށްދީފި

ފަލަސްޠީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް މީދުން ދީލަތި އެހީއެއް ފޯރުކޮށްދީފިއެވެ.

މިއެހީއަކީ މީދޫ އަވަށު އޮފީހުން އިސްނަގައިގެން އައިއޯސީ މޯލްޑިވްސްއާއ މުލިމަތި ޖަމްއިއްޔާ އަދި ސްކީމް ގުޅިގެން ކުރިއަށް ގެންދެވުނު ހަރަކާތްތަކުން ލިބުނު އެހީއެވެ. އެއީ އޮކްޓޯބަރ މަހު 27 ވަނަ ދުވަހު ބޭއްވުނު އިވެންޓުން ލިބުނު އެހީއާއި ނޮވެމްބަރ 3 ވަނަ ދުވަހު ކުރިއަށް ގެންދުވުނު އިވެންޓުން ލިބުނު އެހީގެ އިތުރަށް މީދޫ ދެފިހާރައެއްގައި ބެހެއްޓި ފަންޑު ފޮއްޓަށާ އެމްޓީސީސީ ފެރީޓާމިނަލްގައި ބެހެއްޓި ފަންޑު ލިބުނު އެހީގެ އިތުރަށް ޓީޝާޓް ވިއްކައިގެން ލިބުނުއެހީއެވެ.

މީދޫ އަވަށު އޮފީހުން އިސްނަގައިގެން އައިއޯސީ މޯލްޑިވްސްއާއ މުލިމަތި ޖަމްއިއްޔާ އަދި ސްކީމް ގުޅިގެން ކުރިއަށް ގެންދެވުނު ހަރަކާތް

އިސްރާއީލުގެ ހައްދުފަހަނައެޅި ޔަހޫދީން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާގައި ޙާލުގައި ޖެހެމުން އަންނަ ރައްޔިތުންނަށް އެހީވުމަށް މީދުން އެހީގެ ގޮތުގައި ހަދިޔާކޮށްފައިވަނީ 80314.65 ރުފިޔާ އެވެ.

މީދޫ އަވަށުއޮފީހުން މިފައިސާ ޙަވާލުކޮށްފައި ވަނީ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭންއިން ހިންގާ ފަންޑު “ޣައްޒާ އެމަރޖެންސީ ރިލީފް” އަށެވެ.


މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްޠީނާ ދެކޮޅަށް އިސްރާލުން ދެމުންދާ ލާއިންސާނީ އުދުވާންތަކުގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު މިހާރުވަނީ 10،000 އަށްވުރެ މައްޗަށް އަރާފައެވެ. މީގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.

މީދޫ އަވަށު އޮފީހުން އިސްނަގައިގެން އައިއޯސީ މޯލްޑިވްސްއާއ މުލިމަތި ޖަމްއިއްޔާ އަދި ސްކީމް ގުޅިގެން ކުރިއަށް ގެންދެވުނު ހަރަކާތް

މީދޫ އަވަށު އޮފީހުން އިސްނަގައިގެން އައިއޯސީ މޯލްޑިވްސްއާއ މުލިމަތި ޖަމްއިއްޔާ އަދި ސްކީމް ގުޅިގެން ކުރިއަށް ގެންދެވުނު ހަރަކާތް

މަސްދަރު: މީދޫ އަވަށު އޮފީސް – ފޮޓޯ: މީދޫ އަވަށުއޮފީސް ފޭސްބުކްޕޭޖް

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިތުރު 11 މީހަކު މީދުން ކޮވިޑް 19 އަށް ފައްސިވެއްޖެ

ސ.މީދުން އިތުރު 11 މީހަކު  ކޮވިޑް-19 އަށް ފައްސި ވެއްޖެ އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި  މީދުން އިތުރަށް ފައްސިވި ...

ދައުލަތުގެ ކަންކަމަށް ބަސްބުނެ، ހިޔާލު ފާޅުުކުރަން ހުރަހެއް ނާޅާނަން: ރައީސް

ދައުލަތުގެ ކަންކަމަށް ބަސްބުނެ، ހިޔާލު ފާޅުކުރުމަށް އެއްވެސް ހުރަހެއް ނާޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ...

އައްޑޫ ބަހުރުވައިން ހުތުބާ ކިޔައިގެން ސަސްޕެންޑްކުރި މުދިމުގެ ސަސްޕެންޝަން އުވާލައިފި

އައްޑޫ ސިޓީ މީދޫގައި އައްޑޫ ބަހުރުވައިން ހުތުބާ ކިޔައިގެން ސަސްޕެންޑްކުރި މުދިމުގެ ސަސްޕެންޝަން އުވާލައިފިއެވެ. މުދިމު މުހައްމަދު ރަޝީދު ...