ދައުލަތުގެ ކަންކަމަށް ބަސްބުނެ، ހިޔާލު ފާޅުުކުރަން ހުރަހެއް ނާޅާނަން: ރައީސް

ދައުލަތުގެ ކަންކަމަށް ބަސްބުނެ، ހިޔާލު ފާޅުކުރުމަށް އެއްވެސް ހުރަހެއް ނާޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ބައުނަލްއަގްމާވީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިޠާބުގައި ވިދާޅުވީ، ކޮންމެ ހާލަތެއްގައިވެސް ސަރުކާރުން މަސައްކަތް ކުރަމުން ދާނީ ޑިމޮކްރަސީން ކަށަވަރު ކޮށްދޭ ހައްގުތައް އޭގެ އެންމެ ފުރިހަމަ މާނައިގައި ލިބިދިނުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ، އަސާސީ ހައްގުތަކައް ސަރުކާރުން އަބަދުވެސް އިހުތިރާމު ކުރާނެ ކަމަށާއި، އެ ހައްގުތައް ލިބިދޭނެ ކަމަށް އަބަދުވެސް ކަށަވަރު ކުރާނެ ކަމަށެވެ. އަދި ދައުލަތުގެ ކަންކަމާމެދު ބަސްބުނެ،ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ސަރުކަރުން ހުރަސް ނާޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ސަރުކާރުގެ ކަންކަން ދެފުށް ފެންނާނެހެން ހާމަކުރުމާއި، މައުލޫމާތު އާންމުކުރުމަކީ ސަރުކަރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ޑިމޮކްރަސީގެ އެންމެ ވަރުގަދަ އަސާސަކީ ދައުލަތް ހިންގާނެ ބަޔަކު ކަނޑައެޅުމުގައި ބައިވެރިވުމުގެ ފުރުސަތު މިނިވަން ކަމުގައި ހުޅުވާލެވިފައި އޮތުން ކަމަށެވެ.

އަދި ރައްޔިތުންގެ ބައިވެރިވުން އޮވެގެން ދައުލަތް ހިނާގެ ބަޔަކު ކަނޑައެޅުމާއި، އިންތިހާޞުތައް ބާއްވައިގެން ދައުލަތުގެ އިންތިހާބީ މަގާމުތައް ބަދަލުކުރަމުން ދިއުމަކީވެސް ޑިމޮކްރަސީގެ އަސާސެއް ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫޓީމަކާއި ފޭދޫ ޓީމަކާ ދެމެދު އެކުވެރިކަމުގެ ވޮލީ މެޗެއް ކުޅެފި

މީދޫ އަންހެން ވޮލީ ޓީމަކާއި ފޭދޫ އަންހެން ވޮލީ ޓީމަކާއި ދެމެދު އެކުވެރިކަމުގެ ވޮލީ މެޗެއް ކުޅެފިއެވެ. ހޮނިހިރު ...

ގަމަށް ފްލައި ދުބާއީގެ ދަތުރުތައް ފެށުމުން ހުވަދޫއަށް ކަނެކްޝަން ދޭނީ މޯލްޑިވިއަނުން

ފްލައި ދުބާއީ ދަތުރުތަށް އައްޑޫސިޓީގެ ގަމަށް ފެށުމާއި އެކު މޯލްޑިވިއަން އިން ހުވަދޫ ކަނެކްޝަން ދޭނެ ކަމަށް މޯލްޑިވިއަން ...

މެންބަރު ހުސައިން ފަސްދާނު ލައިފި

ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭ ނިޔާވި ކޮމަންޑޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ހުސައިން ވަހީދު ...